މިއީ އޮލިމްޕިކްސްގައި ރާއްޖެ އަށް ތާރީހީ އަހަރެއް

މިއީ އޮލިމްޕިކްސްގައި ރާއްޖެ އަށް ތާރީހީ އަހަރެއް

މި އަހަރަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް އެންމެ ގިނަ ކުޅިވަރުތަކުން އޮލިމްޕިކްސް ގޭމްސްގައި ރާއްޖެ ވާދަކުރާނެ ފަހަރު ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

ސައްތާރު މިކަން ހާމަކުރެއްވީ، ގައުމީ ޓޭބަލް ޓެނިސް ތަރި، ފާތިމަތު ދީމާ އަލީ، 16، އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދުމާ އެކު، އެ ކަމަށް ހާއްސަކޮށް ސޯޝަލް ސެންޓަރުގައި ބޭއްވި އިވެންޓްގަ އެވެ.

"މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އަޅުގަނޑުމެން ވަރަށް ޝައުގުވެރިކަމާ އެކު ވަރަށް ބޭނުންވެގެން އުޅުނު ދުވަހެއް. އަޅުގަނޑުމެން ހީކުރިން މި އޮލިމްޕިކްސްގައި މިއީ އަޅުގަނޑުމެންނަށް އަތުނުވާނެ އެއްޗެއް ކަމަށް ވެސް، އެހެން ނަމަވެސް، މިއަދު މިއޮތީ، ދީމާ، މިއީ ކުރެވޭނެ ކަމެއް ކަމަށް، ވާނެ ކަމެއް ކަމަށް ދައްކުވައިދީފައި. ދީމާ އަށް އަޅުގަނޑުމެންގެ ފަރާތުން ވަރަށް ބޮޑު ޝުކުރެއް،" ސައްތާރު ވިދާޅުވި އެވެ.

ރާއްޖެ އަށް 1988 ވަނަ އަހަރުން ފެށިގެން އަންނަނީ އޮލިމްޕިކްސް އިން ފުރުސަތު ލިބެމުންނެވެ. އެކަމަކު، އެއީ ކޮލިފައިނުވާ ގައުމުތަކަށް، އެކި ކުޅިވަރުތަކުގައި އެތުލީޓުން ދައްކާ ޕާފޯމަންސަށް ބަލާފައި ލިބޭ ޓްރައިޕާޓައިޓް ފުރުސަތެވެ.

އެ ގޮތުން، ރާއްޖެ އަށް 2012 އާ ހަމައަށް ސްވިމިން އާއި އެތުލެޓިކްސް އިން ފުރުސަތު ލިބުނެެވެ. އޭގެ ފަހުން، 2012 ވަނަ އަހަރާއި 2020 އަދި މި ފަހަރުގެ އޮލިމްޕިކްސް އިން، ސްވިމިން އާއި އެތުލެޓިކްސް އަދި ބެޑްމިންޓަނަށް ވެސް ފުރުސަތު ވަނީ ލިބިފަ އެެވެ.

"މި އަހަރު 2024 ގައި، އެތުލެޓިކްސް، ބެޑްމިންޓަން، ސްވިމިން އަދި ޓީީޓީ މި ދަނީ، 2024 އަކީ މިހާ ހިސާބަށް އެންމެ ބޮޑު ކޮންޓިންޖެންޓް، އެންމެ ގިނަ ކުޅިވަރުތައް އޮލިމްޕިކްސްގައި ދާ އަހަރު. މަސައްކަތް ކުރީމަ ކުރިއަށްދެވޭނެ. ކުރަން ޖެހޭ ގޮތަށް އެ ކުރީމަ ކުރިއަށް ދެވޭނެ،" ސައްތާރު ވިދާޅުވި އެވެ.

ތިން ވަނަ ދައުރަކަށް ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ކުރައްވަމުން އަންނަ ސައްތާރު ވިދާޅުވީ، އޮލިމްޕިކްްސް އިން ވައިލްޑް ކާޑު ފުރުސަތު ލިބެމުން އައި އައުމަށް ބަދަލެއް ގެނެސް، އާ މިސްރާބަކަށް ކުޅިވަރު މި ގެނައީ ދީމާ ކަމަށެވެ.

"ދެން އަޅުގަނޑުމެން އެހެން ކުޅިވަރުތަކުގައި ވެސް މީތި ބްރޭކްކުރެވޭނެކަން ދައްކުވައިދޭން ޖެހޭ. އެބަޖެހޭ، އެއަށް އެހެން އެސޯސިއޭޝަންތަކުން ވެސް މަސައްކަތްތަކެއް ކުރަން. ބުރަ މަސައްކަތް، އެކަން ކޮށްފިއްޔާ ހާސިލްވާނެ. މި ބޭނުންވަނީ މިހާރަށް ވުރެ ގިނަ އެތުލީޓުންތަކެއް މި ހަރުފަތް ގިރާކޮށްދިނުން،" ސައްތާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "އެންމެ 16 އަހަރުގެ އެތުލީޓެއް" ދައްކުވައިދިނީ، މި އޮތް ހުރިހާ ދުވަހަކު ނުކުރެވި ހުރިކަމެއް ބުރަ މަސައްކަތުން ކުރެވިދާނެކަން ކަމަށެވެ.

"ފަހުރުވެރިކަމާ އެކުގައި މުޅި ދިވެހި ސްޕޯޓްސް އަށް ދައްކުވައިދިނީ އަޅުގަނޑުމެންނަށް ކުރެވޭނެއޭ. ތިކުދިން ވެސް ކުރާށޭ. ހުރިހާ އެތުލީޓުންނަށް ދީމާ އެ ދައްކުވައިދިނީ ވަރަށް މުހިންމު އެކްޒާމްޕަލެއް. މި އެގްޒާމްޕަލްގައި ހިފަަހައްޓައިގެން. ތި ކުދިން ކުރިއަށް ގެންދެވިއްޖިއްޔާ އަޅުގަނޑުމެންނަށް މިހާރަށް ވުރެ ފޮނި ނަތީޖާތަކެއް ނެރެވޭނެއޭ،" ސައްތާރު ވިދާޅުވި އެވެ.

މިއީ، ދީމާގެ މައިންބަފައިންގެ ބުރަ މަސައްކަތުން ލިބުނު ނަތީޖާއެއްކަން ފާހަގަކުރައްވައި ސައްތާރު ވިދާޅުވީ، ދީމާގެ ކުރިއެރުމުގައި ޓީޓީ އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެއްބާރުލުން ލިބުނީ، ދީމާގެ މައިންބަފައިން ކުރި ހިތްވަރާ އެކުގައި ކަމަށެވެ

ސައްތާރު ވިދާޅުވީ، ރާއްޖޭން ދެން އަމާޒުހިފަންވީ އަދިވެސް އިތުރު ކާމިޔާބު ހޯދުމަށް ކަމަށެވެ.

"ދެން، އަޅުގަނޑުމެން ސުވާލުކުރަންވީ ދެން އޮތީ ކޮން ކަމެއްތޯ ކުރަން ޖެހޭ. މިނިސްޓަރުގެ ވާހަަކައިގެ ވެސް ފާހަގަކުރި، ދެން އޮތީ މި އަށް ވުރެ ބޮޑު ހަރުފަތެއް. އެ އަޅުގަނޑުމެންގެ މި ހިސާބުގެ ބޮޑު ރީޖަނަލް މުބާރާތަކުން ބޮޑު މެޑަލެއް ލިބުން. އެ އަށް ވުރެ ބޮޑު ކާމިޔާބެއް ލިބޭނެ އޮލިމްޕިކްސް އިން،" ސައްތާރު ވިދާޅުވި އެވެ. "އެ ދުވަހަކުން އަޅުގަނޑަށް ނޭނގެ އަޅުގަނޑަށް ވާނެ ގޮތަކަށް ވެސް. އެ ތަން ވެސް ދެކޭނެ ދުވަހެއް އަންނާނެ ކަމަށް ހީކުރަން،"

ފްރާންސްގެ ޕެރިހުގައި މި ފަހަރުގެ އޮލިމްޕިކްސް ކުރިއަށްދާނީ ޖުލައި 26 އިން އޮގަސްޓް 11 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox