ހުލާސާކޮށް އިއްޔެ: އިޒްރޭލް ޕާސްޕޯޓު މަނާ ކުރާނީ ގާނޫނު ބަދަލުކޮށްގެން

އިޒްރޭލް ޕާސްޕޯޓު

އިޒްރޭލް ޕާސްޕޯޓު

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގަމުންދާ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރޭ ނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާ ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދަން ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް އެކުލަވާލަން ވެސް ކެބިނެޓުން ނިންމި ކަމަށެވެ.

"އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މިއަދު[އިއްޔެ] ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ،" އިހުސާން ވިދާޅުވި އެވެ.

Advertisement

އޭގެ އިތުރުން އިހުސާން ވިދާޅުވީ، ގާނޫނުތަކަށް އިސްލާހު ގެނެސްގެން އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވާފައިވާ ކަމަށެވެ. އެއީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރެވޭނެ އެންމެ އަވަސް މަގު ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން މިކަން ކުރެވެން އޮތް ކަމަށް ދައުލަތުގެ އެޓާނީ ޖެނެރަލް ވެސް ލަފާ އަރުވަނީ، ބައިނަލްއަގުވާމީ ގޮތުން ވެސް އެބަހުރި ސީދާ ވަކިވަކި ގައުމުތަކުގެ ނަންތައް ކަނޑައަޅާފަ ގާނޫނުތައް މިގޮތަށް މާނަކޮށް ރެސްޓްރިކްޝަންތައް ނާޅަން ވެސް ބާރުއަޅާފައި. އެހެންވީމާ އަޅުގަނޑުމެންނަށް މިކަން ގާނޫނީ ގޮތުން ކުރެވޭނެ އެންމެ އަވަސް މަގެއް އަޅުގަނޑުމެން މި ހޯދަނީ. އެގޮތުން އަޅުގަނޑުމެން މި ބަލަނީ ގާނޫނަކުން ކަމަށް ކަނޑައެޅޭނީ ރެސްޓްރިކްޝަންތަކެއް ރާއްޖޭގެ އެންޓްރީއަށް،" އިހުސާން ވިދާޅުވި އެވެ.

ޕާސްޕޯޓު މަނާ ކުރާ ޕްރޮސެސް ބަލާނެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ޒަމީރާއި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ފަލަސްތީނުން ރާއްޖޭގެ ފަރާތުން ބޭނުންވާ ކަންކަން ދަނެގަތުމަށް ހާއްސަ މަންދޫބެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. އަދި ހާލުގައި ޖެހިފައިވާ ފަަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މުޅި ރާއްޖޭގައި ފަންޑްރެއިސިން ޕްރޮގްރާމެއް ހިންގުމަށް ވެސް ކެބިނެޓުން ނިންމި އެވެ.

"ފަލަސްތީނާއެކު ދިވެހިން" އެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ވެސް ކެބިނެޓުން ފާސް ކުރި އެވެ. އަދި ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް އިސްލާމީ ގައުމުތަކާ މަޝްވަރާ ކުރަން ވެސް ކެބިނެޓުން ފާސް ކުރި އެވެ.

އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި 10،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު 81،000 އަށް ވުރެ ގިނަ މީހުން ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox