ސާބިއާ

Jun 14, 2024, 10:28 AM
ސާބިއާ

ސާބިއާ އިން ވަނީ މީގެ ކުރިން ޔޫގޯސްލާވިއާގެ ނަމުގައި ހަތަރު ފަހަރު ޔޫރޯގައި ވާދަކޮށް ދެ ފަހަރު ފައިނަލުގައި ކުޅެ އެއް ފަހަރު ސެމީ ކުޅެފަ އެވެ. އަދި އެއް ފަހަރު ގްރޫޕް ސްޓޭޖުން ކެޓި އެވެ. ސާބިއާ އެންޑް މޮންޓަނެގްރޯގެ ނަމުގައި، 2000 ވަނަ އަހަރު ވާދަކޮށް، ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ.

މި ފަހަރުގެ ޔޫރޯ އަކީ، ސާބިއާގެ ނަމުގައި ވާދަކުރަން ފެށި ފަހުން، އެ ޓީމު ޔޫރޯ އަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ސާބިިއާގެ ނަމުގައި ކުޅެން ފެށި ފަހުން، ޔޫރޯގެ ފަސް މުބާރާތަށް އެ ޓީމު ކޮލިފައިނުވެ ދިޔަ އެވެ.

ސާބިއާ، މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ، ކޮލިފައިން ގްރޫޕް ޖީގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގްރޫޕްގެ އެއް ވަނަ ހޯދީ ހަންގޭރީ އެވެ. ސާބިއާ އިން ވަނީ ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. ބަލިވީ ދެ މެޗުންނެވެ.

Advertisement

މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ސާބިއާ ޓީމުގެ ކޯޗަކަށް ހުރީ، ޑްރަގަން ސްޓޮޖްކޯވިޗް އެވެ. ސާބިއާ ޓީމާ، ސްޓޮޖްކޯވިޗް ހަވާލުވީ 2021 ވަނަ އަހަރު އެވެ. ސްޓޮޖްކޯވިޗްގެ ކޯޗުކަމުގައި، ސާބިއާ ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ. އެ މުބާރާތުގައި ލިބުނު ތަޖުރިބާގެ އަލީގައި ސާބިއާ މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ފެނުނީ ވަރުގަަދަ ކޮށެވެ.

ސާބިއާ ޓީމުގައި ހިމެނޭ މަޝްހޫރު ކުޅުންތެރިންނަށް ބަލާއިރު، އެ ޓީމުގެ ކެޕްޓަނަކީ، ފެނަބާޗޭ އަށް ކުޅޭ ޑޫސާން ޓަޑިޗް އެވެ. އެ ޓީމުން އެެޓޭކުގައި އެންމެ ބޮޑަށް ބަރޯސާވާނީ، ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަށް މި ވަގުތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް، އަލެކްސަންޑަ މިޓްރޮވިޗް އެވެ. މިޓްރޮވިޗަކީ އެ ޓީމުގެ ވައިސް ކެޕްޓަން އެވެ.

މިފަހަރު ސާބިއާ ހިމެނޭ ގްރޫޕުން އެ ޓީމަށް ކުރިއަށްދިއުމުގެ ފުރުސަތު އެބައޮތެވެ. އެ ގްރޫޕްގައި އޮތީ، ސްލޮވީނިއާ، ޑެންމާކް އަދި އިންގްލެންޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox