ޗެކް ރިޕަބްލިކް

Jun 14, 2024, 10:26 AM
ޗެކް ރިޕަބްލިކް

ޗެކް ރިބަޕްލިކުން 11 ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން ނުކުންނައިރު، މީގެ ކުރިން އެ ޓީމުން، ތިން ފަަހަރު ވާދަކުރީ ޗެކޮސްލޮވާކިއާގެ ނަމުގަ އެވެ. އޭރު ދެ ފަަހަރު ތިން ވަނަ ހޯދައި، އެއް ފަހަރު ތަށި އުފުލާލި އެވެ. އޭގެ ފަހުން، ހަތް ފަހަރު ޗެކް ރިޕަބްލިކް ނަމުގައި ކުޅުނުއިރު، 2004 ވަނަ އަހަރުގެ ޔޫރޯގައި ސެމީ ފައިނަލަށް ދަތުރުކުރި އެވެ.

އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކް ކެޓީ ކުއާޓާ ފައިނަލުންނެވެ. އިންގްލެންޑާއި ކްރޮއޭޝިއާއާ އެއް ގްރޫޕެއްގައި ހިމެނުނު ޗެކް ރިޕަބްލިކް، ނޮކައުޓް ބުރަށް ދިޔައީ، އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިންނެވެ. ގަދަ 16 ބުރުގައި ނެދަލެންޑްސް އަތުން ޗެކް ރިޕަބްލިކް މޮޅުވި ނަމަވެސް، ކުއާޓާ ފައިނަލުގައި ޑެންމާކް އަތުން ބަލިވެ ކެޓީ އެވެ.

ޗެކް ރިޕަބްލިކް މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ، ކޮލިފައިން ގްރޫޕް އީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގެ އެއް ވަނަ ހޯދި އަލްބޭނިއާ އަށް ވެސް ޕޮއިންޓް ލިބުނީ ޗެކް ރިޕަބްލިކެކޭ އެއްވަރަށް، އަށް މެޗުން 15 ޕޮއިންޓެވެ. ކޮލިފައިންގައި، ޗެކް ރިޕަބްލިކް ހަމައެކަނި ބަލިވީ، އަލްބޭނިއާ އަތުންނެވެ.

ޗެކޮސްލޮވާކިއާ އާއި ސްލޮވާކިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ، އިވާން ހަސެކް، ޗެކް ރިބަޕްލިކް ޓީމާ ހަވާލުވީ، މި އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ޗެކް ރިޕަބްލިކް، ޔޫރޯ އަށް ކޮލިފައިކޮށްދިނުމަށް ފަހު، ކުރީގެ ކޯޗު، ޔަރޯސްލާވް ސިލްހަވީ، އެ ޓީމުން އިސްތިއުފާ ދޭން ނިންމީ ޓީމުގެ ސަޕޯޓަރުންނާއި ކުޅުންތެރިންތަކަކާ އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ސަބަބުންނެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކުން ބަރޯސާވާނެ ކުޅުންތެރިންނަކީ ބަޔާ ލެވަކޫސަންގެ ފޯވާޑް ޕެޓްރިކް ޝިކް އާއި ޓީމުގެ ކެޕްޓަން، ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ ތޯމަސް ސޫޝެކް އެެވެ.

ޗެކް ރިބަޕްލިކަށް، ތުރުކީ އާއި ޕޯޗުގަލް އަދި ޖޯޖިއާއާ ވާދަކޮށް ގްރޫޕް ފަހަނައަޅައިދެވިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox