ނެދަލެންޑްސް 16 އަހަރަށް ފަހު ޔޫރޯގެ ގަދަ އަށަކަށް

Jul 2, 2024, 5:54 PM
ނެދަލެންޑްސް 16 އަހަރަށް ފަހު ޔޫރޯގެ ގަދަ އަށަކަށް

މިއުނިކް (ޖުލައި 2) - ރުމޭނިއާގެ މައްޗަށް 3-0 އިން ކުރިހޯދައި، ނެދަލެންޑްސް އިން 16 އަަަހަރަށް ފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ނެދަލެންޑްސް އިން އެންމެ ފަހުން ޔޫރޯގެ ގަދަ އަށް ޓީމު ތެރޭގައި ހިމެނިގެން ވާދަކޮށްފައިވަނީ 2008 ވަަނަ އަހަރުގެ މުބާރާތުގަ އެވެ. އޭގެ ފަހުން، ނެދަލެންޑްސް އިން 2012 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 2016 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިނުވެ އެވެ. އަދި އެންމެ ފަހުން ބޭއްވި ޔޫރޯގެ ގަދަ 16 އިން ވަނީ ޗެކް ރިޕަބްލިކް އަތުން ކަޓައިފަ އެވެ.

ކުއާޓާ ފައިނަލުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅޭނީ ގަދަ 16 ބުރުގެ ފަހު މެޗުން، ތުރުކީ އާއި އޮސްޓްރިއާ ކުޅެގެން މޮޅުވާ ޓީމެކެވެ. އޮސްޓްރިއާ އިން ވަނީ މި ފަހަރުގެ ޔޫރޯގައި ނެދަލެންޑްސް އަތުން 3-2 އިން މޮޅުވެފަ އެވެ.

މިއުނިކްގެ އަލިއާންޒް އެރީނާގައި ކުޅުނު މެޗުގެ 20 ވަނަ މިިނިޓްގައި ނެދަލެންޑްސް އިން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ޒަވީ ސިމޯންސް ދިން ބޯޅައަކުން އޭރިއާތެެެރެއިން ކޯޑީ ގަކްޕޯ ޖެހި ގޯލުންނެެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ގަކްޕޯ ޖެހި ތިން ވަަނަ ގޯލެވެ. އޭނާ ވަނީ ލަނޑު ލިސްޓުގެ ކުރީގައި އޮތް ޖޯޖިއާގެ ޖޯޖެސް މިކައުޓަޑްޒޭ އާއި ޖަރުމަނުގެ ޖަމާލް މުސިއާލާ އަދި ސްލޮވާކިއާގެ އިވާން ޝްރަންޒާ އެއްވަރަށް ލަނޑު ޖަހައިފަ އެވެ.

ރުމޭނިއާ އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ފުރަތަމަ ހާފުގައި ކާމިޔާބުވާގޮތެއްނުވި އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަަނަ ހާފުގައި ކުޅެން އަރައި މާލެން ވަނީ ދެ ގޯލު ޖަހައިފައި.

ދެ ވަނަ ހާފް ފަށައިގެން ނެދަލެންޑްސް އިން ލީޑުފުޅާކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަން ފެށި އެވެ. އެ ގޮތުން، އެ ޓީމުގެ މެމްފިސް ޑިޕާއި އަށް އޭރިއާތެރެއިން ލިބުނު ބޯޅަ ފޮނުވާލުމުން ރުމޭނިއާ ޑިފެންޑަރުން އެ ހުއްޓުވިއިރު، ކޯނަރަކުން އައި ބޯޅައެއްގައި ނެދަލެންޑްސްްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ބޮލުން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ގަކްޕޯ ޖެހި ބޯޅައެއް، ރުމޭނިއާގެ ކީޕަރު ފްލޯރިން ނީޓްސާ މަތަކުރިއިރު، މެޗުގެ 63 ވަނަ މިނިޓްގައި ގަކްޕޯ ޖެހި ލަނޑެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ހިލޭ ޖެހުމަކުން ނެދަލެންޑްސްގެ ޑިޕާއި ޖެހި ބޯޅަ ތިރިތިރިން ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ދެ ވަނަ ލަނޑެއް ޖަހަން, ނެދަލެންޑްސް އިން ކުރަމުން އައި މަސައްކަތް، މެޗުގެ 83 ވަނަ މިނިޓްގައި ކާމިޔާބުކުރި އެެވެ. މިއީ، ގަކްޕޯ އަރިމަތިން ބޯޅަ ހިފައިގެންވަދެ، ދިން ބޯޅައަކުން، ޑޮންޔެލް މާލެން ޖެހި ލަނޑެކެވެ.

އެޓޭކަށް ބަލާއިރު މި މެޗުގައި ރުމޭނިއާ އަށް ދިޔައީ ދަށްކޮށެވެ. އެ ޓީމަށް ނެދަލެންޑްސްގެ ކީޕަރު، ބާޓް ވާބްރޫގެން ޓެސްޓް ކޮށްލެވޭ ގޮތެއްނުވި އެވެ. އަނެއްކޮޅުން، އިތުރު ވަގުތުގެ ހަތަރު މިނިޓްގެ ތެރެއިން، ކައުންޓަ އެޓޭކުގައި ނެދަލެންޑްސް އިން ތިން ވަނަ ލަނޑު ޖެހި އެވެ. މިއީ، އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް، ރުމޭނިއާ އޭރިއާތެރެއަށް ވަދެ، މާލެން ޖެހި ގޯލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox