ސިޑްސްގައި ބައިވެރިވި ދިވެހި ވަފުދާއެކު އެމެރިކާ ސަފީރު, ސަބަބެއް ނުބުނި

ރައީސް މުއިއްޒު މީގެ ކުރިން އެމެރިކާ ސަފީރާ ބައްދަލުކުރައްވަނީ: ސިޑްސްގައި ބައިވެރިވި ދިވެހި ވަފުދާއެކު އެމެރިކާ ސަފީރު ބައިވެރިވި - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މީގެ ކުރިން އެމެރިކާ ސަފީރާ ބައްދަލުކުރައްވަނީ: ސިޑްސްގައި ބައިވެރިވި ދިވެހި ވަފުދާއެކު އެމެރިކާ ސަފީރު ބައިވެރިވި - ފޮޓޯ: ރައީސް އޮފީސް

ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު އެންޓިގުއާ އެންޑް ބާބިއުޑާއަށް ދިޔަ ދިވެހި ވަފުދާއެކު އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން ހަރަކާތްތެރިވި ސަބަބު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ސިޑްސްގައި ބައިވެރިވުމަށް އެމެރިކާ ސަފީރު އެންޓިގުއާ އަށް ދަތުރުކުރެއްވީ ދިވެހި ވަފުދާއެކުކަން މިހާތަނަށް އެނގިފައި ނުވެ އެވެ. ނަމަވެސް، ދިވެހި ވަފުދާއެކު ބައެއް އިވެންޓުތަކުން ސަފީރު ފެނުނެވެ.

އެގޮތުން އެ ކޮންފަރެންސްގެ ހަވާސާގައި ރާއްޖެއިން ބޭއްވި "ފްރޮމް އެމްބިޝަންސް ޓު ޕްރެކްޓިސް: އެޑްވާންސިން ސިޑްސް ފޯ ގޯލްސް ތުރޫ ދަ ސީއެސްއާރުއައި އިނީޝިއޭޓިވް" އިވެންޓުގައި ދިވެހި ވަފުދާއެކު ސަފީރު ބައިވެރިވި ފޮޓޯ ރައީސް އޮފީހުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ.

އޭގެއިތުރުން، ސިޑްސް ކޮންފަރެންސްގެ ހަވާސާގައި އެންވާރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އާ ސަފީރު އަދި އެމެރިކާ ސަރުކާރުގެ އޮފިޝަލުން ބައްދަލުކުރެއްވި ކަމަށް އެ މިނިސްޓްރީންވެސް ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން އިއްޔެ ސުވާލު ކުރުމުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ދިވެހި ވަފުދާއެކު ސަފީރު ބައިވެރިވި ސަބަބު ޖެހޭނީ ބަލައިލަން ކަމަށެވެ.

ސިޑްސްގެ ހަވާސާ އިވެންޓެއްގައި ދިވެހި ވަފުދާއެކު އެމެރިކާ ސަފީރު -ފ ޮޓޯ: ރައީސް އޮފީސް
ސިޑްސްގެ ހަވާސާ އިވެންޓެއްގައި ދިވެހި ވަފުދާއެކު އެމެރިކާ ސަފީރު -ފ ޮޓޯ: ރައީސް އޮފީސް

ސިޑްސްގެ ހަވާސާ އިވެންޓެއްގައި ދިވެހި ވަފުދާއެކު އެމެރިކާ ސަފީރު -ފ ޮޓޯ: ރައީސް އޮފީސް

"އެހެންނަމަވެސް، އަޅުގަނޑުމެންގެ ޓީމުގެ ތެރޭގަ ހަމަ ހިމެނެނީ މިކަމާ ގުޅުންހުރި ހުރިހާ ދާއިރާއެއްގެ ބޭފުޅުންކަން ހަމަ ފާހަގަކޮށްލަން،" ހީނާ ވިދާޅުވި އެވެ.

ރައީސްގެ އިތުރުން ސިޑްސްގައި ބައިވެރިވި ވަފުދުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ހިމެނިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން, އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަަޒުލް ރަޝީދާއި ކްލައިމެޓް ޗޭންޖު އެންވޯއި އަލީ ޝަރީފާއި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖު އަލީ ނަސީރު އަދި ޕްރޮޓޮކޯލް ހެޑް މުހައްމަދު ޝަހުދީ ވެސް ބައިވެރިވެވަޑައިގެންނެވަ އެވެ.

އދ. ގެ 37 ގައުމު ގައިވާ މި ކޮންފަރެންސަކީ ކޮންމެ 10 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ ކޮންފަރެންސަކަށް ވާއިރު، ކޮންފަރެންސްގައި ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް ވެސް އެކަށައަޅާނެ އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށްގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox