ޑެންމާކް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގަދަ 16 އަށް

Jun 25, 2024, 8:53 PM
ޑެންމާކް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ގަދަ 16 އަށް

މިއުނިކް (ޖޫން 26) - ސާބިއާއާ 0-0 އިން އެއްވަރުވެ، ޑެންމާކުން އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 (ނޮކައުޓް ބުރަށް) ދަތުރުކޮށްފި އެވެ.

މީގެ ކުރިން އެއް ފަހަރު ޔޫރޯގެ ޗެމްޕިއަކަން ހޯދި ޑެންމާކް ވަނީ އެންމެ ފަހުން ފަހަރު ސެމީގައި ކުޅެފަ އެވެ. އެ ފަހަރު ޑެންމާކުން ސެމީ އަށް ދިޔައީ ގްރޫޕް ސްޓޭޖުގެ ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެންނެވެ. މި ފަހަރު ޑެންމާކުން ނޮކައުޓަށް މިދިޔައީ، ގްރޫޕްގެ ތިން މެޗު ވެސް އެއްވަރުކޮށްގެންނެވެ.

ގްރޫޕްގެ އެއް ވަނަ ހޯދި އިންގްލެންޑަށް ފަސް ޕޮއިންޓް ލިބުނުއިރު، ޑެންމާކް ދެ ވަނަ ހޯދީ ތިން ވަނަ އަށް ދިޔަ ސްލޮވީނިއާއާ އެއްވަރަށް ތިން ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ގަދަ ހަަތަރު ޓީމަށް ލިބޭ ފުރުސަތެއްގައި ސްލޮވީނިއާ އަށް ވެސް ނޮކައުޓްގެ ޖާގަ ވަނީ ލިބިފަ އެެވެ.

ގްރޫޕްގެ ފުލަށް ގޮސް މުބާރާތުން ކެޓި ސާބިއާ އަށް ވެސް ދެ ޕޮއިންޓް ލިބުނެވެ.

މިިއުނިކްގެ އަލިއާންޒް އެރީނާގައި ކުޅުނު މިރޭގެ މެޗަށް ނުކުތްއިރު ދެ ޓީމުން ވެސް ވަނީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފަ އެވެ. ދެ ޓީމުން ވެސް ބޯޅަ ހިފަހައްޓައިގެން، އެޓޭކްކުރެވޭތޯ ފުރަތަމަ މިނިޓުން ފެށިގެން މަސައްކަތް ފެށި އެވެ.

މެޗުގެ 16 ވަނަ މިނިޓްގައި ޑެންމާކްގެ ޔަކީމް މޭލާ ނެގި ހުރަހަަކަށް އަރައި އަލެކްސަންޑަ ބާ ޖެހި ބޯޅަ ދިޔައީ ސީދާނުވެ އެވެ. އޭގެ ފަހުން، ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން އާއި ރަސްމުސް ހޮއިލަންޑް ފޮނުވާލި ހަމަލާތައް ސާބިއާ ކީޕަރު ޕެޑްރަގް ރަޖްކޯވިޗް ވަނީ މަތަކޮށްފަ އެވެ.

ސާބިއާ އިން ފުރަތަމަ ހާފުގައި އެކަށީގެންވާ އެޓޭކްތަކެއް ނުކުރެވިގެން ދެ ވަނަ ހާފުގައި ކުޅެން ނުކުތީ ޑޫސާން ޓަޑިޗް އާއި ލޫކަ ޖޯވިޗް ކުޅެން އަރުވައިގެންނެވެ.

ދެ ވަނަ ހާފް ފެށިގެން ނުވަ ވަނަ މިނިޓްގައި ޓަޑިޗް އާއި ޖޯވިޗް ގުޅިގެން ކުރި އެޓޭކެއްގައި، ޑެންމާކްގެ ޖަނިކް ވެސްޓެގާޑް އަތުން ބައިކޮޅަށް ވަން ގޯލު ބަލައިނުގަންނަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ، ޖޯވިޗް އޮފްސައިޑް ވުމުންނެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ސާބިއާގެ ފޯވާޑް، ޑޫސާން ވްލާހޮވިޗްގެ މަސައްކަތުން ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. އޭރިއާތެރެއިން ވްލާހޮވިޗް ހޯދައިދިން ބޯޅައަކުން ސާބިއާގެ އަލެކްސަންޑަ މިޓްރޮވިޗް ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ސާބިއާ އިން މި ފަހަރުގެ މުބާރާތް ވެސް ނިންމައިމިލީ މޮޅެއް ނުލިބި އެވެ. ބޮޑެތި މުބާރާތްތަކުގައި އެންމެ ފަހުން އެ ޓީމު ކުޅުނު އަށް މެޗުން ވެސް މޮޅެއް ނުލިބެ އެވެ. ފަސް މެޗުން ބަލިވިއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ.

ޑެންމާކުން ގަދަ 16 ބުރުގައި ކުޅޭނީ މުބާރާތުގެ ހޯސްޓް ޖަރުމަނާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox