ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރެވޭ އަގު ބޮޑުކޮށް، ލަގެޖު ގިނަ ނަމަ ފައިސާ ނެގޭ ގޮތަށް ހަދައިފި

މާލޭގައި ޓެކްސީތަކެއް ދުއްވާފައި ދަނީ: ޓްރާންސްޕޯޓުން އަގު ބޮޑުކޮށްދިނީ ބޮޑެތި އުޅަނދުތަކަށް އެކަނި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭގައި ޓެކްސީތަކެއް ދުއްވާފައި ދަނީ: ޓްރާންސްޕޯޓުން އަގު ބޮޑުކޮށްދިނީ ބޮޑެތި އުޅަނދުތަކަށް އެކަނި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހަ ފަސިންޖަރުންނަށް ވުރެ ގިނަ ފަސިންޖަރުން އެއް ފަހަރާ އުފުލޭ ވަރުގެ ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރަން ހާއްސަ އަގުތަކެއް ކަނޑައަޅައި، އަންނަ ހޯމަ ދުވަހުން ފެށިގެން އެ އަގުތަކަށް އަމަލުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

ގްރޭޓާ މާލޭ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ އަގުތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނައި އެއާޕޯޓުން ޓެކްސީ ނުލިބޭ މައްސަލައިގައި ސަރުކާރުން ފަށައިގެން އުޅޭ ހާއްސަ މަސައްކަތުގެ ދަށުންނެވެ.

ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރެވޭ އަގު ބޮޑުކުރުމުގެ އިތުރުން ޓްރާންސްޕޯޓުން ވަނީ ލަގެޖު ގިނަ ވާނަމަ ގިނަވާ ލަގެޖަށް ފައިސާ ނެގޭނެ މިންވަރާއި އެއާޕޯޓަށް ކުރާ ދަތުރުތަކުގައި ޑޮމެސްޓިކް ޓާމިނަލަށް ދާން ޖެހިއްޖެ ނަމަ އިތުރަށް ނެގޭނެ އަގު ކަނޑައަޅާފަ އެވެ.

ހަ ސީޓަށް ވުރެ މަދުން ހުންނަ އުޅަނދުތަކަށް އަދިވެސް ދަތުކުރެވެނީ ޓްރާންސްޕޯޓު މިނިސްޓްރީން 2022 ގައި ކަނޑައަޅާފައިވާ އަގުތަކުގަ އެވެ. ނަމަވެސް މިވަރުގެ ޓެކްސީތަކަށް ވެސް ޑޮމެސްޓިކަށް ކުރާ ދަތުރުތަކަށް އިތުރަށް 10ރ. އަދި ލަގެޖަށް ހޯމައިން ފެށިގެން ފައިސާ ނެގޭނެ އެވެ.

ޓްރާންސްޕޯޓުން 10-7 ސީޓުގެ އުޅަނދުތަކަށް ކަނޑައެޅި އަގުތައް

  • އެތެރޭގެ ދަތުރުތައް - 45ރ.
  • މާލެއިން ހުޅުމާލެ އެއްވަނަ ފިޔަވައްސަށް (ފޭސް ވަން) - 130ރ.
  • މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް (ފޭސް ޓޫ) - 150ރ.
  • މާލެއިން އެއާޕޯޓަށް - 110ރ.
  • ހުޅުމާލޭ ފޭސް ވަން އިން ފޭސް ޓޫ އަށް - 60ރ.
  • ހުޅުމާލޭ ފޭސް ވަން އިން އެއާޕޯޓަށް - 125ރ.
  • ހުޅުމާލެ ފޭސް ޓޫ އިން އެއާޕޯޓަށް - 155ރ.
  • ޑޮމެސްޓިކް ޓާމިނަލަށް ދަތުކުރާ ނަމަ - އެއާޕޯޓު ދަތުރު އަގުގެ އިތުރަށް 15ރ.
  • ތިން ލަގެޖަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް - 5ރ.

ޓްރާންސްޕޯޓުން ބުނި ގޮތުގައި މި އަގުތައް ކަނޑައެޅީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިއާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގަ އެވެ. އަދި މި އަގުތަކަށް އަމަލުކުރޭތޯ ފުލުހުންނާ ގުޅިގެން އެ ވުޒާރާއިން ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ވެލާނާ އެއާޕޯޓު ހިންގާ ސަރުކާރުގެ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން, ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނޭ ފަދައިން އެއާޕޯޓުގައި ބޯޑު ހަރުކުރެވޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox