ރެފަރެންޑަމާ ގުޅޭ ބަހުސް ކުރަން އިބްރާގެ ދައުވަތު، ވިދާޅުވީ ބަންޑާރަ ނައިބަށް ކެރިވަޑައިނުގަންނަވާނެ ކަމަށް

އޭޖީ އުޝާމް އަދި ހާއްސަ މަޖިލީހުގެ މެންބަރު އިބްރާ. ރިފެރެންޑަމާ ގުޅިގެން ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ނުދެވޭއިރު އެ ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބައެއް ފަރާތްތަކުން ބުނޭ ---

އޭޖީ އުޝާމް އަދި ހާއްސަ މަޖިލީހުގެ މެންބަރު އިބްރާ. ރިފެރެންޑަމާ ގުޅިގެން ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ނުދެވޭއިރު އެ ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބައެއް ފަރާތްތަކުން ބުނޭ ---

އެޕްރީލް 4, ގައި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ބަހުސެއް ކުރުމުގެ ދައުވަތު ހާއްސަ މަޖިލީހުގެ މެންބަރު އަދި ފެހި ގާނޫނުއަސާސީ ޑްރާފްޓު ކުރި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް (އިބްރާ)، އެޓާނީ ޖެނެރަލް އަހުމަދު އުޝާމަށް ދެއްވައިފި އެވެ.

އެ ވޯޓު ނަގަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށާއި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. އެ ބިލު ފާސްކުރީ މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުންނެވެ.

މި ވޯޓުގައި ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ގެންދަނީ އެ ކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.

ފެހި ގާނޫނުއަސާސީ އެކުލަވާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް މެންބަރު ކަމަށްވާ އިބްރާ ދެކޭ ގޮތުގައި މިއީ "ގާނޫނީ ނަޒަރަކުން ސައްހަކަމެއް ނެތް، ދެކޮޅުނުޖެހޭ" ހުށަހެޅުމެކެވެ.

އޭނާ ވަނީ މިކަމުގައި އުޝާމަށް ކެރޭނަމަ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ބަހުސް ކުރުމަށް ދައުވަތު ދެއްވާފަ އެވެ. ނަމަވެސް އިބްރާ ވިދާޅުވީ "އޭނާއަށް ނުކެރޭނެ" ކަމަށެވެ.

"އަހުރެންނަށް ޤަބޫލުކުރެވެނީ، ރައްޔިތުންގެ ވޯޓަކަށް މި ހުށަހަޅާ ބިލް ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ މަފްހޫމަށް ނުފެތޭ ކަމަށެވެ،" އިބްރާ އެކްސްގައި ލިޔުއްވި އެވެ.

titledesc

އެ މާއްދާގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ބަޔާންކުރަނީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ މާއްދާތަކާ ގުޅޭ ބިލުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރާއި، ރިޔާސީ ދައުރާއި، ރާއްޖޭގެ ސަރަހައްދު އަދި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކެވެ.

ރެފަރެންޑަމްގެ ސުވާލުގައި އޮތީ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމަށް ރައްޔިތުންނަށް ފެނޭތޯ އެވެ. އެ އިސްލާހުގައި އޮތް ކަންކަމާ މެދު ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމެއް ނެތެވެ.

ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ބުނަނީ މަޖިލީހުގެ އުމުރަކީ މަޖިލިސް އިންތިހާބު ކުރުމަށް ފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށެވެ. ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ހިނގަމުންމިދާ ވިހިވަނަ މަޖިލީހުގެ އުމުރު ކުރު ކުރަން ނިންމާފަ އެވެ.

"ރައްޔިތުންގެ މަޖިލިހުގެ އުމުރު ފަސް އަހަރުން އެހެން އަދަދަކަށް ބަދަލުކުރާނަމަ، ބަދަލުކުރުމަށްފަހު ދެން އޮންނާނީ އެގޮތަށެވެ. ވޯޓަކަށް ހުށަހަޅާން ޖެހޭނީ އެންމެ ސުވާލެކެވެ. އޮންނާން ޖެހޭނީ އެންމެ ޖަވާބެކެވެ. މިހާރު މި ހުށަހަޅާ ސުވާލުގައި އެ އަހަނީ ކީކޭ ހެއްޔެވެ؟ މަޖިލިހުގެ އުމުރަކީ ހަތަރު އަހަރާ ބައި ހެއްޔެވެ؟ ނުވަތަ ފަސް އަހަރު ހެއްޔެވެ،" އިބްރާ ސުވާލު އުފެއްދެވި އެވެ.

titledesc

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ ރެފަރެންޑަމްގައި އަހަނީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ވިދާޅުވެފަ އެވެ.

"ހިނގަމުންދާ މަޖިލިހެއްގެ އުމުރު ކުރުކޮށްފައި، އަނެއްކާވެސް އިންތިހާބެއް ބާއްވައި، އަނެއްކާވެސް ކުރީ އޮތް އުމުރަށް ރުޖޫއަ ވާގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ގާނޫނީ ނަޒަރަކުން ސައްހަކަމެއް ނެތް، ދެކޮޅު ނުޖެހޭ ހުށަހެޅުމެއް،" އިބްރާ ލިޔުއްވި އެވެ.

މިހާރު ސުވާލު އޮތްގޮތުން ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބުނާ ކަންކަމަށް ގެންނަ ބަދަލަކީ ކޮބައިކަމެއް ނޭނގޭ ކަމަށް އިބްރާ ވިދާޅުވި އެވެ.

ނަމަވެސް، ގާނޫނުއަސާސީއަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅިގެން ސަރުކާރުން މިހާތަނަށްވެސް އަމަލުކޮށްފައިވާނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

ސަރުކާރުން ދެކެނީ މި މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ ދެކޮޅަށް ވާހަކަ ދައްކާ އެންމެ ދައްކަމުންދާ ވާހަކަ ބިނާކުރަމުންދަނީ ދޮގު މައުލޫމާތުގެ މައްޗަށް ކަމަށެވެ.

ރެފަރެންޑަމް ހުއްޓުވައިދިނުމަށް ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެއް މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން ހިމަނާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

"މުޅި ބިލު ތަސްދީގުކުރުމަށް ފެނޭތޯ އެހުމަކީ، ގާނޫނުއަސާސިއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް. މި ސުވާލަކީ ގާނޫނުއަސާށީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026، ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުން އެދި މައްސަލަ ހުށަހަޅަން،" އިއްޔެ ސުޕްރީމް ކޯޓަށް ވެއްދި މައްސަލާގައި ބުނެފައިވެ އެވެ.

އެޕްރީލް 4، ގައި ރެފަރެންޑަމް ވޯޓު ނަގާއިރު އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ވެސް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. ކައުންސިލް އިންތިހާބާއި ރެފަރަންޑަމްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ޖުމްލަ 294،937 މީހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox