ސާބިއާ އިން އަމާޒުހިފަނީ ތާރީހު ބަދަލުކޮށްލަން

Jun 25, 2024, 3:17 AM
ސާބިއާ އިން އަމާޒުހިފަނީ ތާރީހު ބަދަލުކޮށްލަން

މިއުނިކް (ޖޫން 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޑެންމާކާ ދެކޮޅަށް ކުޅޭ މެޗަށް ސާބިއާ އިން ތައްޔާރުވަނީ ތާރީހު ބަދަލުކޮށްލަން ކަމަށް އެ ޓީމުގެ ކޯޗު، ޑްރަގަން ސްޓޮޖްކޯވިޗް ބުނެފި އެވެ.

ސާބިއާ ވަނީ މިހާތަނަށް ޑެންމާކާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެެވެ. ސްޓޮޖްކޯވިޗް ބުނީ، މި ފަހަރުގެ ޔޫރޯ އަށް އައިއިރު ވެސް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދިން އެއް ކަަމަކީ، ޑެންމާކާ ދެކޮޅަށް ސާބިއާގެ ތާރީހު ބަދަލުކުރުން ކަމަށެވެ.

"އަހަރެމެންނަށް އެނގޭ އިންގްލެންޑާއި ސްލޮވީނިއާ މެޗުތަކަކީ ވެސް މުހިންމު މެޗުތަކެއްކަން. އެކަމަކު، އެންމެ މުހިންމުކޮށް ވިސްނީ ޑެންމާކް މެޗަށް. އެއީ އަހަރެމެން ދެކޭގޮތުގައި މިއީ ޑެންމާކާ ދެކޮޅަށް ތާރީހު ބަދަލުކޮށްލަން ޖެހޭ ވަގުތު،" ސްޓޮޖްކޯވިޗް ބުންޏެވެ.

އިންގްލެންޑުން، ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑެންމާކާއި ތިން ވަނައިގައި އޮތް ސްލޮވީނިއާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސާބިއާގެ އޮތީ އެއް ޕޮއިންޓެވެ.

ސާބިއާ އަށް ޑެންމާކްގެ މައްޗަށް ކުރިހޯދިއްޖެނަމަ ގަދަ 16 އިން ފުރުސަތު ހޯދޭނެ އެވެ. ސްޓޯޖްކޯވިޗް ބުނީ ވިސްނުން ބަހައްޓަނީ ވެސް މޮޅަކަށް ކަމަށާއި އެކަން ކުރެވޭނެ ކަމަށެވެ.

"އަހަރެމެން މި ތިބީ އުންމީދުތަކަކާ އެކީ ރަނގަޅު މޫޑެއްގައި. ކީއްވެ އަހަރެމެންނަށް ކުރިއަށް ނުދެވޭންވީ، މިއީ ފުޓްބޯޅައިގެ ކާނިވަލެއް. އަހަރެމެންގެ ވެސް އުންމީދުތަކެއް އެބަހުރި،" ކުރިން ޔޫގޯސްލާވިއާ ޓީމަށް ކުޅުނު ސްޓޮޖްކޯވިޗް ބުންޏެވެ.

ސާބިއާ ޓީމުގައި ވަރުގަދަ ބެންޗެއް އެބައޮތް ކަމަށާއި މި މެޗުގައި ބަދަލުތަކެއް ފެންނާނެ ކަމަށް ސްޓޮޖްކޯވިޗް ވަނީ ބުނެފަ އެވެ.

ޑެންމާކާއި ސާބިއާ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox