މޮޅެއް ހޯދައި އުފާފާޅުކުރަން ޑެންމާކް ކެތްމަދުވެފައި

Jun 25, 2024, 3:17 AM
މޮޅެއް ހޯދައި އުފާފާޅުކުރަން ޑެންމާކް ކެތްމަދުވެފައި

މިއުނިކް (ޖޫން 25) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި މިރޭ ކުޅޭ މެޗުން ސާބިއާ ބަލިކޮށް އުފާފާޅުކުރަން ބޭނުންވާ ކަމަށް ޑެންމާކްގެ ކޯޗު ކެސްޕާ ހިއުލްމަންޑް ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައި ޑެންމާކް ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ފުރަތަމަ މެޗުގައި ސްލޮވީނިއާ އަތުން 1-1 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުގަައި އިންގްލެންޑާ އެއްވަރުވީ ވެސް އެ ނަތީޖާ އިންނެވެ.

ގްރޫޕް ސީ އިން ގަދަ 16 ޔަގީންވެފަައި އޮތީ އިންގްލެންޑަށެވެ. ދެން، އޮތް ޖާގަ އަށް ވާދަކުރުމުގެ ފުރުސަތު ބާކީ ތިން ޓީމަށް ވެސް އެބައޮތެވެ. އިންގްލެންޑުން އެއް ވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑެންމާކާއި ތިން ވަނައިގައި އޮތް ސްލޮވީނިއާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސާބިއާގެ އޮތީ އެއް ޕޮއިންޓެވެ.

މިރޭ ސާބިއާއާ އެއްވަރުކޮށްލައިގެން ވެސް ޑެންމާކަށް އަނެއް ބުރަށް ދެވޭނެ އެވެ. އެކަމަކު، އެ ޓީމުގެ ކޯޗު ހިއުލްމަންޑްގެ ވިސްނުމަކީ މޮޅެއް ހޯދުމެވެ.

"މެޗަށް ފަހު، މޮޅުވެެގެން ލޮކަ ރޫމަށް އައިސް ލަވަކިޔައި އުފާފާޅުކުރުން އަހަރެމެން ވަރަށް މިސް އެބަވޭ. އަހަރެމެންނަށް އެބައޮތް އުންމީދެއް އެއްވަރުކޮށްލައިގެން ވެސް ފުއްދާލެވިދާނެކަން، އެކަމަކު، އިތުރު ގޮތްތަކެއް ވެގެން ކަންކަން ހާސިލްކުރަން ބޭނުމެއް ނޫން، އަހަރެމެން ބޭނުމީ މޮޅެއް،" ހިއުލްމަންޑް ބުންޏެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކުރި ޑެންމާކް ޓީމުގެ ކޯޗު ހިއުލްމަންޑް ބުނީ މި ފަަހަރުގެ ޓީމުގައި ވެސް އެ ފެންވަރު އެބަހުރި ކަމަށާއި ބޭނުންވަނީ މެޗުތަކަކުން މޮޅުވެ، އެ ކޮންފިޑެންސް ގެނައުން ކަމަށެވެ.

ޑެންމާކުން އެންމެ ފަހުން ބޭއްވި ޔޫރޯގައި ވެސް ޑެންމާކް ފުރަތަމަ މޮޅު ހޯދީ ގްރޫޕްގެ ފަހު މެޗުގަ އެވެ. އެންމެ ފަހުން ޔޫރޯގައި ހާސިލްކުރި ފަަދަ ކަންކަން ކުރަން ފަށަން މިރޭގެ މެޗުގެ ބޭނުންހިފިދާނެ ކަމަށް ހިއުލްމަންޑް ގަބޫލުކުރެ އެވެ.

ސާބިއާ އިން މިނިވަން ދައުލަތެއްގެ ގޮތުގައި ފުޓްބޯޅައިގައި ވާދަކުރަން ފެށި ފަހުން ކުޅުނު ތިން މެޗުން ވެސް ޑެންމާކް ވަނީ މޮޅުވެފަ އެވެ.

ޑެންމާކް އާއި ސާބިއާ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox