ހަންޏާސް ކަޕް: މަގުކޮޅު ސްޕޯޓްސް ބަލިކޮށް ލަކުޑިން ޗެމްޕިއަންކަން ދިފާއު ކޮށްފި

ހަންޏާސް ކަޕް: މަގުކޮޅު ސްޕޯޓްސް ބަލިކޮށް ލަކުޑިން ޗެމްޕިއަންކަން ދިފާއު ކޮށްފި

މައިނާ ހަންޏާސް ކަޕް 2024ގެ ފައިނަލުގައި މަގުކޮޅު ސްޕޯޓްސް ކުލަބް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ލަކުޑިން މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި އެވެ.

ހަންޏާމީދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ ފައިނަލް މެޗު ލަކުޑިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. މީގެ ކުރިން ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުވެސް ލަކުޑިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ދެވަނަ މިނެޓުގައި އާދަމް ފަހުމާން ގޯލު ޖަހާ ލަކުޑި އަށް ލީޑު ނަގައިދިނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފަހުމާން ވަނީ އިތުރު ގޯލެއް ޖަހާ ލަކުޑީގެ ލީޑު ފުޅާކޮށްފަ އެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ފަހުމާން ވަނީ އިތުރު ގޯލެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

އެކަމަކު މެޗުގެ ދެވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި އަހުމަދު ބައްސާމް މުހައްމަދު ނައީމް ޖަހައިދިން ގޯލުން މަގުކޮޅު ސްޕޯޓްސް އިން ފަރަގު ކުޑަކުރި އެވެ. މި ގޯލަށްފަހު ވެސް މަގުކޮޅު ސްޕޯޓްސް އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފަ އެވެ.

މަގުކޮޅު ސްޕޯޓްސް އާއި ލަކުޑި ބައްދަލުކުރި ފައިނަލް މެޗުގެ ތެތެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
މަގުކޮޅު ސްޕޯޓްސް އާއި ލަކުޑި ބައްދަލުކުރި ފައިނަލް މެޗުގެ ތެތެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

މަގުކޮޅު ސްޕޯޓްސް އާއި ލަކުޑި ބައްދަލުކުރި ފައިނަލް މެޗުގެ ތެތެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ލަކުޑީގެ އަބްދުالله މިދުހަތް ފަހުމީ (ބިޗަޑް), ސުއައިދު ސައީދު, އަބްދުالله ޔާމީން, މަގުކޮޅު ސްޕޯޓްސްގެ ނިޝާމް މުހައްމަދު ރަޝީދު އަދި ބައްސާމް އެވެ. އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރި އަކީ ލަކުޑީގެ ބިޗަޑް އަދި ފަހުމާން އެވެ. މި މުބާރާތުގެ ކިންގް އޮފް ދި ޓޯނަމެންޓަކީ ލަކުޑީގެ ބިޗަޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox