ޑެންމާކް

Jun 14, 2024, 10:28 AM
ޑެންމާކް

ޑެންމާކުން މީގެ ކުރިން ނުވަ ފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފައިވާއިރު، އެ ޓީމުން، މި ފަހަރުގެ މުބާރާތަށް ކޮލިފައިވެފައި މިވަނީ ކޮލިފައިން ގްރޫޕް ކާމިޔާބުކޮށްގެންެނެވެ. ޔޫރަޕްގެ ޗެމްޕިއަންކަން 1992 ވަނަ އަހަރު ހޯދި ޑެންމާކް ވަނީ އެންމެ ފަހުން ބޭއްވި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ކްރިސްޓިއަން އެރިކްސަން އަށް ދަނޑުމަތީގައި ދިމާވި ހާދިސާއާ ހެދި ޑެންމާކަށް ތަފާތު ރޫހެއްގައި ކުޅެލަން ލިބުނު މުބާރާތުގެ ސެމީ ފައިނަލުގައި ޑެންމާކް ވަނީ އިންގްލެންޑް އަތުން ބަލިވެފަ އެވެ. އެއީ މެޗުގެ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެންނެވެ.

މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޑެންމާކް ކޮލިފައިވީ، ކޮލިފައިން ގްރޫޕް އެޗްގެ އެއް ވަނަ ހޯދައިގެންނެވެ. އެއީ ދެ ވަނައިގައި އޮތް ސްލޮވީނިއާއާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް، ހެޑް ޓު ހެޑް ގަވާއިދުން ކުރި ލިބޭތީ އެވެ. މި ފަހަރުގެ ޔޫރޯގައި ވެސް ޑެންމާކް ލައްވައިލީ ސްލޮވީނިއާއާ އެއް ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި ދެން އޮތީ، އިންގްލެންޑާއި ސާބިއާ އެވެ.

ޑެންމާކްގެ ކޯޗަކަށް ހުރީ އެންމެ ފަހުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް އެ ޓީމަށް އިރުޝާދުދިން ކޯޗު ކެސްޕާ ހިއުލްމަންޑް އެވެ. ހިއުލްމަންޑް އަށް އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާުތުގައި ޑެންމާކަށް ކޯޗުކޮށްދޭން ފުރުސަތު ލިބުނީ، ކޮވިޑް-19އާ ހެދި މުބާރާތް ލަސްވުމުން، ކުރިން ހުރި ކޯޗު، އާގެއި ހަރެއިޑްގެ ކޮންޓްރެކްޓް ހަމަވެ، އެ އާ ކުރަން އެއްބަސްނުވުމުންނެވެ.

ހިއުލްމަންޑްއާ އެކު ޑެންމާކަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެންމެ އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވުނެވެ. އެކަމަކު، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޑެންމާކުން ކުރިމަތިލަނީ ބޮޑު ކުރިއެރުންތަކަކާ އެކު އެވެ. ނޮކައުޓްގެ ޖާގަ އަކީ ޑެންމާކްގެ ފުރަތަމަ ޓާގެޓެވެ.

ޑެންމާކްގެ ތަރިންނަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑްގެ ދެ ކުޅުންތެރިން ކަމަށްވާ ރަސްމުސް ހޮއިލުންޑް އާއި ކްރިސްޓިއަން އެރިކްސަންގެ އިތުރުން ޓޮޓެންހަމްގެ އެމީލް ހޮއިބިއާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox