ހަންޏާސް ކަޕް: ޗެމްޕިއަން ލަކުޑި އާއި މަގުކޮޅު ސްޕޯޓްސް ފައިނަލަށް

ހަންޏާސް ކަޕް: ޗެމްޕިއަން ލަކުޑި އާއި މަގުކޮޅު ސްޕޯޓްސް ފައިނަލަށް

މައިނާ ހަންޏާސް ކަޕް 2024 ގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ލަކުޑި އަދި މަގުކޮޅު ސްޕޯޓްސް ކުލަބް ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގައި ރޭ ވަނީ ސެމީ ފައިނަލް މެޗުތައް ކުޅެފަ އެވެ.

އދ. ހަންޏާމީދޫ އަށް ނިސްބަތްވާ މަގުކޮޅު ސްޕޯޓްސް އިން ފައިނަލުގެ ޖާގަ ކަށަވަރުކު ރީ އއ. މަތިވެރި އަށް ނިސްބަތްވާ ރޯޔަލް ނައިޓްސް 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.

ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި މަގުކޮޅު ސްޕޯޓްސް އަށް ކާމިޔާބުކޮށް ދިނީ އަހުނަފް ޒާހިރު އެވެ. މެޗުގެ ދެ ވަނަ ހާފުގައި, ރޯޔަލް ނައިޓްސްގެ އަޔާޒް އަހުމަދު އަދި އަލީ އަލްސަން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ދިފާއު ކުރުމުގައި ތަފާތަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މަގުކޮޅު ސްޕޯޓްސްގެ ގޯލްކީޕަރު ފައްޔާޒް ފަޔާޒް (ފައިއްޓެ) އެވެ.

މަގުކޮޅު ސްޕޯޓްސް އާއި ރޯޔަލް ނައިޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
މަގުކޮޅު ސްޕޯޓްސް އާއި ރޯޔަލް ނައިޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

މަގުކޮޅު ސްޕޯޓްސް އާއި ރޯޔަލް ނައިޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލަކުޑިން ވަނީ ފަސޭހަކަމާ އެކީ ރައިވަލްސް ޔުނައިޓެޑްގެ މައްޗަށް 8-3 ގެ ނަތީޖާއަކުން ކުރިހޯދާފަ އެވެ.

މި މެޗުގައި ލަކުޑީގެ އަބްދުالله މިދުހަތް ފަހުމީ (ބިޗަޑް) ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން އާދަމް ފަހުމާން ވަނީ ދެ ގޯލު ޖަހާފަ އެވެ. އަދި އަލީ އަޔާޒް, ޝުއައިދު ސައީދު އަދި އަހުމަދު ޒިފާން އިބްރާހީމް, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހައިފަ އެވެ.

މި މެޗުގައި ރައިވަލްސް ހުސެއިން ސުހައިލް ދެ ގޯލު ޖެހިއިރު, އާދަމް ތޮލްހަތު ވަނީ ގޯލެއް ޖަހައިފަ އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox