އާއިލާ ބަޔަކު، މާބަނޑު އަންހެނަކަށް އަނިޔާ ކުރާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެ އަންހެން މީހާ ވަނީ އޭނާގެ ބައްޕަ އާއި ކޮއްކޮއަކަށް ބޮޑެތި ތުހުމަތުތަކެއްކޮށް އަނިޔާ ލިބިފައިވާ ފޮޓޯތަކާއެކު ފޭސްބުކްގައި ޕޯސްޓެއްކޮށްފަ އެވެ.
ފުލުހުންގެ ސަމާލު ކަމަށް ގެންނަން ބައެއް މި ޕޯސްޓުގެ ސްކްރީންޝޮޓުތައް އެކްސްގައި ޕޯސްޓް ކުރުމުން، ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ މައްސަލަ ބަލާ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ ތަހުގީގު ކުރަމުން ދަނީ ގުޅުންހުރި އެހެން މުއައްސަސާތަކާ ވެސް ގުޅިގެން ކަމަށެވެ. އެކަމުގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.













