ސައުތު އޭޝިއާގެ ޓީީޓީ ޔޫތު މުބާރާތުން ރާއްޖެ އަށް ހަތަރު މެޑަލް

May 31, 2024, 5:21 AM
ސައުތު އޭޝިއާގެ ޓީީޓީ ޔޫތު މުބާރާތުން ރާއްޖެ އަށް ހަތަރު މެޑަލް

ސްރީ ލަންކާގެ ކޭންޑީގައި ކުރިއަށްދިޔަ، ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން ހަތަރު މެޑަލް ހޯދައިފި އެވެ.

އެ ގޮތުން، ރާއްޖޭން ކާމިޔާބުކުރީ ތިން ލޯ މެޑަލާއި އެއް ރިހި މެޑަލް އެވެ.

ރާއްޖެ އަށް ރިހި މެޑަލް ލިބުނީ، 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ބައިންނެވެ. އެ ގޮތުން، ފައިނަލުގައި، ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އަހްޔާރު އަހުމަދު ހާލިދުގެ ޕެއާ އަތުން، އިންޑިއާގެ ބެޓަޖީ އާއި ޕްރިތާގެ ޕެއާ މޮޅުވީ، 3-0 އިންނެވެ. ސެޓުތައް ގެންދިޔައީ، 11-09، 14-12، 11-08 އިންނެވެ.

މުބާރާތުގައި ރާއްޖޭން ލޯ މެޑަލް ހޯދީ، 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިން، ދީމާ އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ އެވެ. ނަވާރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ބައިން ރާއްޖޭގެ އުމީރު މުހައްމަދު މުއިއްޒު އާއި އަހްޔާރުގެ ޕެއާ ލޯ މެޑަލް ހޯދިއިރު، 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް ބައިން، އައިޝަތު އަލްސާ ނާފިޒު އާއި އައިޝަތު މަލާކް ތާސީންގެ ޕެއާ ލޯ މެޑަލް ހޯދި އެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.

ސައުތު އޭޝިއާގެ ޔޫތު މުބާރާތުގެ މެޑަލް ތަފްސީލަށް ބަލާއިރު، އެންމެ ކުރީގައި އޮތީ ޖުމްލަ 17 މެޑަލް ހޯދި އިންޑިއާ އެވެ. އިންޑިއާ އިން 13 ރަން މެޑަލާއި ހަތަރު ރިހި މެޑަލް ހޯދި އެވެ.

ދެ ވަނަ ހޯދި ސްރީ ލަންކާ އިން ވަނީ 12 މެޑަލް (އެއް ރަން މެޑަލް، 5 ސިލްވާ މެޑަލް އަދި 6 ލޯ މެޑަލް) ހޯދައިފަ އެވެ. ތިން ވަނަ އަށް ދިޔަ، ޕާކިސްތާނުން 10 މެޑަލް (އެއް ރިހި މެޑަލް އަދި 9 ލޯ މެޑަލް) ހޯދިއިރު، ހަތަރެއްގައި ނިންމާލި، ބަންގްލަދޭޝަށް ހަ މެޑަލް (ދެ ސިލްވާ އަދި 4 ލޯ މެޑަލް) ހޯދި އެވެ. ފަސް ވަނަ އަށް ދިޔަ، ނޭޕާލަށް ފަސް މެޑަލް (އެއް ރިހި މެޑަލް އަދި ހަތަރު ލޯ މެޑަލް ލިބުނެވެ. އަދި ރާއްޖެ އަށް ލިބުނީ، ހަތަރު މެޑަލް އެވެ. އެއީ، އެއް ރިހި މެޑަލާއި ތިން ލޯ މެޑަލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox