ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ސޮފްވާން

ކޯޗު ސޮފްވާން އަހުމަދު: އޭނާ ވަނީ އަންހެން ވޮލީބޯޅައިގައި ގިނަ މަސައްކަތްތަކެއް ކޮށްފައި،-- ފޮޓޯ: އަދަދު

ކޯޗު ސޮފްވާން އަހުމަދު: އޭނާ ވަނީ އަންހެން ވޮލީބޯޅައިގައި ގިނަ މަސައްކަތްތަކެއް ކޮށްފައި،-- ފޮޓޯ: އަދަދު

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ސޮފްވާން އަހުމަދު (ސޮއްޕެ)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހަމަޖައްސައިފި އެވެ.

ވީއޭއެމް އިން ރޭ ވަނީ ގައުމީ އަންހެން އަދި ޖޫނިއާ ޓީމުގެ ކޯޗުންގެ ޓީމު އެކުލަވާލާ ކޯޗުންނާ އެކު, އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އަންހެން ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސޮފްވާން ވަނީ ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަން ގޮވައިގެން ގައުމީ މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ.

މީގެ ކުރިން ގައުމީ އަންހެން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި ސޮފްވާން ފާހަގަވެގެން އައީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ އެ ކުޅުންތެރިން ގޮވައިގެން މަސައްކަތް ކުރާ ކޯޗެއްގެ ގޮތުގަ އެވެ.

އަންހެން ގައުމީ ޓީމާ ހަވާލުވުމަށް ފަހު ސޮފްވާން "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ވޮލީ ކޯޗުކަމަށް ނުކުތީއްސުރެ އެއް އަޒުމެއް އޮންނަ ކަމަށާއި އެއީ ގައުމީ ޓީމާ އެކު, ކާމިޔާބީ އެއް ހޯދުން ކަމަށެވެ.

"ވޮލީ ކޯޗިން އަށް ނުކުތީއްސުރެ އެއް އަޒުމް ކަނޑައަޅައިގެން މި ހުންނަނީ. ގައުމީ ޓީމާ އެކު, ކާމިޔާބު ހޯދުން. އެކަން އިރާދަކުރެއްވިއްޔާ ކުރެވޭތޯ މަސައްކަތް ކުރާނަން. ދެން ވޮލީގައި ގިނައިން މި އުޅެވެނީ އަންހެން ޓީމުތަކާ އެކީ. އެންމެ ފުރަތަމަ ޓާގެޓަކީ, މި އަހަރު ރާއްޖޭގައި މި އޮންނަ ކާވާ މުބާރާތުގެ ފައިނަލް ކުޅުން." ސޮފްވާން ބުންޏެވެ.

ގައުމީ ސީނިއާ އަދި ޖޫނިއާ އަންހެން ވޮލީބޯޅަ ޓީމަށް ހަމަޖައްސާފައިވާ ކޯޗުން.

އޭނާ ބުނީ އެންމެ ފަހުން ނިމުނު ކާވާ ސެންޓްރަލް ޒޯން މުބާރާތުގެ ނަތީޖާއާ އެކު, ރާއްޖެ ރޭންކު ކޮށްފައިވަނީ ހަތަރު ވަނައިގަ ކަމަށެވެ. އެކަމަކު، މި އަހަރު އަމިއްލަ ފަސްގަނޑުގައި އޮންނަ މުބާރާތުން އެއްކޮޅުން ފައިނަލް ކުޅުން އެއީ ޓާގެޓެއް ކަމަށް ސޮއްޕެ ބުންޏެވެ.

ސޮފްވާންއާ އެކު, އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ އަހުމަދު އަދީލް (ބޭބެ) އެވެ.

މީގެ އިތުރުން މިއަދު ވަނީ ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ޕޮލިސް ކުލަބްގެ ކުރީގެ ކޯޗު ފަތުހުالله ވަހީދު (ފައްލޮ) ހަމަޖައްސައިފަ އެވެ. ގައުމީ އަންހެން ޓީމުގެ ހެޑްކޯޗުކަން ވެސް ކޮށްފައިވާ ފައްލޮއާ އެކު އެ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ އިސްމާއިލް ޖިނާހް އެވެ. އަދި ޖޫނިއާ ޓީމުގެ ޓްރެއިނާ އެއްގެ ގޮތުގައި މަސައްކަތް ކުރާނީ މަރިޔަމް ހަލީމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox