ބަދަލަކަށް އެރި ކޮންސެސާއޯ އިތުރު ވަގުތުގައި ޕޯޗުގަލް މޮޅުކޮށްދީފި

Jun 18, 2024, 8:56 PM
ބަދަލަކަށް އެރި ކޮންސެސާއޯ އިތުރު ވަގުތުގައި ޕޯޗުގަލް މޮޅުކޮށްދީފި

ލައިޕްޒިގު (ޖޫން 19) - ބަދަލަކަށް ކުޅެން އެރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފްރާންސިސްކޯ ކޮންސެސާއޯ ޖެހި ގޯލުން ޕޯޗުގަލް އިން 2-1 އިން ޗެކް ރިޕަބްލިކް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތް މޮޅަކުން ފަށައިފި އެވެ.

ލައިޕްޒިގު އެރީނާގައި މިރޭ ކުޅުނު މެޗު ފަށައިގެން ޕޯޗުގަލް އިން ދިޔައީ އެ ޓީމުގެ އެންމެ ކުރިއަށް ކުޅެމުންދިޔަ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބޯޅަ ދީގެން އެޓޭކް ކުރެވޭތޯ ބަލަމުންނެވެ. ރޮނާލްޑޯ، 39، ކެރިއަރުގައި ހަ ވަނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅެ، ރެކޯޑެއް ހެދި މި މެޗުގެ ފުރަތަމަ ހާފުގައި އޭނާ އޭރިއާތެރެއިން ޖެހި ބޯޅައެއް، ޗެކް ރިޕަބްލިކްގެ ކީޕަރު، ޔިންޑްރިކް ސްޓަނެކް ވަނީ މަތަކޮށްފަ އެވެ.

ޕޯޗުގަލްގެ ރަފައެލް ލެއާއޯ އާއި ބްރޫނޯ ފެނާންޑޭސް ވެސް ވަނީ ދުރުން ޝޮޓްތަކެއް ފޮނުވާލައި ގޯލު ޖެހޭތޯ ބަލައިފަ އެވެ. އެކަމަކު، ކީޕަރު ސްޓަނެކް ހާސްކޮށްލެވޭ ވަރަށް ގޯލާ ސީދާކޮށް ވެސް ފޮނުވާނުލެވުނެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ޕޯޗުގަލް އިން ބޯޅަ ހިފަހައްޓައިގެން ކުޅެ، ގޯލެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔަ އެވެ.

ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ބޮލުން ބޯޅަ ފޮނުވާލަނީ.

ދެ ވަނަ ހާފުގައި ޗެކް ރިޕަބްލިކުން ކުޅުން ރަނގަޅުކޮށް، ބަދަލުތަކެއް ގެނެސް އެޓޭކްކުރަމުން އައި ގޮތަށް ބަދަލުތަކެއް ގެނަ އެވެ. ނަތީޖާ އަކަށްވީ ޕޯޗުގަލް ސިއްސުވާލައި ޗެކް ރިޕަބްލިކުން ލީޑުނެގުމެވެ. މެޗުގެ 62 ވަނަ މިނިޓްގައި މި ލަނޑު ޖެހީ އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ލޫކަސް ޕްރޮވޮޑް އެވެ. މިއީ މެޗުގައި ޗެކް ރިޕަބްލިކުން ގޯލާ ސީދާކޮށް ޖެހި ފުރަތަމަ ޝޮޓް އެވެ.

ޕޯޗުގަލް އިން ލަސްތަކެއް ނުވެ ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 69 ވަނަ މިނިޓްގައި ޕޯޗުގަލް އިން ޖެހި މި ލަނޑަކީ ޗެކް ރިޕަބްލިކްގެ ރޮބިން ރަނަކް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ޕޯޗުގަލްގެ ނޫނޯ މެންޑޭޒް ބޮލުން ޖައްސާލި ބޯޅައެއް ކީޕަރު ސްޓަނެކް ޕަންޗުކޮށްލަން އުޅުމުގެ ތެރޭގައި ރަނަކް ފައިގައި ޖެހިފައި ވަން ގޯލެކެވެ.

އޭގެ ފަހުން، ޕޯޗުގަލްގެ މިޑްފީލްޑަރު، ވިޓީނިއާ އޭރިއާބޭރުން ޖެހި ބޯޅަ ކީޕަރު ސްޓަނެކް ވަނީ ހުއްޓުވައިފަ އެވެ.

ރޮނާލްޑޯ ފޮނުވާލާ ޝޮޓެއް ބްލޮކްކުރަން ޗެކް ރިޕަބްލިކުން މަސައްކަތްކުރަނީ

ކައުންޓަ އެޓޭކުގައި މެޗުގެ 81 ވަނަ މިނިޓްގައި ޗެކް ރިޕަބްލިކުން ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އެ ޓީމުގެ ކެޕްޓަން، ތޯމަސް ސޯޝެކް އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ޕޯޗުގަލް އިން ވަނީ މެޗުގެ 87 ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. ރޮނާލްޑޯ ބޮލުން ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި އައި ވަގުތު ޑިއޯޯޯގޯ ޖޮޓާ ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ. އެކަމަކު، ރޮނާލްޑޯ ބޯޅަ އަށް އެރިއިރު، އޮފްސައިޑްގައި ހުރި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުން ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްލައިފަ އެވެ.

އެކަމަކު، އިތުރު ވަގުތު ކައިރިވެފައިވަނިކޮށް ޕޯޗުގަލް އިން ބަދަލަކަށް އެރުވި، 21 އަހަރުގެ ކޮންސެސާއޯ އާއި ޕެޑްރޯ ނެޓޯ ގުޅިގެން ކުރި އެޓޭކެއްގައި ލަނޑު ޖަހައި ޕޯޗުގަލް މޮޅުކޮށްދިނެވެ. ނެޓޯ ނެގި ބޯޅައެއްގައި، އޭރިއާތެރެއިން ކޮންސެސާއޯ އަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ކޮންސެސާއޯ އަކީ، ޕޯޗުގަލްގެ ކުރީގެ ފޯވާޑް ސާޖިއޯ ކޮންސެސާއޯގެ ދަރިފުޅެވެ.

ޕޯޗުގަލް އިން މި ވަނީ ޖެހިޖެހިގެން ފަސް މެޗުން ޗެކް ރިޕަބްލިކް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox