ޔުނައިޓެޑް އަތުން އާސެނަލް މޮޅުވެ، ލީގު އިންތިޒާރު ފަހު މެޗަށް

May 13, 2024, 2:07 AM
ޔުނައިޓެޑް އަތުން އާސެނަލް މޮޅުވެ، ލީގު އިންތިޒާރު ފަހު މެޗަށް

މެންޗެސްޓާ (13 މެއި) - މެންޗެސްޓާ ޔުނައިޓެޑް އަތުުން އާސެލަން 1-0 ގެ ނަތީޖާ އަކުން މޮޅުވުމުން ލީގުގެ އިންތިޒާރު ފަހު މެޗަށް ކުރަން ޖެހިއްޖެ އެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. ކައި ހަވާޓްސް ގެ އެހީތެރިކަމާއެކު މި ގޯލު އެ ޓީމަށް ޖަހައި ދިނީ ލިއެނާޑޯ ޓްރެސާޑް އެވެ. މި ގޯލާއެކު, ޔުނައިޓެޑުން ކުރިއަށްޖެހި, އާސެނަލްގެ ހާފަށް ބާރުބޮޑުކުރި އެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖެހޭތޯ ޔުނައިޓެޑުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ދެވަނަ ހާފު ފަށައިގެން އާސެނަލްގެ ގެބްރިއަލް މާޓެނަލީ ވަނީ ނުރައްކާތެރި ހަމަލާ އެއް ފޮނުވާލާފަ އެވެ. ޔުނައިޓެޑްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު މާޓެނަލީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ކީޕަރު އޮނާނާ އެވެ. އޭގެ ފަހުން ޑިކްލަން ރައިސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާވެސް ދިފާއު ކުރީ އޮނާނާ އެވެ.

Advertisement

މި ނަތީޖާ އާއެކު, އާސެނަލުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 37 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި މެންޗެސްޓާ ސިޓީ އޮތީ އެއް މެޗު މަދުން ކުޅެ 85 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިންވަނައިގައި އޮތް ލިވަޕޫލަށް 36 މެޗުން ލިބެނީ 78 ޕޮއިންޓެވެ. އާސެނަލަށް ލީގުގައި ބާކީ އޮތީ އެއް މެޗެވެ. އެހެންވެ, ލީގު ކަށަވަރުވާނީ އާސެނަލްގެ ފަހު މެޗަށްފަހުގަ އެވެ. އެކަމަކު ލީގު ކާމިޔާބުކުރުމުގެ އެޑްވާންޓޭޖް އާސެނަލަށްވުރެ ބޮޑަށް އޮތީ ސިޓީ އަށެވެ. އެއީ އެ ޓީމަށް ދެ މެޗު ބާކީ އޮތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox