ކުރިން ރުހުން ނުލިބުނު އުޝާމް، ޝަހީމް އަދި ހައިދަރަށް ރުހުން ދޭން ކޮމެޓީން ފާސްކޮށްފި

Jun 5, 2024, 4:48 PM
ކުރިން ރުހުން ނުލިބުނު އުޝާމް، ޝަހީމް އަދި ހައިދަރަށް ރުހުން ދޭން ކޮމެޓީން ފާސްކޮށްފި

ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއިން މިރޭ ފާސްކޮށްފި އެވެ.

އެ ތިން ވަޒީރުންނަށް ރުހުން ދޭން ކޮމިޓީން ފާސް ކުރީ ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ކޮމިޓީގައި ހިމެނޭ 11 މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު މިރޭގެ ބައްދަލުވުމުގައި ބައިވެރިވި އެވެ. ރުހުން ނުދޭން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

އެ ކޮމިޓީގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެެ ދެ މެންބަރަކު ހިމެނޭއިރު ރުހުން ނުދޭން ވޯޓު ދެއްވީ އޭގެ ތެރެއިން އެއް ބޭފުޅެއް ކަމަށް ބެލެވެ އެވެ. ވޯޓު ދިން ގޮތް މުގައްރިރު ތަފުސީލެއް ނުކޮށްދެއްވަ އެވެ.

Advertisement

އެ ތިން ވަޒީރުންނަށް ރުހުން ދޭން ކޮމެޓީއަށް ފެނުމުން ދެން އެ މައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހެވެ.

އެ ތިން ވަޒީރުން ރުހުން ނުލިބުނީ ޖެނުއަރީ 29، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރުހުން އޮތް ކަމަށް ފާސްވާ އަދަދަށް ވޯޓު ނުލިބުމުންނެވެ. އެ ތިން ބޭފުޅުން ފިޔަވައި ދެން ތިބި ހުރިހާ ވަޒީރުންނަށް އެ ދުވަހު ރުހުން ލިބުނެވެ.

ވަޒީރުންނަށް ރުހުން ނުދޭން ފާސް ކުރުމުން ހަމަ އެ ދުވަހު އަނެއްކާ ވެސް އެ ތިން ވަޒީރުން ރައީސް މުއިއްޒު ވަނީ މަގާމަށް އައްޔަން ކުރައްވައިފަ އެވެ. އަދި ޖެހިގެން އައި ފެބްރުއަރީ މަހުގެ ތެރޭގައި އެ ބޭފުޅުންނަށް ރުހުން ހޯދުމަށް އަލުން މަޖިލީހަށް ހުށަހެޅި އެވެ.

ނަމަވެސް އޭގެ ފަހުން އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. މަޖިލީހުގެ ބައެއް މެންބަރުން އެއިރު ބުނެފައި ވަނީ ރުހުން ނުލިބުނު ވަޒީރުން އަލުން މަގާމަށް އައްޔަންކޮށް ރުހުން ހޯދަން ފޮނުވުން ގާނޫނުއަސާސީއާ ހިލާފުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox