ހާފިޒަކީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ދެ ވަނައެއް ނެތް ފަދަ ހިދުމަތްތެރިއެއް

May 29, 2024, 12:34 PM
ހާފިޒަކީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ދެ ވަނައެއް ނެތް ފަދަ ހިދުމަތްތެރިއެއް

ރާއްޖޭގެ ބާސްކެޓްބޯޅަ އަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްތަކެއް ކޮށްދެއްވި، އަހުމަދު ހާފިޒް އަކީ، އެ ފަދަ ދެ ވަނައެއް ނެތް ފަދަ ކުޅިވަރުގެ ހިދުމަތްތެރިއެއް ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ހާމަކޮށްފި އެވެ.

ހާފިޒް، މިއަދު ވަނީ އަަވަހާރަވެފަ އެވެ.

Advertisement

ރާއްޖޭގެ ކުޅިވަރުގެ ބާނީއެއްގެ ގޮތުގައި މަޝްހޫރުވި މުހައްމަދު ޒާހިރު ނަސީރު އިސްނަންގަވައި، ބާސްކެޓްބޯޅަ އެސޯސިއޭޝަން އުފެއްދުމުގެ ކަންކަން ކުރެއްވުމަށް ފަހު، ހާފިޒް ހަމަޖެއްސީ ބާސްކެޓް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަކަށެވެ. އެއީ، ފުޓްބޯޅައިގެ ކަންކަމަށް ބަލާއިރު، ކްލަބް ވެލެންސިއާ އާއި ކުޅިވަރު ތެރޭގައި ހާފިޒްގެ މަސައްކަތް ބަލައިގަނެވޭތީ، ޒާހިރު ނިންމެވި ނިންމުމެކެވެ.

އޭގެ ފަހުން، 1991 އަހަރުން ފެށިގެން، އެސޯސިއޭޝަންގެ މަސައްކަތް ފަށައި، ބާސްކެޓް ހަރަކާތްތައް ހިންގެވުމުގައި ހާފިޒް އިސްކޮށް ހަރަކާތްތެރިވި އެވެ. އެ އަށް ފަހު، 2008 ގައި ކުޅިވަރު އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ފެށިއިރު، ހާފިޒް ވަނީ އެންމެ ފުރަތަމަ އިންތިހާބުވި ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ފުރުއްވައިފަ އެވެ. އޭގެ ކުރިން މިނިސްޓްރީގެ ފަރާތުން ހަމަޖައްސާ ފަރާތެއް އެސޯސިއޭޝަން ހިންގުމުގައި އުޅުނުއިރު، އެ މަސައްކަތްތަކުގައި ވެސް ހާފިޒް އިސްކޮށް ހުންނެވި އެވެ.

ދެ ވަނަ ދައުރަކަށް ހާފިޒް އިންތިހާބުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16އާ ހަމައަށް ބާސްކެޓްބޯޅައިގެ ރައީސެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރެއްވި އެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، 1991 އިން ފެށިގެން 2016ގެ ޑިސެމްބަރާ ހަމައަށް ރާއްޖޭގެ ބާސްކެޓްބޯޅައިގެ ކަންްކަން ހިންގުމުގައި ހާފިޒްގެ ބައިވެރިވެވަޑައިގެންނެވުން އެންމެ މަތީ ފަންތީގައި އޮތެވެ.

ހާފިޒް ވަނީ، 2014 ވަނަ އަހަރު ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ)ގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފަ އެވެ. އެ މަގާމުގައި ހޭދަކުރެއްވި ދައުރުގައި ސަރަހައްދުގެ ބާސްކެޓްބޯޅައިގައި ވެސް މުހިންމު މަސައްކަތްތަކެް ކުރެއްވި އެވެ.

އެމްބީއޭ އާއި ސާބާގެ މިހާރުގެ ރައީސް އަހުމަދު އާދަމް (އެޑަމް)، ވިދާޅުވީ ހާފިޒަކީ އަބަދުވެސް ބާސްކެޓްބޯޅަ އާއިލާއާ ގުޅުން އޮންނަ ގާތްގުޅުމެއް ބަހައްޓަވާ ފަރާތެއް ކަމަށެވެ.

"ބޭރުގެ ވެސް އެކިއެކި ފެޑެރޭޝަންތަކާ ގުޅުން އޮވޭ ވަރަށް ފަހަކާ ޖެހެންދެން ވެސް. ހާފިޒަކީ އަސްލު ހަގީގަތުގައި މިއަދު މިދެކޭ ބާސްކެޓްބޯޅަ އެސޯސިއޭޝަން އުފެދިގެން އައިއިރުގައި އޭގެ އެއް ތަނބު. ހާފިޒް އޭރު ވެސް ވަރަށް ބޮޑަށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމާއި މި ކަހަލަ ކަންކަމަށް އަހައްމިއްޔަތުކަމެއް ދެއްވި،" އެޑަމް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ސުޕުން (ސްރީ ލަންކާ ކޯޗު) ގެނެސް މަސައްކަތް ފެށީ ވެސް ހާފިޒް، އަންހެން ޓީމުން ފުރަތަމަ ބްރޮންޒް މެޑަލް ހޯދީ ވެސް ހާފިޒްގެ ލީޑަޝިޕްގައި، ފިިރިހެން ބާސްކެޓް ޓީމާއި ތުރީ އެކްސް ތުރީ އިން ވެސް މެޑަލް ގެނައި. ހާފިޒަކީ މި ހުރިހާ ގޮތަކުން ވެސް ބާސްކެޓްބޯޅަ އަށް ހިދުމަތްތަކެއް ކޮށްދެއްވި ފަރާތެއް،"

ހާފިޒް ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގައި 2009-2013 އަށް ދައުރެއް ފުރިހަމަަ ކުރައްވައިފަ އެވެ.

ހާފިޒް، ރާއްޖޭގެ ކުޅިވަރަށް ކޮށްދެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކޮށް، ކުޅިވަރު އާއިލާގެ ގިނަ ބަޔަކު އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox