ކުރިން ފެށި ކަމަށް ބުނި އަރަބިއްޔާ ސްކޫލުގެ މަސައްކަތް ފެށޭނީ ޖޫން މަހު ކަމަށް ބުނެފި

އަރަބިއްޔާ ސްކޫލު އަޅާ ބިމުގައި ޖަހާފައިވާ ބޯޑެއް : އެ ސްކޫލުގެ މަސައްކަތް ފެށޭނީ ޖޫން މަހު - ފޮޓޯ: އަދަދު

އަރަބިއްޔާ ސްކޫލު އަޅާ ބިމުގައި ޖަހާފައިވާ ބޯޑެއް : އެ ސްކޫލުގެ މަސައްކަތް ފެށޭނީ ޖޫން މަހު - ފޮޓޯ: އަދަދު

މި ވެރިކަމުގެ ފުރަތަމަ 100 ދުވަހު ފެށި ކަމަށް ސަރުކާރުން މީގެ ކުރިން ބުނި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ފެށޭނީ މި ފެށޭ ޖޫން މަހުގެ ތެރޭ އެ ބިން ހުސްވުމުން ކަމަށް އެޑިއުކޭޝަނުން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އަރަބިއްޔާ ސްކޫލު އަޅަން ހަމަޖެހިފައިވާ ބިން ހުސްކުރުމުގެ މަސައްކަތް ޖޫން މަހު ނިމޭނެ ކަމަށް މީގެ ކުރިން އެ ބިން ހަވާލުކޮށްފައި އޮތް އާރުޑީސީ އިން އަންގާފައިވާ ކަމަށެވެ.

"ބިން ހުސްވުމާ އެކީ އަރަބިއްޔާ ސްކޫލު އިމާރާތުގެ ކޮންކްރީޓް މަސައްކަތް ފެށޭނެ، ކޮންސެޕްޓް ފައިނަލް ވެ ހުރިހާ ޓެކްނިކަލް މަސައްކަތްތަކެއް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި،" އެޑިއުކޭޝަނުން ބުންޏެވެ.

އަމިން ކޮންސްޓްރަކްޝަން އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށި ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

"މިހާރު [އަމަލީ] މަސައްކަތް އެ ފެއްޓީ ނޫންތޯ؟ މިއަދުން ފައްޓައިގެން އަމަލ މަސައްކަތް ހިނގަމުން ދާނީ. ހަމަ ބިން ކޮނުމާއި ބިންގާ އެޅުމުގެ މަސައްކަތް، ހަމަ އަމަލީ މަސައްކަތް ފެއްޓިގެން އެ ދިޔައީ،" ފެބްރުއަރީ 24، ގައި މިނިސްޓަރު އަދަދު ނޫހަށް ވިދާޅުވި އެވެ.

އެތަނުގައި އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ދާތަން ނުފެންނާތީ، އެއީ ކީއްވެގެންތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އިމާރާތް ކުރާ ކޮށި އަމިން ކޮންސްޓްރަކްޝަންއާ ހަވާލު ކުރީ މިއަދު ކަމަށެވެ. އަދި ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ މަސައްކަތް ފެށި ކަމަށް ސަރުކާރުން ފާހަގަކުރި ހަފުތާ 14 ގައި ހިމަނާ، އެ މަސައްކަތް ބައްލަވާލައްވަން ފެބްރުއަރީ 24، ގައި މިނިސްޓަރު ވަޑައިގެންނެވި ކަމަށް ބުނެ އެޑިއުކޭޝަނުން ސޯޝަލް މީޑިއާގައި ޕޯސްޓުވެސް ކުރި އެވެ.

ނަމަވެސް އޭގެ ފަހުން، ކުރިން މަސައްކަތް ފެށި ކުރެހުމަށް ބަދަލު ގެނެސް، އަންޑަ ގްރައުންޑް ޕާކިންއެއް އިތުރުކޮށް، ގެންނަ ބަދަލުތައް ޓެންޑާ ބޯޑަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޕްރީލް 30، ގައި މިނިސްޓަރު ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި އެ ބަދަލުތައް ގެނެސް އާ އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކުރެވިފަ އެވެ.

މި ލަސްތައް އައި ނަމަވެސް ސްކޫލުގެ މަސައްކަތް ދެ އަހަރު ދުވަސް ތެރޭގައި ނިންމައި ޖެނުއަރީ، 2026 ގައި ކިޔަވައި ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް މިނިސްޓަރު ދެއްވި އެވެ.

އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކުރީ 168.5 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ކުރެހުމަށް ގެންނަ ބަދަލާއެކު މި އަގު އިތުރުވެގެންދާނެ އެވެ. މިނިސްޓަރު މި އަގު ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox