
އިސްމާއީލް ޒަރިޔަންދު
ލިޔުންތެރިޔާ
7 ލިޔުން
ކޮލަމްސިންގަޕޫރާއި ދެކުނު ކޮރެއާގެ ފޮރިން އިންވެސްޓްމަންޓާ އަޅާކިޔުން
ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް މުހިންމު ނަމަވެސް، ބިން ދޫކުރުމުގައި ދައުލަތަށް ލިބޭ ދާއިމީ ފައިދާއާއި ނުރައްކަލަށް ވިސްނަންޖެހެއެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރަނީ ހާމަކަންބޮޑު ބީލަމުގެ ނިޒާމެއްގެ ތެރެއިން، ވަކި މުއްދަތަކަށް ކުއްޔަށް ކަމަށްވާއިރު، ބިމުގެ މިލްކިއްޔާތާއި ބަނދަރު ފަދަ މުހިންމު ވަސީލަތްތައް ބާއްވަނީ ދައުލަތުގެ ބާރުގެ ދަށުގައެވެ. އެހެންކަމުން ރާއްޖޭގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު މިފަދަ ކާމިޔާބު ނަމޫނާތަކަށް ބަލައި، ދައުލަތުގެ މަންފާ އިސްކުރުން މުހިންމެވެ.
ކޮލަމްއަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟
އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.
ކޮލަމްލާމަރުކަޒީ އިދާރާތައް ވަނީ މާލީ ބާރުވެރިކަމަށް ތައްޔާރުވެފަތޯ؟
ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތައް ހިންގުމުގައި ލާމަރުކަޒީ ނިޒާމަކީ މުހިންމު ދައުރެއް އަދާކުރާ ކަމެއް ނަމަވެސް، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ހަމައެކަނި ބަޖެޓު ބޮޑުކުރުމުގެ ބަދަލުގައި، އިދާރީ ގާބިލުކަމާއި، ޖަވާބުދާރީވުމުގެ ހަމަތަކާއި، ރޭވުންތެރިކަން އިސްނުކޮށް މާލީ ބާރުތައް ފުޅާކުރުމަކީ ކައުންސިލްތައް މާލީ ނިކަމެތިކަމަކަށް ހުށަހެޅިދާނެ ކަމެކެވެ.
