އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އީރާނު ސަރުކާރުގެ މީޑިއާއާ ހަވާލާދީ ބައެއް ނޫސްއެޖެންސީތަކުން ރިޕޯޓްކުރި ގޮތުގައި އީރާނުގެ ރަައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވަނީ ރައްކާތެރި ނޫން ގޮތަކަށް ޖައްސައިފަ އެެވެ. އެ ހާދިސާ ހިނގީ އަޒަރްބައިޖާންގެ ސަރަހައްދުގެ ތެރޭގަ އެެވެ.
ރައީސީއާ އެކު ދަތުރުކުރެއްވި ބައެއް ބޭފުޅުން އީރާނު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ މުވާސަލާތުކޮށްފައި ވާތީ، އެހާދިސާގައި މީހަކު މަރުނުވާ ކަމަށް ބެލެވޭ ކަމަށް ވެސް ބައެއް ނޫސްއެޖެންސީތަކުން ބުންޏެެވެ.

ރެސްކިއު ޓީމުތަކުން، މިހާރު ވަނީ އެ ހާދިސާ ހިނގި ސަރަހައްދަށް ދަތުރުފަށައިފަ އެެވެ.
އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.









