އޮލިމްޕިކްސް ކޮލިފައިން: ދީމާ ސެމީގައި، މިޝްކާ އަށް ކުއާޓާގައި ނާކާމިޔާބު

May 14, 2024, 5:37 PM
ރާއްޖޭގެ މުބާރާތެއްގެ ތެރެއިން މިޝްކާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު

ރާއްޖޭގެ މުބާރާތެއްގެ ތެރެއިން މިޝްކާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަދަދު

ނޭޕާލުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ކޮލިފިކޭޝަނުގެ އަންހެން ސިންގަލްސްގެ ސެމީ ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އަށް ފުރުސަތު ލިބިފައިވާއިރު، ރާއްޖޭގެ މިޝްކާ އިބްރާހިމް އަށް ސެމީ ފައިނަލުން ޖާގަ ނުލިބި ކުއާޓާ އިން މުބާރާތް ނިމިއްޖެ އެވެ.

ގްރޫޕްގެ އެއް ވަނަ ހޯދައިގެން ނޮކައުޓަށް ހޮވުނު ދީމާ އަށް ކުއާޓާގައި މެޗެއް ކުޅެން ނުޖެހުނެވެ. ސެމީ އަށް ދިމާ ދަތުރުކުރުމާ އެކު، އޭނާ މާދަމާ ފައިނަލުގެ ޖާގަ އަކަށް ކުޅޭނީ، ސްރީ ލަންކާގެ މަދުރަންގީ އިޝާރާއާ ދެކޮޅަށެެވެ. އޭނާ ސެމީން ފުރުސަތު ހޯދީ ކުއާޓާގައި، 4-3 އިން ނޭޕާލުގެ ނަބީތާ ޝްރެސްތާ، 4-3 އިން ބަލިކޮށްފަ އެވެ.

އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ މިޝްކާ ވާދަކުރީ، ސްރީ ލަންކާގެ ބަންޑާރަ ބިމަންޑީއާ ދެކޮޅަށެވެ. ބިމަންޑީ އަތުން މިޝްކާ ބަލިވީ، 4-0 އިންނެވެ. ސެޓުތައް ދިޔައީ، 11-08، 11-07، 11-05 އަދި 11-07 އިންނެވެ.

ކޮލިފައިންގައި ކުޅުނު ރާއްޖޭގެ ފިރިހެން ދެ ކުޅުންތެރިން މިއަދު ވަނީ ގްރޫޕްގެ ފަހު މެޗުތައް ކުޅެފަ އެވެ. އެ ގޮތުން، މޫސާ މުންސިފް އަހުމަދު އާއި އަޚްޔާރް އަހުމަދު ޚާލިދު ވަނީ އެ މެޗުތަކުން ބަލިވެފަ އެވެ. ގްރޫޕްގެ ތިން މެޗުން ވެސް އަހްޔާރު ބަލިވިއިރު، މުންސިފް ވަނީ ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފަ އެވެ.

މިއަދު ކުޅުނު މެޗުން ބަންގްލަދޭޝްގެ ރަމްހިމިލިއާން އަތުން އަހްޔާރް 4-0 އިން ބަލިވިއިރު، ސެޓުތައް ދިޔައީ، 10-12، 11-13، 06-11 އަދި 03-11 އިންނެވެ. މުންސިފް ބަލިވީ، ބަންގްލަދޭޝްގެ ރިދޯއި އަހުމަދު އަތުން 4-1 އިންނެވެ. މެޗުގެ ފުރަތަމަ ތިން ސެޓު ގެންދިޔައީ ރިދޯއި އެވެ. އެއީ، 13-11، 16-14 އަދި 11-08 އިންނެވެ. ހަތަރު ވަނަ ސެޓު، 09-11 އިން މުންސިފް ގެންދިިޔަ ނަމަވެސް، ދެން ކުުޅުނު ސެޓު، 11-09 އިން ގެންގޮސް ރިދޯއި މޮޅުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox