ނިޒާމު ހަރުދަނާކުރާތީ، ބިދޭސީ މަސައްކަތްތެރިނާ ގުޅޭ މަސައްކަތްތަކަށް ލަސްކަމެއް އަތުވެދާނެ: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރު އިހުސާން : ބިދޭސީ މަސައްކަތްތެރިން ގެނައުމާ ގުޅޭ މަސައްކަތްތަކަށް ލަސްކަމެއް އަތުވެދާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފަ - ފޮޓޯ: މަޖިލިސް އިދާރާ

ހޯމް މިނިސްޓަރު އިހުސާން : ބިދޭސީ މަސައްކަތްތެރިން ގެނައުމާ ގުޅޭ މަސައްކަތްތަކަށް ލަސްކަމެއް އަތުވެދާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފަ - ފޮޓޯ: މަޖިލިސް އިދާރާ

ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ މަސައްކަތްތައް ކުރެވޭ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންދާތީ، އެކަމާ ގުޅޭ ހިދުމަތްތައް ދިނުމުގައި ލަސްކަމެއް އަތުވެދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ، ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމާއިގުޅޭ އުސޫލުތައް މުރާޖައާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ، އަލަށް ގާއިމުކުރާ ނިޒާމަކީ ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ، އަދި ހިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނޭ ނިޒާމަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

"ވިމާ، މި މަސައްކަތްތަކުގެ ސަބަބުން ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރެވޭ ކޯޓާ، ވޯކް ޕަރމިޓް، ޑިޕޮޒިޓް ރީފަންޑް އަދި މި ނޫންވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ހިދުމަތް ދެވޭ މުއްދަތަށްވުރެ ލަސްވުމަކީ އެކަށީގެންވާކަމެއް ކަމުގައި ދެންނެވިން،" އިއުލާނުގައި ބުނެފައިވެ އެވެ.

މި ލަސްވުމާ ގުޅިގެން ކުރިމަތިވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ މަސައްކަތްތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންގެންދާނެ ކަމަށް ވެސް އިއުލާނުގައި ހޯމް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އެހެން އިއުލާނެއްގައި، ބުނީ ބިދޭސީ މަސައްކަތްތެރިން ގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުދައްކައި އެބަ އޮތް ކަމަށެވެ. އެގޮތުން 10،619 ވަޒީފާދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީ އަދި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1،765،704،400 ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމުގެ ގައުމީ މަސައްކަތެއް ހޯމް މިނިސްޓްރީން މިދިޔަ މަހު ފަށާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox