Advertisement

އައްޑޫގައި އިހި ނަގަން މޫދަށް އެރުނު ޒުވާނާ އަދިވެސް ނުފެނޭ

22 ޑިސެންބަރު 2023 - 11:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގެއްލިގެން ހޯދަމުންދާ މުހައްމަދު ނާއިޝް، 18 : މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުނޭ - ފޮޓޯ: އެމްއެންޑީއެފް


އައްޑޫގައި އިހި ނަގަން މޫދަށް އެރުނު ޒުވާނާ އަދިވެސް ނުފެނޭ

22 ޑިސެންބަރު 2023 - 11:05 0

އައްޑޫ ސިޓީގައި އިހި ނަގަން މޫދަށް ފައިބާ އުޅެނިކޮށް ރޭ ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އެ ހާދިސާގެ މައުލޫމާތު ދެމުން އެމްއެންޑީއެފުން އެންމެ ފުރަތަމަ ބުނީ ގެއްލުނު ސ. މަރަދޫ، ކުރެދުމާގޭ، މުހައްމަދު ނައީޝް، 18 މޫދަށް ފޭބީ މަސް ހިފުމަށް ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ އޭނާ އުޅުނީ އިހި ހިފަން ފައިބާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އައްޑޫ ގަމުގެ ދެކުނަށް ނާއިޝް އާއެކު އިތުރު ދެ މީހަކު ފޭބި ކަމަށެވެ. އަދި އޭނާ ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވާ ވަނީ ރޭ 10:45 ހާއިރު ކަމަށް ވެސް ބުނެފައިވެ އެވެ.

"އޭނާ ހޯދުމަށް ހާދިސާ ހިނގި ކަމަށް މައުލޫމާތު ލިބުނު ސަރަހައްދުގައި އެމްއެންޑީއެފް، ފުލުހުން އަދި އާންމު ގިނަ އުޅަނދުތަކުން ހަރަކާތްތެރިވެފައިވޭ،" ފުލުހުން ބުންޏެވެ.

ނަމަވެސް ފުލުހުން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން ނައީޝް ފެނިފައި ނުވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން މިއަދު ހެދުނު ބުނީ މިހާތަނަށް ބެލިފައިވާ ސަރަހައްދުތަކާއެކު އޮޕަރޭޝަނުގެ އިތުރު ތަފުސީލު މިއަދު ހާމަކުރާނެ ކަމަށެވެ،