ސަރުކާރުގެ މެންބަރުން ތިބި އަދަދަށް އަބްދުއްރަހީމަށް ވޯޓެއް ނުލިބުނު

މަޖިލީހުގެ ރައީސް އަބްދުއްރަހީމް : ސަރުކާރުގެ މެންބަރުންގެ އަދަދަށް އެމަނިކުފާނަށް މިއަދު ވޯޓެއް ނުލިބުނު - ފޮޓޯ: މަޖިލިސް އިދާރާ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް : ސަރުކާރުގެ މެންބަރުންގެ އަދަދަށް އެމަނިކުފާނަށް މިއަދު ވޯޓެއް ނުލިބުނު - ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އިންތިހާބުކުރި ވޯޓުގައި، މަޖިލީހުގައި ސަރުކާރުގެ މެންބަރުން ތިބި އަދަދަށް ވޯޓު ލިބިވަޑައިނުގަތެވެ.

ވިހި ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނެގި ސިއްރު ވޯޓުގައި ބައިވެރިވީ، ޖުމްލަ 93 މެންބަރުންގެ ތެރެއިން 92 މެންބަރުންނެވެ. ވޯޓު ނުލައްވަނީ ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އެވެ.

ވޯޓުގެ ނަތީޖާއިން ފެންނަ ގޮތުގައި އަބްދުއްރަހީމް ރައީސް ކަމަށް ގެންނަން ވޯޓު ދެއްވީ 71 މެންބަރުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަށް ވޯޓު ދެއްވީ 14 މެންބަރުންނެވެ. ބާތިލުވީ ހަތް މެންބަރުންގެ ވޯޓެވެ.

މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވަ އެވެ. އޭގެ އިތުރުން ސަރުކާރާ އެއްކޮށް މަސައްކަތް ކުރާ ތިން ޕާޓީގެ ހަތަރު މެންބަރުންނާއެކު ސަރުކާރު މެންބަރުންގެ އަދަދު 79 އަކަށް އަރަ އެވެ. އޭގެ ތެރޭގައި ވޯޓުގައި ބައިވެރިވެ ނުލައްވާ ސިޔާމް ވެސް ހިމެނޭތީ، ވޯޓުގައި ބައިވެރިވީ ސަރުކާރުގެ 78 މެންބަރުންނެވެ.

އެހެންކަމުން، އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން ނެގި ވޯޓުގައި، އެމަނިކުފާނަށް ލިބިފައިވާ ސަރުކާރުގެ ޖުމްލަ މެންބަރުންނަށްވުރެ ހަތް މެންބަރުން މަދު އަދަދެއްގެ ވޯޓެވެ.

އަބްދުއްރަހީމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން، ޕީއެންސީގެ ފަރާތުން އެމަނިކުފާނުގެ ނަން ހުށަހަޅަން ނިންމެވީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ.

ނަމަވެސް އަބްދުއްރަހީމާ ދެކޮޅަށް ސަރުކާރުގެ މެންބަރުންތަކެއް ވޯޓު ދީފައިވުން މިއަދުގެ ނަތީޖާއިން ވަނީ ދޭހަވެފަ އެވެ. މިކަމާ ގުޅިގެން މިހާތަނަށް އަބްދުއްރަހީމް އަދި ޕީއެންސީގެ ބަހެއްވެސް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox