މިދިޔަ އަހަރު ނެގި އެއް ބިލިއަން ޑޮލަރާ އެކީ، ދައުލަތުގެ ދަރަނި އަށް ބިލިއަން ޑޮލަރަށް

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިދާރާ: އިގުތިސޯދަށް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިތުރުވުން ކަމަށް ފާހަގަކޮށްފައިވޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިދާރާ: އިގުތިސޯދަށް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ދަރަނި އިތުރުވުން ކަމަށް ފާހަގަކޮށްފައިވޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މިދިޔަ އަހަރުގެ ތެރޭގައި ދިވެހި ސަރުކާރުން އެއް ބިލިއަން ޑޮލަރު ދަރަންޏަށް ނެގުމާ ގުޅިގެން، ހުސްވި އަހަރުގެ ނިޔަލަށް ދައުލަތުގެ ސީދާ ދަރަންޏާއި ގެރެންޓީ ދީފައިވާ ދަރަނީގެ އަގު އަށް ބިލިއަން ޑޮލަރަށް އަރައިފި ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓަކުން ދައްކައިފި އެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން އާންމުކޮށްފައިވާ ރާއްޖޭގެ ޑިވެލޮޕްމަންޓު އަޕްޑޭޓު ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ގެ 122.9 ޕަސެންޓުގަ އެވެ. އޭގެ ކުރީ އަހަރު ނިމުނުއިރު މި އަދަދު ހުރީ 114.5 ޕަސެންޓުގަ އެވެ.

މިދިޔަ އަހަރު ސަރުކާރުން ދަރަންޏަށް ނެގި ފައިސާއަކީ ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމަށާއި ސަރުކާރުގެ ހަރަދުތައް ކުރަން ބޭނުންކުރި ފައިސާ އެވެ. މިގޮތަށް ދަރަންޏަށް ފައިސާ ނަގައިގެން ހަރަދު ކުރަން ޖެހުނީ މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓު ބޮޑުކަމުންނެވެ.

ސަރުކާރުން ދަރަންޏަށް ނެގި ފައިސާގެ ތެރޭގައި އެތެރެ އާއި ބޭރުގެ ބާޒާރަށް ސެކުއިރިޓީސް ވިއްކައިގެން ހޯދި ފައިސާ އާއި ބޭރުގެ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތައް ހިމެނެ އެވެ. އެކަމަކު މުޅި އަހަރަށް ބަލާއިރު ގިނައިން ފައިސާ ހޯދާފައި ހުރީ އެެތެރޭގެ ބާޒާރުންނެވެ.

އެތެރޭގެ ބާޒާރުން ގިނަ ފައިސާ ހޯދަން މަޖުބޫރުވީ ކޮވިޑު ބަލިމަޑުކަމާއި ހަނގުރާމަތަކުގެ ސަބަބުން ބޭރުގެ މާލީ ބާޒާރުތަކުންނާއި ދޭދޭ ގައުމުތަކުން ފައިސާ ހޯދަން ދަތިވުމާ ގުޅިގެންނެވެ. އެހެންވެ އެތެރޭގެ ބާޒާރުން ނެގި ދަރަނީގެ އަގު އަހަރުންއަހަރަށް 10.1 ޕަސެންޓު އިތުރުވީ ނަމަވެސް ބޭރު ދަރަނި އިތުރުވީ 3.3 ޕަސެންޓެވެ.

ދައުލަތުގެ ދަރަނީގެ ހާލަތާ ގުޅުވާ ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަނެއް ކަމަކީ ކުރިން ނަގާފައި ހުރި ދަރަނި މެނޭޖުކުރަން ނެގި ދަރަނީގެ ސަބަބުން އިންޓްރެސްޓު ދައްކަން ކުރަން ޖެހޭ ހަރަދު އިތުރުވުމެވެ. މިހާރު އެންމެ ބޮޑު އިންޓްރެސްޓެއް އަދާކުރަމުން ދަނީ ޔާމީން ސަރުކާރުން ނެގި ސަނީ ސައިޑް ބޮންޑު އަދާކުރަން ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށެވެ.

ފަސް އަހަރުން އަނބުރާ ދައްކާ ގޮތަށް 2021 ގައި ވިއްކި މި ސުކޫކާއި އޭގެ ފަހުން ޕްރައިވެޓް ޕްލޭސްމަންޓެއް ބޭނުންކޮށްގެން ވިއްކި 100 މިލިއަން ޑޮލަރުގެ ބޮންޑުގެ ސަބަބުން ހަރަދުތައް ހަމަޖައްސަން ވަގުތީ ތަސައްލީއެއް ލިބުނަސް، 2026 ގައި އަނބުރާ އަދާކުރަން ޖެހޭތީ އިތުރު ގޮންޖެހުންތައް ވެރިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ.

ވޯލްޑް ބޭންކުން ބުނީ މާލީ ތާށިކަމުގެ މައްސަލަ ހައްލު ވާނީ މާލީ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ނޫނީ ކޮންމެވެސް ގޮތަކުން ބޭރު ފައިސާ ހޯދައިގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox