ތާރީހެއް ނުދެއްވައި މިނިސްޓަރު ވިދާޅުވީ ދެވަނަ ޓާމު ފެށޭއިރު ގިނަ ސްކޫލްތަކުގައި އޭސީ ހަރުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް

އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު މަޖިލިސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މި އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ނިންމާނެ ކަމަށް ސަރުކާރުން ބުނި ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއު ނިމޭނެ ވަކި ތާރީހެއް ނުދެއްވައި، ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން ގިން ސްކޫލްތަކުގައި އޭސީ ހަރުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު ވިދާޅުވީ ރާއްޖޭގަައި ހިންގާ 217 ސްކޫލްގެ ތެރެއިން މިހައިތަނަށް 61 ޕަސެންޓު ސްކޫލްތަކުގައި އޭސީ ހަރުކޮށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަރަށް އަވަހަށް ނިންމަން، އެކަމަކު ހުންނަ ގޮންޖެހުންތައް ހުންނާނެ، އެ ގޮންޖެހުންތަކާ އެކުގައި ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓަކީ ހަމަ ދެވަނަ ޓާމު ފެށެންވާއިރަށް ގިނަ ސްކޫލްތަކުގައި މި މަސައްކަތް ނިންމާލުން،" ޝަފީއު ވިދާޅުވި އެވެ.

Advertisement

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށިއިރު ސްކޫލުތައް އޭސީ ކުރުމުގެ މަޝްރޫއު ނުނިމުނު

އަދަދު އަށް އެނގިފައިވާ ގޮތުގައި ސްކޫލްތައް އޭސީ ކުރުމަށް ބޭނުންވާ އޭސީތައް ބައެއް ރަށްރަށަށް ފޮނުވާ ނުނިމޭއިރު، ގިނަ ރަށްތަކުގެ ސްކޫލްތައް އޭސީކުރުމުގެ މަސައްކަތް މިހާތަނަށް ނިމިފައެއް ނުވޭ.

މިނިސްޓަރު ވިދާޅުވީ ބާކީ ހުރި ސްކޫލްތަކަށް ވެސް އޭސީ ފޮނުވައި ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ ސްކޫލްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކަމަށެވެ. އެ ސްކޫލްތަކުގެ ތެރޭގައި 45 އަހަރަށްވުރެ ދުވަސްވެފައިވާ ސްކޫލްތައް ހިމެނޭތީ އެ މަސައްކަތް ނުކޮށް އޭސީ ހަރުނުކުރެވޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު ސަރުކާރުން ފެށީ ޖޫން 2، 2024 ގަ އެވެ. އެ މަޝްރޫއު ފެނަކަ އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން 12، ގައި 55 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް ބީލަމަށް ނުލައި ސަރުކާރުން ނޮވެމްބަރު 6، ގައި ބަހާލި 206 މަޝްރޫއުތަކުގެ ތެރޭގައި ސްކޫލްތައް އޭސީކުރުމުގެ މަޝްރޫއު އެސްޓާސްއާ ހަވާލުކުރި އެވެ. އެ މަޝްރޫއު އެސްޓާސްއާ ހަވާލުކުރީ 58.4 މިލިއަން ރުފިޔާއަށެވެ. އެއީ ފެނަކައާ ހަވާލުކުރި އަގަށްވުރެ 3.4 މިލިއަން ރުފިޔާ ބޮޑު އަގެކެވެ.

ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއު މި އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ނިންމާނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުންޏެވެ. ޖެނުއަރީ 22، 2025 ގައި މުހައްމަދު މުއިއްޒު ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލެއް އެ އަހަރުގެ ސެޕްޓެމްބަރަށް އޭސީކޮށް ނިންމާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox