ޑރ. ހަސަންގެ ހިސާބުތައް: ސްކޫލްތައް އޭސީ ކުރަން 600 މިލިއަން، އެއަށްފަހު އަހަރަކު 178 މިލިއަން ހޭދަވާނެ

ބޮޑުތަކުރުފާނު މަގުގައި ހުންނަ ދަރުމަވަންތަ ސްކޫލް. ރާއްޖޭގައި އެންމެ ފުރަތަމަ ޕަބްލިކް ސްކޫލަކަށް އޭސީ ކުރީ ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމްތައް --- ފޮޓޯ: އަދަދު ފައިލް

ބޮޑުތަކުރުފާނު މަގުގައި ހުންނަ ދަރުމަވަންތަ ސްކޫލް. ރާއްޖޭގައި އެންމެ ފުރަތަމަ ޕަބްލިކް ސްކޫލަކަށް އޭސީ ކުރީ ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމްތައް --- ފޮޓޯ: އަދަދު ފައިލް

ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސް ރޫމްތަކުގައި "ކޮމިއުނިޓީގެ އެހީތެރިކަމާއެކު" އޭސީ ހަރުކުރަން އެޑިއުކޭޝަން މިނިސްޓްރީއިން އިއުލާނުކޮށްފައިވާ މަޝްރޫއުގެ ދަށުން އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ އަދި އެއަށްފަހު އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

މަދުވެގެން ދެ އަހަރު ތެރޭގައި ސަރުކާރު ސްކޫލްތަކުގެ ކްލާސް ރޫމްތައް އޭސީކޮށް ނިންމާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ. ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން އަމިއްލަ ބްލޮގްގައި ދިރާސީ އިލްމީ މަޒުމޫނޫ ލިޔުއްވާ، ހަސަން އެނާގެ ބްލޮގްގައި އެންމެ ފަހުން ލިޔުއްވާފައި ވަނީ އެކަމާ ގުޅޭގޮތުންނެވެ.

ރާއްޖެ ތެރޭގައި ހުރި އެމްއެންޔޫގެ ކެމްޕަސްތަކުގައި ހުރި ޖާގަތައް ފިނިކުރުމަށް ބޭނުންވާ އޭސީތަކުގެ ކަރަންޓު ބިލަށް މަހަކު އަރާ ވަރަށް ބަލައި ހަސަން ވަނީ 15 ކްލާސްރޫމް ފިނިކުރުމަށް މަހެއްގެ މައްޗަށް 795,000ރ. ހޭދަވާނެ ކަމަށް އަންދާޒާކުރައްވާފަ އެވެ. އެ ރޭޓުން ބަލާނަމަ ކަރަންޓަށް އެކަނި އަހަރަކު 168 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

Advertisement

ކުދި މަރާމާތާއި ނާލު ފީ އާއި އަދި އެހެނިހެން ފީތައް ހިމެނޭހެން އަހަރެއްގެ މައްޗަށް އޭސީ ބަލަހައްޓައި ބިލު ދައްކަން 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ޑރ. ހަސަަން ވަނީ ހިސާބު ޖައްސަވާފަ އެވެ.

ކްލާސްރޫމްތައް ބަންދުކުރެވޭ ގޮތަށް ހެދުމުގެ ހަރަދަށް، 470 މިލިއަން ރުފިޔާ އަރާނެ ކަމަށް ވެސް އެ މަޒުމޫނުގައި އޭނާ ލިޔުއްވާފައިވެ އެވެ. އެއީ, ކޮންމެ ކްލާސްރޫމްއެއް އޭސީ ކުރެވޭ ގޮތަށް، ވައި ވަދެނުކުމެވާ ގޮތް ހުއްޓައި، ސީދާ އަވި ނުދޭގޮތް ހަދައި، އާނގަތައް ބަންދު ކުރުމަށް ހިނގާ ހަރަދެކެވެ.

"މަދުރަސާތަކަށް އަލުން ކޭބަލް އެޅުމާއި ތްރީފޭސްގެ ހަތަރު ނަރުން ވައިރު ކުރުމާއި ޑީބޯޑުތަކާއި ސްވިޗާއި ސޮކެޓާއި ކޭސިންއާއި އޭސީތައް ގަނެ ހަރުކުރުން ފަދަ ޚަރަދުތައް ހިމަނައިގެން ހުރިހާ ކިލާސްތަކެއް އޭސީ ކުރުމުގެ ސާމާނުގެ އަގެއް ކަމަށް އަޅުގަނޑު ލަފާކުރަނީ މަދުވެގެން 130 މިލިއަން ރުފިޔާ," ޑރ. ހަސަން ލިޔުއްވާފައިވެ އެވެ.

އެހެންކަމުން, މުޅި ޖުމުލަ އެ އަދަދު 600 މިލިއަން ރުފިޔާއަށް އަރާނެ އެވެ. އެ އޭސީތައް ސޯލާ ނިޒާމަކުން ޖައްސާގޮތަށް ހަދާނަމަ އެ ނިޒާމު ގާއިމުކުރުމަށް 330 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ހަސަން ލަފާކޮށްފައިވެ އެވެ.

"އަޅުގަނޑުގެ ނަޒަރުގައި އެންމެ މުހިއްމު ކަމަކީ އޭލެވެލް ނިންމާ އެންމެ ރަނގަޅު ދަރިވަރުންނަށް، އެލަވަންސްއަކާއި ކޯސްފީ ދީގެން، ހެނދުނު ކޮލެޖްތަކަށް ފުލްޓައިމްކޮށް ގޮސްގެން މުދައްރިސަކަށް ވުމަށް ވާގިވެރިވުން."

ދަރިވަރުންގެ ތަޢުލީމު ކުރިއެރުވުމަށް، އޭސީ ކުރުމަށް ވުރެ ދެމެހެއްޓެނިވި އެހެން ކަންކަން އެހާ ގިނަ ފައިސާ ހޭދަކޮށްގެން ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހަސަން ބަޔާންކުރައްވާފައިވެ އެވެ.

"މި ހިނދު އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ، ތެލަށް ބަރޯސާކުރުން މަދުކޮށް، ރުކާއި ގަސްގަހާގެހި އިންދުން ގިނަކުރުމަށް. ވަޅެއް ކޮނުމުން ތެޔޮ ނެގޭ ގައުމުތަކުގެ ފޭޑި ދިވެހީން ކޮޕީކުރުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން."

އެ މަޒުމޫނުގައި ޑރ. ހަސަން ވަނީ ކްލާސްތައް އޭސީ ކުރުމުގެ ފައިދާ އަދި ގެއްލުންތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. އޭގެ އިތުރުން, އޭސީ ކޮންމެހެން ކުރަންޖެހޭ ނަމަ، ސަމާލުކަން ދޭންވީ ކަންކަމަށް ވެސް މި އިލްމީ މަޒުމޫނުގައި ހަސަން ގަލަން ހިންގެވި އެވެ.

ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސް ރޫމްތައް ފިނި ކުރަން ނިންމިއިރު، ހޫނުގަދަ ކްލާސްރޫމްތައް ފިނި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ތެރޭގައި އިދާރާތަކަށް އަންގަވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް މިއަހަރު ހަތަރު ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން ކެޕިޓަލް ހަރަދަށް ބަޖެޓު ކުރީ 308 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox