އަންޗެލޮޓީގެ ރާގު ބަދަލުވެއްޖެ، ކުލަބް ވޯލްޑް ކަޕުން ރެއާލް ފެންނާނެ!

Jun 11, 2024, 2:22 AM
އަންޗެލޮޓީގެ ރާގު ބަދަލުވެއްޖެ، ކުލަބް ވޯލްޑް ކަޕުން ރެއާލް ފެންނާނެ!

މެޑްރިޑް (ޖޫން 11) - އަންނަ އަހަރު ބާއްވާ ކުލަބް ވޯލްޑް ކަޕުގެ އާ ފޯމެޓްގެ ފުރަތަމަ މުބާރާތުގައި ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑް ފެނިގެންދާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ރެއާލުން މި ގޮތަށް ހާމަކޮށްފައި މި ވަނީ އެ ކްލަބްގެ ކޯޗު ކާލޯ އަންޗެލޮޓީ، އިޓަލީ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ރެއާލުން ކްލަބް ވޯލްޑް ކަޕްގެ ދައުވަތު ގަބޫލުނުކުރާނެ ކަމަށް ބުނެފައިވަނިކޮށެވެ.

ދާދި ފަހުން ރެއާލްގެ ކޯޗު ކާލޯ އެންޗޮލޮޓީ ވަނީ ކުލަބް ވޯލްޑް ކަޕުގެ އައު ފޯމެޓާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އެ މުބާރާތުގެ ދައުވަތު ރެއާލުން ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު މިއަދު ނެރުނު ބަޔާނެއްގައި ރެއާލުން ވަނީ އަންނަ އަހަރު އެމެރިކާގައި ބާއްވަން ނިންމާފައިވާ މުބާރާތުގައި ބައިވެރިވާނެ ކަމަށް ބުނެފަ އެވެ.

"ރެއާލުން އަންނަ އަހަރު ކުރިއަށްދާ ކުލަބް ވޯލްޑް ކަޕުގައި ބައިވެރިވުމަށް ވަނީ ނިންމާފައި. އަދި މި މުބާރާތުގައި ބައިވެރިވުން މިއީ ރެއާލަށް ލިބޭ ފަހުރެއް. ރެއާލުގެ އަމާޒަކީ އައު ތައްޓަކާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރެއާލުގެ ސަޕޯޓަރުން އުފާކޮށްދޭން." ރެއާލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކުލަބް ވޯލްޑް ކަޕުގެ އާ ފޯމެޓާމެދު އަންޗެލޮޓީ ހިތްހަމަ ނުޖެހުން ފާޅުކުރީ ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ އެވެ. އަންޗޮލޮޓީ ބުނީ އައު ފޯމެޓުގައި ކުލަބް ވޯލްޑް ކަޕް ކުޅޭނަމަ ގާތް ގަނޑަކަށް 72 މެޗު ކުޅުންތެރިން ކުޅެން ޖެހޭނެ ކަމަށާއި, އަދި މިއީ ކުޅުންތެރިންގެ ސިއްހަތައް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އަންޗެލޮޓީ ފަހުން ބުނީ، އޭނާ ދެއްކި ވާހަކަ މީޑިއާ އިން ގެނައީ އޮޅުން އަރާ ގޮތަށް ކަމަށެވެ. އަދި ހަގީގަތުގައި އޭނާ ދެއްކި ވާހަކަ އަކީ މި މުބާރާތް ގެންދަން ޖެހޭނީ މި އަށް ވުރެ ރަނގަޅު ރޭވުންތެރިކަމަކާ އެކު ކަމަށެވެ.

ރެއާލުން ކުލަބް ވޯލްޑް ކަޕުގެ ފުރުސަތު ދޫކޮށްލައިފިނަމަ ފީފާ އިން އެ ފުރުސަތު ސްޕެއިންގެ ޓީމަކަށް ދޭން ނިންމީ ވާދަވެރި ބާސެލޯނާ އަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ރެއާލުން މި ނިންމުން ނިންމީ ބާސެލޯނާ އަށް އެ ފުރުސަތު ނުދޭށެވެ.

ފީފާ ކޮންފަޑެރޭޝަން ކަޕްގެ ބަދަލުގައި ކްލަބްތަކަށް ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު ބާއްވާ މުބާރާތެއް ގޮތަށް ކްލަބް ވޯލްޑް ކަޕް ފޯމެޓް ރޭވީ 24 ޓީމު ކުޅޭގޮތަށް 2021 ގައި ޗައިނާގައި ފުރަތަމަ މުބާރާތް ބާއްވާށެވެ. އެކަމަކު، އޭރު ކޮވިޑް-19ގެ ދުވަސްވަރު ކަމަށްވާތީ ފީފާ އަށް ޖެހުނީ މުބާރާތް ފަސްކުރާށެވެ. ފީފާ އިން ދައުވަތު ދޭ 24 ޓީމެއް ފުރަތަމަ ކްލަބް ވޯލްޑް ކަޕްގައި ކުޅޭ ގޮތަށް، އާ ފޯމެޓްގެ އަލަތު މުބާރާތް އޮންނާނީ އަންނަ އަހަރު އެމެރިކާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox