ދީމާ އަށް ޝަރަފްވެރި ހާއްސަ މަރުހަބާއެއް

May 17, 2024, 11:28 AM
ދީމާ، ރާއްޖެ އައުމާ އެކު އޭނާ އަށް ހާއްސަ މަރުހަބާއެއް ކިޔުމަށް ސޯޝަލް ސެންޓަރުގައި ވަނީ އިވެންޓެއް ބާއްވާފައި.--- ފޮޓޯ: އަދަދު

ދީމާ، ރާއްޖެ އައުމާ އެކު އޭނާ އަށް ހާއްސަ މަރުހަބާއެއް ކިޔުމަށް ސޯޝަލް ސެންޓަރުގައި ވަނީ އިވެންޓެއް ބާއްވާފައި.--- ފޮޓޯ: އަދަދު

އޮލިމްޕިކްސް އަކަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ މަގާމު ހޯދުމަށް ފަހު، ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ، ރާއްޖެ އައުމާ އެކު، އޭނާ އަށް ޝަރަފްވެރި ހާއްސަ މަރުހަބާއެއް ކިޔައިފި އެވެ.

ދީމާ އާއި އޮލިމްޕިކްސް ކޮލިފިކޭޝަނުގައި ވާދަކުރި ރާއްޖޭގެ ޓީމަށް އެއާޕޯޓުން މަރުހަބާ ކިޔުމުގައި، ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އަދި ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ބައިވެރިވެވަޑައިގެންނެވި އެވެ.

އެއާޕޯޓުގައި ބޭއްވި މަރުހަބާ އިވެންޓަށް ފަހު، ދީމާގެ ޝަރަފްގައި ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ އިވެންޓްގައި އެކި ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުގެ ވެރިން ބައިވެރިވެފައިވެ އެވެ.

މިއަދު ބޭއްވި އިވެންޓްގެ ތެރެއިން ދީމާ.--

މި އިވެންޓްގައި ވާހަކަދައްކަވަމުން، ޓީޓީ ރައީސް، އަލީ ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމުގައި ޓީޓީ އަށް ތާރީހީ ދުވަހެއް ކަމަށެވެ.

"މިހާތަނަށް ރާއްޖޭގައި ކޮމްޕެޓިޝަނެއްގައި ބައިވެރިވެގެން ކޮލިފައިވި ފުރަތަމަ ކުޅުންތެރިއަކަށް މިވީ ދީމާ. ހާއްސަކޮށް ދީމާ އަށް ޝުކުރުދަންނަވަން،" އަލީ ވިދާޅުވި އެވެ.

"ކޮންމެ ކަމެއްވެސް އަސްލު އެޗީވްވާނީ ވަރަށް މަސައްކަތް ކޮށްގެން. އަޅުގަނޑުމެން ވެދާނެ 10 ވަރަކަށް އަހަރު އަނެއް ހާއްސަކޮށް ދީމާ އަށް ފޯކަސް ކޮށްގެން، ރާއްޖޭގެ ސަރުކާރާއި ސްޕޯޓްސް މިނިސްޓަރު އަދި އޮލިމްޕިކް ކޮމިޓީއާ އެކު ވެސް އަޅުގަނޑުމެން، މަސައްކަތްކޮށް، ކްރޮއޭޝިއާ އާއި ޗައިނާ އަށް ގޮސް، އެކިއެކި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާތީ، އޭގެ ސަަބަބުން މި ފުރުސަތު ލިބުނީ،" އަލީ ވިދާޅުވި އެވެ.

މި އިވެންޓްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ރާފިއު އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް ސައްތާރު ވެސް ވަނީ ދީމާ މި ކަން ހާސިލްކުރަން ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކޮށްފަ އެވެ. އަދި މި ކަން ހާސިލްވުމުގައި، ހާއްސަކޮށް ދީމާގެ މައިންބަފައިންނާއި ދީމާ އަމިއްލަ އަށް ކުރި އަގުނުކުރެވޭ ބުރަ މަސައްކަތުން އިބްރަތް ހާސިލްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖެ އަށް މުޅިން ވެސް އޮލިމްޕިކްސް އިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް (ޓްރައިޕާޓައިޓް)ގެ ފުރުސަތެވެ. އެކަމަކު، ދީމާ މި ވަނީ ކޮލިފިކޭޝަން ބުރެއް ފަހަނައަޅައި ގޮސް ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން ފުރުސަތު ހޯދައިފަ އެވެ.

ދީމާ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. އަދި މިދިިޔަ ސަރުކާރުން ފެށި އަރުތަ ޕްރޮގްރާމްގެ ތެރެއިން ވެސް ދީމާ އަށް ޓްރެއިނިންގެ ފުރުސަތުތައް ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox