މަޖީދިއްޔާގެ ދަރިވަރަކަށް ޓީބީ ޖެހިފައި ވާތީ, އެހެން ދަރިވަރުން ޓެސްޓު ކުރަނީ

ސްކޫލް ދަރިވަރުންތަކެއް ސްކޫލަށް ދަނީ : މަޖީދިއްޔާގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވެއްޖެ - ފޮޓޯ: އަދަދު

ސްކޫލް ދަރިވަރުންތަކެއް ސްކޫލަށް ދަނީ : މަޖީދިއްޔާގެ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވެއްޖެ - ފޮޓޯ: އަދަދު

މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވުމާ ގުޅިގެން، އެ ސްކޫލުގެ އެހެން ދަރިވަރުންތަކެއް ޓެސްޓުކުރަން ފަށައިފި އެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ތަރުޖަމާނު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ، މަޖީދިއްޔާ ސްކޫލުގެ ދަރިވަރަކު ޓީބީއަށް ޕޮސިޓިވް ވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޕްރޮޓޮކޯލް އަށް ފޮލޯ ކުރަމުންދާ ކަމަށެވެ.

އަދި، މިނިސްޓްރީ އާއި ސްކޫލުން މި ކޭސް އަށް އެޓެންޑުވަމުން ދަނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށާއި ޓެސްޓު ކުރަމުންދަނީ ޓީބީއަށް ޕޮސިޓިވްވި ދަރިވަރާ ކޮންޓެކްޓުވި ދަރިވަރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން އާންމުކޮށް ޓީބީ ނުފެނުނު ނަމަވެސް ޖަލުތަކުން ޓީބީ ފެންނަ މިންވަރު އިތުރެވެ. އެންމެ ފަހުން ސްކޫލަކުން ޓީބީ ކޭހެއް ފެނިފައިވަނީ މީގެ ދެ އަހަރު ކުރިން ސީއެޗްއެސްސީ އިންނެވެ. ދިވެހި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖެއިން މި ބަލި އެއްކޮށް ނައްތާލުމެވެ.

ޓީބީ ނުވަތަ ޓިއުބަކިއުލޯސިސް އަކީ މައިކްރޯބެކްޓީރިއަލް ޓިއުބަކިއުލޯސިސް ކިޔާ ޖަރާސީމަކުން ފެތުރޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ޓީބީ ބަލި އާންމުކޮށް ޖެހެނީ ފުއްޕާމެޔަށެވެ. ނަމަވެސް ގޮހޮރު، މައިބަދަ، ކަށި ފަދަ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހިދާނެ އެވެ.

ޓީބީ އަކީ ރަނގަޅުކުރެވޭ ބައްޔެއްކަމަށް ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ ބައްޔެވެ. ދެކުނު އޭޝިޔާ ސަރަހައްދަކީ ދުނިޔޭގެ އާބާދީގެ ހަތަރު ބައިކުޅަ އެއްބައި ކަމުގައިވެފައި، ދުނިޔޭގައި ނިސްބަތުން ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43 ޕަސެންޓު މީހުން ނިސްބަތްވަނީ މި ސަރަހައްދަށެވެ. އެބަލި ޖެހި ރަނގަޅުނުކުރެވޭ މީހުންގެ 3/2 އަކީ ވެސް މި ސަރަހައްދުގެ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox