އެފްއޭއެމް ރިފޯމް ކޮއްފައި ނޫނީ ހުއްޓައެއް ނުލާނަން: ތޯރިގު

އެފްއޭއެމް ރިފޯމް ކޮއްފައި ނޫނީ ހުއްޓައެއް ނުލާނަން: ތޯރިގު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރިފޯމް ކުރުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ކުރުމަށް ފަހު ނޫނީ ހުއްޓައިނުލާނެ ކަމަށް އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށް ފީފާ/އޭއެފްސީ އިން އެފްއޭއެމް އަށް އަންގާފައިވާއިރު, ފީފާގެ ޓީމެއް ވަނީ މި ފަހުން ރާއްޖެ އައިސް އެފްއޭއެމްގެ މައްސަލަތައް ބަލާ ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ.

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން އެފްއޭއެމް އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އެންގީ އެފްއޭއެމްގެ ހިންގުމުގައި ގިނަ މައްސަލަތަކެއް ފާހަގަވެ، އެ އެސޯސިއޭޝަނާ ގުޅޭ އެކި ކަހަލަ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވަމުން އަންނާތީ އެވެ.

އެފްއޭއެމް އިންތިހާބު ދެ ފަހަރެއްގެ މަތިން އިއުލާނުކުރުމުން ވެސް އިންތިހާބުގައި ވާދަކުރުމަށް ތޯރިގު ކެންޑިޑެސީ ހުށަހެޅުއްވި އެވެ.

އޮޑި ސްޕޯޓްސް ކުލަބް ރީ ބްރޭންޑިން ހަފްލާގައި ރޭ ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ, އެފްއޭއެމް ރިފޯމް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ކުލަބްތަކާއި ގުޅިގެން ކުރާނެ ކަމަށާއި, އެކަން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ވެސް ތޯރިގު ދެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެފްއޭއެމް ރިފޯމް ވާން ޖެހޭނެ ކަމަށް. މިތާވެސް އެބަތިބި އެފްއޭއެމްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި މުވައްޒަފުން. މުސާރައިގެ މައްސަލަ އެ ބޭފުޅުންނަށް ދިމާވި, ކުރާނެ މަސައްކަތެއް ނެތި އެތައް ދުވަހެއް ހޭދަވި. އެފްއޭއެމްގެ ކަންކަން ބޮއްސުންލާ ދިޔުމުން ބައެއް ބޭފުޅުން ހިތާ ދެކޮޅަށް ފުޓުބޯޅަ ދޫވެސްކޮށްލި. މި ސަބަބުތަކައްޓަކާ އަޅުގަނޑު ނުކުމެ މިހުރީ އެފްއޭއެމް ރިފޯމް ކުރަން އެކަން ކާމިޔާބު ކޮށްފަ ނޫނީ އަޅުގަނޑު ހުއްޓައެއް ނުލާނަން" ތޯރިގު ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް، ތޯރިގު މަސައްކަތް ކުރެއްވީ 2016 ވަނަ އަހަރުގެ މެއި މަހު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އެއީ، ތިން މަހާ ކުޑަ ދުވަސްކޮޅެއް ވަންދެނެވެ. އެ ގޮތުން، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ތޯރިގުއާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާގޮތަށް އިންތިހާބެއް ބާއްވަން ޖެހުނެވެ.

އެ އިންތިހާބުގައި ތޯރިގުއާ ވާދަކުރައްވައި، ކާމިޔާބު ހޯދީ މިހާރު އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. އެ ފަހަރު ތޯރިގުގެ އެކްްސްކޯ ފަސް މެމްބަރުން އިސްތިއުފާ ދިނީ، އޭރު އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަކަށް ހުންނެވި ބައްސާމް މަގާމުން ދުރުކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަހު އެވެ.

އެފްއޭއެމް އިން މި ފަހުން ބާއްވަން އިއުލާނުކުރި އިންތިހާބުގައި ވާދަކުރަން ކެންޑިޑެސީ ހުށަހެޅީ ތޯރިގުގެ އިތުރުން ގިނަ މައްސަލަތަކެއްގައި ތާށިވެފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox