ރުމޭނިއާގެ އަމާޒަކީ ގްރޫޕް ކާމިޔާބު ކުރުން

Jun 26, 2024, 5:38 AM
ރުމޭނިއާގެ އަމާޒަކީ ގްރޫޕް ކާމިޔާބު ކުރުން

ފްރޭންކްފާޓް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްލޮވާކިއާއާ ދެކޮޅަށް ނުކުންނައިރު، ރުމޭނިއާގެ އަމާޒަކީ މި މެޗުން މޮޅުވެ، މި ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރަށް ދިއުން ކަމަށް ރުމޭނިއާގެ ކޯޗު، އެޑްވާޑް އިއޮޑަނެސްކޫ ބުނެފި އެވެ.

ޔޫރޯ ގްރޫޕް އީ އަކީ މި ވަގުުތު އެންމެ ފޯރިގަދަކޮށް އޮތް ގްރޫޕެވެ. ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު، ހުރިހާ ޓީމަކަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަށެވެ. އެ ގޮތުން އެއް ވަނައިގައި އޮތް ރުމޭނިއާ އާއި ދެ ވަނައިގައި އޮތް ބެލްޖިއަމް އާއި ތިން ވަނައިގައި އޮތް ސްލޮވާކިއާ އަދި ހަތަރެއްގައި އޮތް ޔޫކްރެއިނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

ރުމޭނިއާ އިން ފުރަތަމަ މެޗުގައި 3-0 އިން ޔޫކްރެއިން ބަލިކުރި ނަމަވެސް ދެ ވަނަ މެޗުގައި ވަނީ ބެލްޖިއަމް އަތުން 2-0 އިން ބަލިވެފަ އެވެ.

އިއޮޑަނެސްކޫ ބުނީ ދެ ވަނަ މެޗުގައި ބެލްޖިއަމާ އެކު ކަންތައްތައް ދިމާވި ގޮތް ދެނެގަނެ، ރަނގަޅު ކުރަން ޖެހޭ ކަންކަމަށް ސަމާލުކަން ދީގެން ފަހު މެޗަށް ތައްޔާރުވެފައިވާ ކަމަށެެވެ.

"އަހަރެމެން ބޭނުން މި ގްރޫޕް ކާމިޔާބުުކުރަން. އަހަރެމެން މި ގްރޫޕް ކާމިޔާބުކޮށްފިނަމަ ތިއޮރެޓިކަލީ އެބައޮތް ކޮންމެ ވެސް ވަރެއްގެ އެޑްވާންޓޭޖެއް. މިސާލަކަށް އަރާމްކުރާ ލިބޭ ދުވަސް އިތުރުވުމާއި އިދިކޮޅަށް ޖެހޭ ޓީމުތަކުގެ ގޮތުން،" އިއޮޑަނެސްކޫ ބުންޏެވެ.

އެކަމަކު، އެންމެ ބޮޑަށް ޓާގެޓް ކަނޑައަޅާފައިވަނީ، ނޮކައުޓް ބުރުން ފުރުސަތު ހޯދުމަށް ކަމަށާއި ދެން އިތުރަށް ޓާގެޓަކަށް ވާސިލްވުމަކީ ބޯނަހެއްގެ ގޮތުގައި އިއޮޑަނެސްކޫ ދެކެ އެވެ.

ރުމޭނިއާ އިން ފަސް ފަހަރު ޔޫރޯގައި ކުޅެފައިވާއިރު، ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވުނީ 2000 ވަނަ އަހަރުގެ މުބާރާތުގަ އެވެ.

ސްލޮވާކިއާއާ ދެކޮޅަށް ކުޅުނު 11 މެޗުގެ ތެރެއިން ރުމޭނިއާ ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ފަސް މެޗުން އެއްވަރުވިއިރު، ފަސް މެޗުން ވަނީ މޮޅުވެފަ އެވެ. މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox