އިމާރާތެއް ނުކޮށް ގިނަ އަހަރުތަކެއް ވުމުން ކޮލަމާފުށިން 12 ގޯތި އަތުލައިފި

ގއ. ކޮލަމާފުށި -- ފޮޓޯ: އަދަދު

ގއ. ކޮލަމާފުށި -- ފޮޓޯ: އަދަދު

ގއ. ކޮލަމާފުށީގައި އެއްވެސް އިމާރާތެއް ނުކޮށް ގިނަ އަހަރުތަކެއް ވެފައިވާ 12 ގޯތި އެ ރަށު ކައުންސިލުން އަތުލައިފި އެވެ.

ކޮލަމާފުށި ކައުންސިލުން ނިމުނު ހަފުތާގެ ހޯމައިގައި ގެޒެޓުކުރި އިއުލާނެއްގައި ވަނީ 2006 ގައި ކޮލަމާފުށިން ދޫކޮށްފައިވާ ގޯތީގެ އިންފާރު ނުރާނާ ހުރި ގޯތިތަކުގެ އިންފާރު ރާނައި، އަދި ގޯތި ތެރެ އާއި، ގޯތި ހިމެނޭ މަގުފަޅި ސާފުކުރުމަށް ތަކުރާރުކޮށް ކައުންސިލުން އެންގި ކަމަށެވެ.

ނަމަވެސް، އެގޮތަށް އަމަލުކޮށްފައިނުވާ 12 ގޯއްޗެއް، އެ ގޯތިތައް ދޫކޮށްފައިވާ މީހުންގެ ކިބައިން ވަކިކުރުމަށް ކޮލަމާފުށި ކައުންސިލުގެ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

މި އިއުލާނާއި ގުޅޭ ގޮތުން ކޮލަމާފުށި ކައުންސިލު މެމްބަރު ރިޔާޒް ހުސެއިން "އަދަދު" އަށް ވިދާޅުވީ، ކައުންސިލުން ނަގާފައިވާ 12 ގޯއްޗަކީ 3،000 އަދި 4،000 އަކަފޫޓުގެ ގޯތިތަކެއް ކަމަށެވެ. އަދި އެ ގޯތިތަށް ދޫކޮށްފައިވާތާ 18 ވަރަކަށް އަހަރު ވެފައިވާއިރު ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ގޯތިތަށް އެ މީހުންގެ ކިބައިން ވަކި ކުރިކަން ވަކިވަކިން އެ މީހުންނަށް ސިޓީ ފޮނުވައި އެންގުމުގެ އިތުރުން ގެޒެޓުކުރުމުގެ މަގުސަދަކީ، ކައުންސިލުގެ ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުން ކަމުގައި ރިޔާޒު ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 3،000 އާ 4،000 އަކަފޫޓުގެ ގޯތިތަކެއް އެއީ. އަޅުގަނޑުމެން އެ މީހުންނަށް ގޯތި ވަކިކުރިކަން އަންގަން ސިޓީ ވެސް ފޮނުވިން. 18 ވަރަކަށް އަހަރު ވީއިރު އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތް،" ރިޔާޒު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި ވާގޮތުން ބަންޑާރަ ގޯއްޗެއް ދޫކުރެވޭ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ގޯއްޗެއްގައި ދިރިއުޅެން ނުފަށައިފި ނަމަ، އެ ގޯއްޗެއް ދޫކޮށްފައިވާ މީހާގެ ކިބައިން ގޯތި ވަކިކުރުމުގެ އިހުތިޔާރު ކައުންސިލުތަކަށް ލިބިގެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox