ތެޔޮ އަގުބޮޑުވުމުން ޓެކްސީ ދަތުރު ކުރާ އަގުބޮޑުކޮށްފި

މާލޭގައި ދަތުރު ކުރާ ޓެކްސީތަކެއް: ދަތުރު ކުރާ އަގު ބޮޑު ކުރީ ތެލުގެ އަގުބޮޑުވުމުން -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ދަތުރު ކުރާ ޓެކްސީތަކެއް: ދަތުރު ކުރާ އަގު ބޮޑު ކުރީ ތެލުގެ އަގުބޮޑުވުމުން -- ފޮޓޯ: އަދަދު ފައިލް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ދިވެހިރާއްޖޭގެ ވެރިކަން ހިންގާ މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުފަތުރުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދެންމެ ކުރި އިއުލާނުގައިވާ ގޮތުން އެ ބަދަލުު ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ. އަދި މާލެ ސަރަހައްދުގައި ހިމެނޭ މާލެ އާއި ހުޅުމާލެ ތެރެއިގަ ދަތުރުތަކާއި ބްރިޖް ހުރަސްކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް ކޮށްދޭ ދަތުރުތަކުގެ އަގު ވެސް ވަނީ ސަރުކާރުން ބޮޑުކޮށްފަ އެވެ.

ދަތުރުތަކުގެ އަގުތަކަށް ގެނެސްފައިވާ ބަދަލު

  • މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 އެތެރޭގެ ދަތުރުތައް: 30 ރުފިޔާ
  • މާލެއާއި ހުޅުމާލެ ފޭސް 1 އާ ދެމެދު ކުރާ ދަތުރުތައް: 85 ރުފިޔާ
  • މާލެއާއި ހުޅުމާލެ ފޭސް 2 އާ ދެމެދު ކުރާ ދަތުރުތައް: 100 ރުފިޔާ
  • ހުޅުމާލެ ފޭސް 1 އާއި ހުޅުމާލެ ފޭސް 2 އާ ދެމެދު: 40 ރުފިޔާ
  • މާލެއާއި އެއާޕޯޓްއާ ދެމެދު ކުރާ ދަތުރުތައް: 70 ރުފިޔާ
  • ހުޅުމާލެ ފޭސް 1 އާއި އެއާޕޯޓްއާ ދެެމެދު ކުރާ ދަތުރުތައް: 80 ރުފިޔާ
  • ހުޅުމާލެ ފޭސް 2 އާއި އެއާޕޯޓްއާ ދެމެދު ކުރާ ދަތުރުތައް: 85 ރުފިޔާ

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރިއިރު، ޑްރައިވާސް އެސޯސިއޭޝަނުން ދިޔައީ ދަތުރުކޮށްދޭ އަގުތައް ބޮޑު ކުރުމަށް ގޮވާލަމުންނެވެ. އަދި ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުން ބޭނުންވާ އަގުތަކެއް ނެގުމަށް ވެސް އެސޯސިއޭޝަނުން ބާރު އެޅި އެވެ.

ތެލުގެ އަގު ބޮޑުވުމާއެކު ބައެއް ޓެކްސީ ޑްރައިވަރުން ދިޔައީ އެއާޕޯޓަށް އަދި ހުޅުމާލެއަށް ކުރާ ދަތުރުތަކުގައި ސަރުކާރުން ކަނޑައަޅާފައި ހުރި އަގަށްވުރެ ބޮޑު އަގެއް ނަގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox