ސިޓީބިޓީ: އަގުބޮޑު ޑްރޯންތަކަށް މިވީ ކިހިނެއް؟

ސިޓީބިޓީ: އަގުބޮޑު ޑްރޯންތަކަށް މިވީ ކިހިނެއް؟

"މި ދެންނެވި ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ސަރަހައްދަކީ، ދެން މީގެ ފަހުން ހަމަ ކޮންމެ ވަގުތުކޮޅެއްގައި ވެސް އަޅުގަނޑުމެންގެ ސާވޭލަންސްގެ ދަށުން ބެލެހެއްޓޭނެ ސަރަހައްދެއްކަން، އެގޮތަށް ހާލުގައި ޖެހޭ މީހުން ހޯދުމުގައި، އިސާހިތަކު އެކަން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ މި ލިބިގެން ދިޔައީ."

އެމްއެންޑީއެފްގެ އެއާ ކޯ އިފްތިތާހު ކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (އޫއޭވީ/ޑްރޯން) ސިފައިންގެ ހިދުމަތަށް ތައާރަފް ކުރުމަށް މާޗު 15، 2024 ގައި ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި މި ވާހަކައިން އަހަރެން ފަހުރުވެރިވި އެވެ. ސަބަބަކީ މި ސިޓީގައި އިހި ނަގަން މޫދަށް އެރިއުޅުނު މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝް، 18، ފެނިފައި ނުވުމާއި، ކަނޑުމަތީގެ ހާދިސާތައް ހިނގާލެއް ގިނަވެ، މީހުންނާއި އުޅަނދުފަހަރު ގެއްލޭތީ އެވެ.

އެހެންވެ، ރައީސް މުއިއްޒު މި ވާހަކައިން ތަސައްލީ ލިބިގެން ދިޔަ އެވެ. "ހާލުގައި ޖެހިގެން ހޯދަންޖެހޭ މީހާ ނުހޯދިގެން މީގެ ކުރިން އުޅެންޖެހުނުހާ ގިނަ ވަގުތު، ދެން އުޅެންނުޖެހޭނެކަން ޔަގީންވެގެން އެބަދޭ."

Advertisement

މި ހުރިހާ ވާހަކައަކުން އަހަރެންގެ ސިކުނޑީގައި ހަރުލީ ޑްރޯންތައް އަބަދު ވެސް މަތީގައި އުދުހެމުންދާނެ ކަމެވެ. މަސްވެރިން މާކަނޑުގެ ބިޔަ ރާޅުތަކުގައި ދުއްވަމުން ދާއިރު ފާރަވެރިޔަކަށް ޑްރޯންތައް ވާނެ ކަމަށެވެ. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނުރައްކަލެއްގެ ލިސާނެއް ވިޔަސް އެނގޭނެ ކަމަށެވެ. ދޯންޏެއް، މީހެއް ކަނޑުމައްޗަށް ގެއްލުނަސް، އަޑިޔަށް ދިޔަޔަސް، ރައީސް ވިދާޅުވި ގޮތުން ޑްރޯންތަކުގެ ގާބިލުކަމުން ހިސާހިތަކު ފެންނާނެ ކަމެވެ. އެހެންވެ، އެފަދަ ހާދިސާތަކުން ލިބޭ ހިތާމަ ނިމުމަކަށް އައީ ކަމަށް ގަބޫލު ކުރެވުނެވެ.

ސިޓީބިޓީ ކޮލަމް އަށް މި ލިޔުން ފޮނުވަން ޖެހުނީ، މާލެ އަތޮޅު ތިލަފުށިން ފުރައިގެން މުލަކު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ދިވެއްސަކާއެކު ޖުމުލަ ހަތަރު މީހުން ތިބިއިރު، އެ ދޯނި ގެއްލުނުތާ 48 ގަޑިއިރުވީއިރު ވެސް ޑްރޯންތައް ބޭނުންކުރާ ވާހަކަ އަޑު ނީވޭތީ އެވެ.

އެއީ އަހަރެމެންގެ ބަޖެޓުގައި ކުއްލި ހާލަތެއްގައި އަތްލާން ހުރި ފައިސާއިން 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހޯދި ޑްރޯންތަކެކެވެ. އެ ޑްރޯންތަކުގެ ގާބިލުކަމާއި އެކަމާ ގުޅޭ ގޮތުން ރައީސް ދެއްވެކި ވާހަކަތައް ފަހުރަކަށް ވާނީ އެ ތަކެތީގެ ބޭނުމާއި ފައިދާ ފެނި، ކަށަވަރު ވެގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެއް ދުވަހަށް ވެފައި އޮއްވައި، މާޗު 20، 2024 ގައި، އޭރު ގެއްލިގެން އުޅުނު ދޯނި ހޯދީ ޑްރޯން ބޭނުންކޮށްގެން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އެއީ ހަމަ މ. އަތޮޅެވެ. ހަމަ ރަތްމެންދޫ ބޭރެވެ. އެފަހަރު ހޯދީ 440 އަކަ ނޯޓިކަލް މޭލެވެ. އެހެންވެ، ޑްރޯންގެ ގާބިލްކަމާއި ވަގުތު ސަލާމަތް ކުރެވުނުކަން އެބަ އެނގެ އެވެ. މިފަހަރު ވެސް މ. އަތޮޅުވެ. ރަތްމެންދޫ ބޭރެވެ. މިފަހަރު ޑްރޯން ބޭނުން ނުކުރަނީ ކީއްވެ ހެއްޔެވެ. ޑްރޯންތައް އަބަދު މަތީގައި ނޯވޭ ހެއްޔެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ. މި ކަންކަމަށް ސަރުކާރާއި، އެމްއެންޑީއެފުން ބަހެއް ބުނެލަދީ ބަލާށެވެ. މި ވާހަކަ އެ ފަރާތްތަކާ ހަމައަށް ގެންގޮސްދީބަލާށެވެ.

ދީދީ، އައްޑޫ ސިޓީ

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox