އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ޓަކައި ސިޔާސީ ތަފާތު ދޫކޮށްލަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އިޒްރޭލު ޕާސްޕޯޓް މަނާކުރަން އޭނާ މަޖިލީހަށް ބިލެއް ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އިޒްރޭލު ޕާސްޕޯޓް މަނާކުރަން އޭނާ މަޖިލީހަށް ބިލެއް ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ

ފަލަސްތީނު މީހުންނާ ދެކޮޅަށް ބޮޑު ގަތުލުއާއްމެއް ހިންގާތީ، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވުމުގައި ސިޔާސީ ޕާޓީތަކުގެ ހިޔާލުތަފާތުުުވުންތައް އެއްފަރާތްކުރަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމު މިއަދު ގޮވައިލައްވައިފި އެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރުމަށް ޓަކައި މީކާއީލް ހުށަހެޅުއްވި ބިލު، މިއަދުގެ ޖަލްސާގައި މަޖިލީހަށް ތައާރަފު ކުރައްވަމުން އޭނާ ވިދާޅުވީ އެ ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭން ވެސް އިޒްރޭލާ ދެކޮޅަށް ފެންހިފޭ ފިޔަވަޅުތަކެއް އެޅުން ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ އަނިޔާވެރިކަން ދެނެގަނެ، ބައިނަލް އަގުވާމީ މުޖުތަމައުން ވެސް އެކަން ފާހަގަކުރަމުން ގެންދާތީ އެވެ.

"އަަޅުގަނޑު އުއްމީދުކުރަން މި ބިލަކީ ދިވެހިރާއްޖޭގައި މި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އެކެއް އަނެކަކަށް ސިޔާސީބޯޅަ ޖެހުމާއި ގުދޯގުދޯ ގޮވުމުގެ ބަދަލުގައި އަަޅުގަނޑުމެންނަށް ހުރިހާ ޕާޓީއެއް އެކުވެ، ރަނގަޅު މަސައްކަތެއް، ބައިޕާޓީޝަން [ސިޔާސީ ތަފާތުތައް އެއްފަރާތްކޮށްފައި ކުރާ] މަސައްކަތެއް ކުރެވޭނެ ބިލެއްގެ ގޮތުގައި މި ބިލު ވެގެން ދިއުން،" މީކާއީލް ވިދާޅުވި އެވެ.

މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ތާއީދުކުރައްވައި ވީހާ ވެސް އަވަހަކަށް އެ ބިލުގެ މަސައްކަތް ކުރިއަށް ގެންދަން އޭނާ ގޮވައިލެއްވި އެވެ.

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށް ޓަކައި މީކާއީލް ހުށަހެޅުއްވި ބިލުގައި އޮތީ އިމިގްރޭޝަން ގާނޫނަށް އަކުރެއް އިތުރުކޮށް، އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުންނާއި އިޒްރޭލު ޕާސްޕޯޓާއި އެކު އެހެން ގައުމެއްގެ ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އެ ގާނޫނު ބަދަލުކުރުމަށެވެ.

އިބްތިދާއީ ބަހުސް ނިމުމުން ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމާނެ އެވެ. އެ ވޯޓުން ތަޅުމަށް ބިލު ބަލައިގަންނަން ފާސްވެއްޖެ ނަމަ ބިލު ދިރާސާ ކުރުމަށް ކަމާބެހޭ ކޮމެޓީއަށް ފޮނުވާނެ އެވެ.

އެ ބިލު މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ހުށަހަޅާފަ އެވެ. ބިލު ފާސްކޮށް ގާނޫނަށް އިސްލާހު ގެނައުމަށް ވޯޓަށް އަހާނީ ކޮމެޓީ މަރުހަލާ ނިމުމުންނެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރާއްޖެއިން ނިންމުމުން ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ އެކި ގައުމުތަކުގެ އާންމުން ވަނީ ރާއްޖެއަށް ތައުރީފުކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ނުރުހުން ވެސް ރާއްޖެއަށް އަމާޒުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox