ބްލެކްމެއިލްކޮށް ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން އަތުން ގިނަ ބައެއްގެ ބަރަހާނާ ފޮޓޯ އާއި ވީޑިއޯ ފެނިއްޖެ އެވެ.
ބްލެކްމެއިލްކޮށް, ބިރުދެއްކުމާއި ފޭރުމުގެ މައްސަލައެއްގައި މާލެ ސަރަހައްދުން ހައްޔަރުކޮށްފައި ވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެ މީހުން ހައްޔަރުކޮށް, ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.
އެ މައްސަލާގައި ދެ ޒުވާނުން ހައްޔަރުކުރީ ހާދިސާ ހިނގުމަށްފަހު މާގިނައިރުތަކެއް ނުވަނީސް ހާދިސާ ހިނގި ތަނުން ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ހައްޔަރު ކުރި ދެ މީހުން އަތުން, އެމީހުން އަނިޔާ ދިން މީހެއްގެ ފޯނު ފެނިފައިވާއިރު, އޭގައި ގިނަ ބައެއްގެ ބަރަހާނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވެ އެވެ.












