8،000 ދަރިވަރުން ސްކޫލަށް ނުދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެ

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު

މި ދުވަސްވަރު ގާތްގަނޑަކަށް 8،000 އެއްހާ ދަރިވަރުން ސްކޫލަށް ހާޒިރުނުވާ ކަމަށާއި އެއީ ހައްލު ހޯދަން ޖެހިފައިވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ. 

ކުރިން އޮންނަ ގޮތުން ނަމަ ކުއްޖަކު ސްކޫލަށް ނުދާކަން މިނިސްޓްރީއަށް ރިޕޯޓުކުރަނީ ދިގު މުއްދަތެއްގައި ސްކޫލަށް ހާޒިރުނުވާނަމަ ކަމަށް މިއަދު އޮތް ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވި އެވެ.

ނަމަވެސް، މިހާރު އެކަން ބަދަލުކޮށް ކޮންމެ ދުވަހަކު ވެސް ސްކޫލަށް ހާޒިރުވާ އަދި ހާޒިރުނުވާ ކުދިން ދެނެގަންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެ މައުލޫމާތު އެއްކުރަމުންނެވެ. 

"އަޅުގަނޑުމެން އެންމެންގެ ލެވެލްގައި ވެސް މިކަމާ ދޭތެރޭ ވިސްނަން އެބަޖެހޭ. ހާއްސަކޮށް ބެލެނިވެރިން ވިސްނާވަޑައިގަންނަވަން އެބަޖެހޭ. އަޅުގަނޑަށް އެނގޭ މިއީ ވޯލްޑް ކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް 8،000 ދަރިވަރުން ސްކޫލަށް ނުދިޔުމަކީ އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ،" ޝަފީއު ހާމަކުރެއްވި އެވެ. 

ސްކޫލަށް ނުދެވޭ ކޮންމެ ދުވަހަކީ ދަރިވަރުގެ އުނގެނުމަށް ނޭދެވޭ އަސަރު ކުރާނެ ދުވަހެއް ކަމަށާއި ތަކުރާރުކޮށް އެކަން ހިނގާނަމަ ދަރިވަރުން ސްކޫލަށް ދިޔުމަށް ބޭނުންނުވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. އެއީ ވަރަށް އުނދަގޫ ހާލަތަކަށް ވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

"ވޯލްޑް ކަޕް މެޗުތައް ބަލާ ހިތްވާނެ ހުރިހާ ކުދިން ވެސް، އަޅުގަނޑުމެން ވެސް، ބެލެނިވެރިން ވެސް، އެހެން ނަމަވެސް ސްކޫލް ކަޓުވާލެވޭނެ ފަދަ ގޮތަކަށް، ނުދާ ފަދަ ގޮތަކަށް އެ ކަންކަން އިންތިޒާމު ނުކުރައްވައްޗޭ،" ޝަފީއު އިލްތިމާސް ކުރެއްވި އެވެ. 

އެ 8،000 ދަރިވަރުންގެ ތެރެއިން 40 ޕަސެންޓު ދަރިވަރުންނަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުން ކަމަށް ޝަފީއު ވިދާޅުވި އެވެ. ސްކޫލަށް ނުދިޔުމަކީ ނަތީޖާއަށް އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ވޯލްޑް ކަޕް މިފަހަރު ބާއްވަނީ އުތުރު އެމެރިކާގެ ތިން ގައުމު ކަމަށްވާ މެކްސިކޯ، ކެނެޑާ އަދި އެމެރިކާގަ އެވެ. އެ ގައުމުތަކުގައި މެޗުތައް ކުޅޭތީ ގިނަ މެޗުތައް ފަށަނީ ވަރަށް ދަން ގަޑީގަ އެވެ. އަދި ބައެއް މެޗުތައް ފަތިހާއި ހެނދުނު ދަރިވަރުން ސްކޫލުގައި ތިބޭ ގަޑިތަކުގައި ވެސް ފަށަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox