ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެރަށުގައި ސިކުރު ހެދި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ސިހުރު ހެދި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު, އެކަން ކުރީ މަޖިލީހުގައި ފުނަދޫ ދާއިރާ ތަމްސީލު ކުރުމަށް އިންތިހާބުވި މުހައްމަދު މަމްދޫހު (މަންޑޭ) އަށް އަމާޒުކޮށް ކަމަށް ބުނެ އޭނާގެ ސަޕޯޓަރުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ މައްސަލާގައި މިއަދު އެރަށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.













