ކޮލަމް: ދިވެހި ފުޓްބޯޅައިގެ ފޯރި އަލުން ގެނެވޭނީ ސަރުކާރުގެ ޤާނޫނީ ޒިންމާ އަދާކޮށްގެން

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު

ޒަމާނުންސުރެ ފުޓްބޯޅަ އަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ މަޤްބޫލު ކުޅިވަރެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން އެއް ވަނަ ޑިވިޝަންގެ މެޗެއް ބެލުމަށް އެވެރެޖް ގޮތެއްގައި 2000 ކުޅިބަލާ މީހުން ގަލޮޅު ރަސްމީ ބޯޅަ ދަނޑަށް ވަންނައިރު، ފައިނަލް މެޗްތަކާއި ޤައުމީ ޓީމުގެ މެޗްތަކަށް 11،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމް ފުރާލައެވެ.

މި ދުވަސްވަރާއި އަޅާބަލާއިރު ކުލަބުތަކަށް އެ ޒަމާނުގައި ކުރާ ޚަރަދު ކުޑަ ނަމަވެސް، ފުޓްބޯޅަ މުބާރާތްތަކާއި ކުލަބުތަކަށް ދެމެހެއްޓެނެވި ތަރައްޤީއެއް ގެނައުމަށް މުހިންމު މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ. މި ގޮތުން، ގަލޮޅު ބޯޅަދަނޑު މިހާރު މިއޮތް ގޮތަށް ސްޓޭޑިއަމެއްގެ ގޮތުގައި ބިނާކުރުމަށް 1986 ވަނަ އަހަރު ފެށި މަސައްކަތާއި، ކުލަބުތަކަށް ގޭޓް ފައިސާގެ ގޮތުގައި އޭރު ލިބެމުން ދިޔަ އެއްޗަކުން ބައެއް އުނިކޮށްގެން މި އިމާރާތްކުރުމުގެ މި ޚަރަދަށް ބިނާވާ ދަރަނި އަދާކުރަމުންދިޔަ ފުރިހަމަ މާލީ ރޭވުމާއި، ސްޓޭޑިއަމް އިމާރާތުގައި މަޖީދީ މަގަށްވާ ގޮތަށް ފިހާރަތަކެއް އިމާރާތްކޮށް އޭގެއިންލިބޭ އާމްދަނީއިން ކުލަބުތަކަށް ބައެއްދޭން ގެންގުޅުނު ވިސްނުން ފާހަގަވެގެންދިޔަ އެވެ.

އެ ސްޓޭޑިއަމް ބިނާކުރުން އަހަރުތަކަކަށް ބެހިގެންދިޔައިރު، 1986 ވަނަ އަހަރުގެ ކުރީން ކޮންމެ އަހަރެއްގައި ބާއްވަމުން އައި އެންމެ ފުޓްބޯޅަ މުބާރާތެއްގެ ބަދަލުގައި 3 ބުރަށް ބެހިގެންދާ ޤައުމީ ލީގް އަކާއި އެކު ރައީސުލްޖުމްހޫރިއްޔާގެ ތައްޓަށް ކުޅޭ މުބާރާތް އަދި ޕޮމިސް ކަޕް ކިޔާ ބައިނަލްއަޤްވާމީ ކުލަބު މުބާރާތެއް އެ އަހަރުގައި ފަށާ، 1988 ވަނަ އަހަރުގައި ފެށި އެފް.އޭ.ކަޕް މުބާރާތާއި ހަމައިން އެހެނިހެން ޤައުމުތަކުގައި އޮންނަ ގޮތަށް މި ރާއްޖޭގައި ވެސް ފުޓްބޯޅަ މޫސުމެއް އުފެދުނެވެ.

Advertisement

ނަތީޖާއެއްގެ ގޮތުން މުޅި ރާއްޖޭގައި ފުޓްބޯޅަފޯރިގަދަވެ، ކުލަބުތަކުގެ ހިންގުން އެ ޒަމާނަށް ބައްޓަންވެ، ކުޅުންތެރިންގެ ހުނަރު އިތުރުވެ، ބައިނަލްއަޤްވާމީ ފުޓްބޯޅައިގާ ތަޖުރިބާ ލިބެމުން ކާމިޔާބުގެ ހަރުފަތުން ކުރިއަރައި، 2008 ވަނަ އަހަރާއި ހަމައަށް މި ކުޑަކުޑަ ދިވެހިރާއްޖެ މި ސަރަޙައްދުގެ ފުޓްބޯޅައިގެ ގަދަބާރަކަށްވި އެވެ.

ނަމަވެސް، މިއަދު ހުސްވެފައިވާ ސްޓޭޑިއަމްއެއްގައި ގިނަ މެޗްތައް ކުޅެމުންދާއިރު، ކުލަބުތަކަށް މާލީ ގޮންޖެހުންތައް ކުރިމަތިވެ ފަހަރަކު ކުލަބެއް އެދަނީ ބަނގުރޫޓްގެ މަގަށެވެ. ސަރުކާރުން ދައުލަތުގެ ބަޖެޓްގައި ހިމަނައިގެން ކުލަބުތަކަށް އެތައް މިލިޔަން ރުފިޔާއެއް ކޮންމެ އަހަރަކު ޚަރަދުކުރަމުން ދާއިރު، ދިވެހި ފުޓްބޯޅައިގެ ފޯރިއަށް މިއައި ހީނަރުކަމާއި ބައިނަލްއަޤްވާމީ ފެންވަރުގައި މިހާރު ލިބެމުންމިދާ ދެރަ ނަތީޖާ އާއިމެދު ވިސްނާ، މަރުވަމުންމިދާ ފުޓްބޯޅައިގެ ކުރިއެރުން އަލުން ދިރުވުމުގެ ރޭވުންތެރި ޢަމަލީފިޔަވަޅުތަކަކަށް ބޭނުންވެ އެވެ.

ބައިނަލްއަޤްވާމީ ފުޓްބޯޅައިގާ މި ސަރަޙައްދުގެ ގަދަބާރެއްގެ ގޮތުގައި އޮތުމަށްފަހު، ކާމިޔާބުގެ ހަރުފަތުން ސޮއްސާލައިގެން މި ސަރަޙައްދުގެ އެންމެދަށް ޤައުމުތައް އަތުންވެސް ބަލިވުމަކީ އާދައަކަށްވެ ސަޕޯޓަރުން ފޫހިވަމުންދާއިރު، މިރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވެފައިމިވާ ހާލާއިމެދު ފުޓްބޯޅައަށް ލޯބިކުރާ ތަޖުރިބާކާރު ބޭބޭބޭފުޅުން އެ ބޭފުޅެއްގެ ހިޔާލު އެކިގޮތްގޮތަށް ހާމަކުރަމުންދާއިރު، ކޮންމެ ސަރުކާރަކުންވެސް އެކި ފެންވަރުގައި އެ ސަރުކާރެއްގެ ޕްލޭންތައް ހާމަކުރަމުންދިޔައެވެ.

ފުޓްސަލް ކުޅޭކުދިން ގިނަވުން، ސިޔާސީހަރަކާތްތަކުގެ އަސަރު ފުޓްބޯޅައަށް ކުރުން، އެފްއޭއެމް ހިންގުމުގައި ދޯދިޔާވުން، ކުލަބުތަކުން ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާނުދިނުން ފަދަ ސަބަބުތައް ބަޔާންކުރަމުންދިޔަ އެވެ. އަޅުގަނޑު ދެކޭގޮތުގައި، މިރާއްޖޭގެ ފުޓްބޯޅައަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ، މިދިޔަ 15 އަހަރުގެ ތެރޭގައި ރާއްޖޭގެ މަސައްކަތު މާހައުލަށާއި އިޤްތިޞާދީ ތަރައްޤީ އަށް އައި ކުރިއެރުމާއިއެކު ރައްޔިތުންގެ ދިރިއުޅުމަށް އައި ބަދަލާއި އެއްހަމައެއްގައި ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްޤީ ނުހިފެއްޓި މި ކުޅިވަރަށް އޮތް ޝައުޤު 30 އަހަރު ފަހަތަށް ސޮއްސާލީއެވެ.

ކުލަބުތަކުގެ މާލީ އަދި އިދާރީ އިންތިޒާމު

މަޝްޙޫރު ރެއާލް މެޑްރިޑް، ލިވަޕޫލް، ބަޔާން މިއުނިކް އަދި ބާސެލޯނާ ފަދަ ކުލަބުތައް ސާބިތުކަމާ އެކު ކާމިޔާބީތައް ދެމެހެއްޓުމުގައި ޤަރުނަކަށްވުރެ ގިނަދުވަސް ވެފައިވާއިރު، އަވަށްޓެރި އިންޑިޔާގެ މޯހަން ބަގަން އާއި ސްރީ ލަންކާގެ ސައުޑަސް ފުޓްބޯޅަ ކުލަބު، ފަދަ ޤައުމުތަކުގައި މި ވަގުތު ވެސް އެންމެ މަތީގައިއުޅޭ ކުލަބުތައް އުފެދިފައިވަނީ އެޤައުމުތައް މިނިވަންވުމުގެވެސް ކުރިންނެވެ. ނަމަވެސް ރާއްޖޭގައި 1970ގެ އަހަރުތަކުގައި އުފެދުނު ވިކްޓްރީ ސކ، ކްލަބު ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ސކ ފަދަ އެންމެ ދުވަސްވީ އަދި އެންމެ މަޝްޙޫރު ކުލަބުތައް އެވަނީ މައްސަލަތަކުގެ ކަނޑަކަށް ބެހިފައެވެ.

މާލީގޮތުން ޚަރަދުތަކެއް ކުރަންޖެހޭ ކޮންމެ ޖަމާއަތެއްގެ ދެމިއޮތުން ބިނާވާނީ އެ ޖަމާއަތެއްގެ އިޤްތިޞާދީ ދުޅަހެޔޮކަމަށެވެ. މި ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުލަބުތައްވެސް ކާމިޔާބާ އެކު ގިނަދުވަހު ދެމިއޮތުމުގެ އަސްލަކީ، އެ ކުލަބުތަކުގެ މާލީ އަދި އިދާރީ އިންތިޒާމުތަކުގެ ހަރުދަނާކަމާއި، އެ ޤައުމުތަކުގެ އިންތިޒާމީ އިދާރާތަކުން ކުލަބުތައް މޮނިޓަކޮށް ބެލެހެއްޓުމުގައި ޤާއިމުކުރެވިފައިވާ ހަރުދަނާ އުސޫލުތަކެވެ.

މި ރާއްޖޭގެ އެންމެ ދުވަސްވީ ކުލަބުތައް 40 ހަކަށް އަހަރުވަންދެން ޤައުމީފެންވަރުގެ އެންމެ ގަދަފަދަ ފުޓްބޯޅަ ޓީމުތައް ގޮތުގައި ދެމިއޮތީ އެ ކުލަބުތަކުގެ އިންތިޒާމު ރަނގަޅުއިރުއެވެ. މި ކުލަބުތައް ހިންގުމުގައި ސާބިތުވެތިބި، ކުލަބް އުފެއްދުމުގައި ޝާމިލުވި މަސްޢޫލުވެރި ފަރާތްތަކާއި އެ ފަރާތްތަކުން ދަރިވަރުވި އޮފިސަލުންގެ މަސައްކަތްތަކުން ކުލަބުތައް ދެމިއޮތް ނަމަވެސް، ބަދަލުވި މާޙައުލާ އެކު އެ އޮފިސަލުން މުސްކުޅިވެ ކުލަބުތަކާއި ދުރަށްޖެހިލުމާއިއެކު ގިނަ ކުލަބުތައް ވެއްޓިދިޔަ އެވެ.

މިހާރުވެސް މި ރާއްޖޭގައި އެތައް ސަތޭކަ ކުޅިވަރު ކުލަބުތަކެއް އެކި ރަށްރަށުގައި އުފެދި ހިނގަމުން އައިނަމަވެސް، ކުޅިވަރުގައި ދެމެހެއްޓެނިވި އުސޫލަކުން ސަލާމަތުން އޮންނަނީ މަދު އަހަރަކަށެވެ. އެހެންކަމުން، ވޭތުވެދިޔަތަނުގައި ކަންހިނގާފައިވާ ގޮތާއި ނުކުތްނަތީޖާތަކަށް ބަލާއިރު ފުޓްބޯޅައިން ކާމިޔާބު ހޯދުމުގައި ދުރުވިސްނުމުގެ ރޭވުމެއްގެ ތެރެއިން ދިގުމުއްދަތަކަށް ކުލަބުތައް ސަލާމަތުން އޮތުމަކީ މުހިންމު ކަމެކެވެ.

ކުލަބުގެ މަސްޢޫލުވެރިންނާއި، ބޯޑާއި ޓީމުތަކުގެ އޮފިސަލުން މުސްކުޅިވެ ދާއިރު، ދެމެހެއްޓެނެވި ގޮތެއްގައި ކާމިޔާބުހޯދާ ފުޓްބޯޅަޓީމެއް ބިނާކުރެވޭނީ، ފުރިހަމަ މާލީ އަދި އިދާރީ އިންތިޒާމެއްގައި ޤާއިމުވެފައިވާ ކުލަބަކަށެވެ. ކުރީގައި ކަންވީގޮތަށް ބަލާއިރު، ކުލަބުތަކުގެ އިދާރީ ހިންގުމަށާއި، މާލީގޮތުން ދެކޮޅުޖެހޭ ހަމަތަކެއް ދެމެހެއްޓުވޭނީ، ސަރުކާރުގެ މަސްޢޫލު ފަރާތްތަކުން ދިވެހިރާއްޖޭގައި ކުޅިވަރުކުޅޭ ކުލަބުޖަމިއްޔާތައް ހިންގުމާބެހޭ ޤަވާއިދުތަކާއި އުސޫލުތައް ހަރުދަނާކޮށް އެކުލަބުތައް އަހަރުންއަހަރަށް މޮނިޓަރކޮށް އިސްލާޙީފިޔަވަޅުތައް ތަންފީޛުކޮށް ފުރިހަމަ އިދާރީ އަޙްލާޤުގެއްގެ އާދަ އަށަގަންނުވައިގެންނެވެ.

ކުޅިވަރު ކުލަބަކީ އެއްޚިޔާލެއްގެ އިޖްތިމާޢި ވިސްނުންތަކެއް ގެންގުޅޭ ވަކި މުޖްތަމައުއެއްގެ ގިނަ ބަޔަކު އެކުވެގެން އުފައްދާ ރަސްމީ ޖަމާއަތަކަށްވުމުން އެ ކުލަބެއްގެ މެމްބަރުންގެ ޙައްޤުތައް ހިމާޔަތްކޮށްދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށް ބެލެވޭއިރު، ކުޅިވަރު ކުލަބުތަކުގެ ބެލެނިވެރިފަރާތަކީ ކޮމިޝަނަ އޮފް ސްޕޯޓްސް ކަން ދިވެހިރާއްޖޭގެ ކުޅިވަރާއިބެހޭ ޤާނޫނު (2015/30) ގެ މާއްދާ 6 (ހ) އިން އެނގެއެވެ. އަދި އެ ޤާނޫނުގެ މާއްދާ 8 ގައި ބަޔާންކޮށްފައިވާ ބާރުތަކާއި މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، ކުލަބުތަކުގެ އިދާރީ ކަންކަމަށް އުސޫލުތައް ހަދައި އެ އުސޫލުތަކާއިއެއްގޮތަށް އަމަލުނުކުރާ ކުލަބުތަކަށް އިސްލާޙީ ފިޔަވަޅުއެޅުމުގެ ބާރު ކޮމިޝަނަ އޮފް ސްޕޯޓްސް އަށް ދީފައިވީ ހިނދު، ކުލަބުތަކުގެ އިދާރީ އަޙްލާޤު ޤާއިމުކޮށް ދެމެއްހެޓުވުމުގެ ޤާނޫނީ މަސްޢޫލިއްޔަތު ދައުލަތުގެ މައްޗަށް އޮތްކަމާއި، މި ޒިންމާ ނަގަންޖެހޭނީ އެ ވަގުތަކު އޮންނަ ސަރުކާރަކުންކަން ސާފުވެ އެވެ.

ކުޅުންތެރިން ހުނަރުވެރިކަމާއި، ތަޖުރިބާ އާއި ކާމިޔާބުހޯދައި އިތުރުކުރާ ވަސީލަތަކީ، އަދި ސަޕޯޓަރުންގެ މެދުގައި އެ ކުޅިވަރަކަށް އޮތް ޝައުޤާއި ފޯރިއިތުރުކުރާ ޖަމާޢަތަކީ، ކުލަބުތަކަށް ވީހިނދު، ކުޅިވަރު އެސޯސިއޭޝަންތައް ވެސް ބިނާވަނީ ކުލަބުތަކުގެ މައްޗަށް ކަމަށް ވާތީ، ކުލަބުތަކަކީ އެ ކުޅިވަރެއްގެ ތަރައްޤީގެ "އިންޖީނުގެ" އެވެ. އެ ކުލަބުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވުމަކީ، ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރުގެ ތަރައްޤީއަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.

ކޮލަމް ލިޔުންތެރިޔާގެ ތައާރަފް

އިސްމާއިލް ޒަރިޔަންދު ވަނީ 1986 އިން ފެށިގެން 20 އަހަރު 1 ވަނަ ޑިވިޝަންގެ ކުޅުންތެރިޔެއްގެ ގޮތުގައި އެކި ކުލަބުތަކަށް ކުޅެ، ޤައުމީ ޓީމުގައި ކުޅުންތެރިޔެއްގެ ގޮތުގައި އަދި ގޯލްކީޕަރު ޓްރޭނަރެއްގެ ގޮތުގައި ޚިދުމަތްކުރި، އަދި ފުޓްބޯޅައިގެ އިދާރީ ހިންގުމުގެ މަސައްކަތްތަކުގެ ތެރެއިން އެފްއޭއެމްގެ ހަޒާންދާރުކަމާއި، ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޖެނެރަލް ސެކްރެޓެރީ ކަމާއި، ބޯޑް ޑިރެކްޓަރުކަން އަދާކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox