ރޮނާލްޑޯ ބަލިކުރުން އެއީ ޗެކް ރިޕަބްލިކަށް އޮތް މޯޓިވޭޝަނެއް

Jun 18, 2024, 4:58 AM
ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.

ރޮނާލްޑޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުުކުރަނީ.

ލައިޕްޒިގް (ޖޫން 18) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅެ ކްރިސްޓިއާނޯ ރޮނާލްޑޯ ބަލިކުރުން އެއީ ޗެކް ރިޕަބްލިކް މުބާރާތުގައި ކުރިއަށް ދިޔުމަށް ލިބޭނެ މޯޓިވޭޝަނެއް ކަމަށް އެ ޓީމުގެ ކޯޗު އިވާން ހަސެކް ބުނެފި އެވެ.

މިރޭ ޕޯޗުގަލްއާ ދެކޮޅަށް ޗެކުން ނުކުންނައިރު, އެ ޓީމަށް ލިބޭނެ އެންމެ ބޮޑު މޯޓިވޭޝަން އަކީ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ބަލިކުރުން ކަމަށް ހަސެކް ދެކެ އެވެ.

ޕޯޗުގަލް އިން މިފަހަރުގެ ޔޫރޯ އަށް ނުކުންނައިރު, މިއީ އެ ޓީމުގެ ރޮނާލްޑޯގެ ހަ ވަނަ ޔޫރޯ އެވެ. ރޮނާލްޑޯ މީގެ ކުރިން ދެ ޔޫރޯގެ ފައިނަލެއްގައި ކުޅެފައިވާއިރު, 2016 ވަނަ އަހަރު ޔޫރޯގެ ޗެމްޕިއަންކަން ހޯދި އެވެ. އަދި އޭނާ ވަނީ ޔޫރޯގައި 14 ގޯލު ޖަހައިފަ އެވެ. އެއާއެކު އޭނާ އަކީ ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ގޯލު ކުޅުންތެރިޔާ އެވެ.

"އަހަރެން އަދި އަހަރެންގެ ކުޅުންތެރިން ވެސް ބޭނުންވަނީ ރޮނާލްޑޯ ބަލިކުރަން. އެއީ އެ ކުޅުންތެރިން އަދި ޗެކް އަށް ވެސް ތާރީހީ ކަމެއް. އަހަރެންގެ ކުޅުންތެރިންގެ ހަނދާނުން ނުފިލާނެ ކަމަކަށް އެކަން ވާނެ" ހަސެކް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ހަސެކް ވާހަަކަ ދައްކަނީ.

ހަސެކް ބުނީ މެޗު ނިންމާލާއިރު ރޮނާލްޑޯގެ ޓީމާ ދެކޮޅަށް ކުޅުނޭ ބުނަން ބޭނުންނުވާ ކަމަށާއި, އޭގެ ބަދަލުގައި ބުނަން ބޭނުންވަނީ ރޮނާލްޑޯގެ ޓީމު ބަލިކުރި ޓީމެއް ކަމަށެވެ.

އޭނާ ބުނީ ޕޯޗުގަލްގެ ވާހަކަ ދައްކާއިރު ގިނައިން ރޮނާލްޑޯގެ ވާހަކަ ދައްކަން ޖެހުމަކީ އެހެން ކުޅުންތެރިންގެ ފަރާތުން ކުރިމަތިވާނެ ނުރައްކާ ކުޑަވުމެއް ނޫން ކަމަށެވެ. އަދި ޕޯޗުގަލްގެ މުޅި ސްކޮޑަށް ބަލާއިރު، ވަރަށް ބޮޑަަށް ސަމާލުވާން ޖެހޭނެ ގިނަ ކުޅުންތެރިން ތިބި ކަމަށް ހަސެކް ވަނީ ބުނެފަ އެވެ.

"ދެން ތިބި ކުޅުންތެރިން ދައްކޮށްލަނީކީ ނޫން، ޕޯޗުގަލްގެ މުޅި ސްކޮޑުގައި ވެސް އެ އޮތީ ކޮލިޓީ. އަހަރެމެން މި ހުރިހާ ކަމަކަށް ސަމާލުވެގެން މި މެޗަށް ނުކުންނާނީ،" ޗެކޮސްލޮވާކިއާ އާއި ސްލޮވާކިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ، ހަސެކް ބުންޏެވެ.

ޗެކް ރިޕަބްޕިކުން މި އަހަރުގެ ޔޫރޯ އަށް ނުކުންނައިރު، މިއީ އެ ޓީމުން ކުޅޭ 11 ވަނަ ޔޫރޯ އެވެ. އެ ޓީމުން ވަނީ 1996 ވަނަ އަހަރުގެ ޔޫރޯގެ ރަނަޕްކަން ހޯދައިފަ އެވެ. އަދި 2004 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކުރި އެެވެ.

ޕޯޗުގަލް އިން ވަނީ އެންމެ ފަހުން ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. މިރޭގެ މެޗު ފަށާނީ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox