އޭދަފުށި ފުޓްސަލް ކަޕް: ޔުނައިޓެޑް ވީ، ސީސީ، މުރިނގު އަދި އަފްރޯ ސެމީ އަށް

އޭދަފުށި ކައުންސިލް ކަޕުގައި އަފްރޯ އާއި އޯލް ވޮލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އޭދަފުށި ކައުންސިލް ކަޕުގައި އަފްރޯ އާއި އޯލް ވޮލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އުރީދޫ އޭދަފުށި ފުޓްސަލް ކަޕުގެ ސެމީ ފައިނަލުން ޔުނައިޓެޑް ވީ, ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކުލަބް (ސީސީ), މުރިނގު އަދި އަފްރޯ ސްޕޯޓްސް ކުލަބުން ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގައި ރޭ ކުޅެފައިވަނީ ކުއާޓާ ފައިނަލުގެ ހަތަރު މެޗެވެ. ފުރަތަމަ މެޗުގައި ޔުނައިޓެޑް ވީ އިން އެއިޓީފޯ އެފްސީގެ މައްޗަށް ކުރިހޯދީ 11-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ޔުނައިޓެޑް ވީގެ މުހައްމަދު ހައްސާން އަހުމަދު ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. މީގެ އިތުރުން މުހައްމަދު ޖަޒްލާން ޖާދުއްالله ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދައިފަ އެވެ. މީގެ އިތުރުން އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ)، ހަމްޒާ މުހައްމަދު (ހަމްޕު), އަލީ ހައިޝަމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަދި ގޯލްކީޕަރު އަބްދުالله ނާސިހު ވަނީ ގޯލެއް ޖަހައިފަ އެވެ. މި މެޗުގައި އެއިޓީފޯގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ ޝާފީ އަލީ އެވެ.

އެއިޓީފޯ އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ
އެއިޓީފޯ އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އެއިޓީފޯ އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ސީސީ އިން ސެމީގެ ޖާގަ ހޯދީ ކުއާޓާގައި ވެލާ ސްޕޯޓްސް ކުލަބްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ގޯލު ޖަހަން ރަނގަޅު ފުުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. ސީސީ އިން ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ކެޕްޓަން އަހުމަދު އައިހަމް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސީސީ އިން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އުނައިސް ޒުބައިރު އެވެ.

ސީސީ ސްޕޯޓްސް ކުލަބާއި ވެލާ ސްޕޯޓްސް ކުލަބް ބައްދަލުކުުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ
ސީސީ ސްޕޯޓްސް ކުލަބާއި ވެލާ ސްޕޯޓްސް ކުލަބް ބައްދަލުކުުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ސީސީ ސްޕޯޓްސް ކުލަބާއި ވެލާ ސްޕޯޓްސް ކުލަބް ބައްދަލުކުުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

މުރިނގު އެފްސީ އިން ސެމީގެ ޖާގަ ކަށަވަރުކުރީ ފަހަތުން އަރާ ނަލަ ބްރަދާސްގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ 11 ވަނަ މިނެޓުގައި ނަލަ ބްރަދާސް އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން އަބްދުލް ލަތީފް އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި މުރިނގުގެ އިބްރާހީމް ސިމާހް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މުރިނގުން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ ޝާރިފް އަބްދުލް މަޖީދު އެވެ. އަދި އޭގެ ދެ މިނެޓު ފަހުން މުރިނގުން ވަނީ އިތުރު ގޯލެއް ޖާހާ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަބްދުالله ޒައީމް އެވެ. ނަލަ ބްރަދާސްގެ ފަހު ގޯލު މެޗުގެ ފަހު މިނެޓުގައި އެ ޓީމަށް ޖަހާދިނީ މުހައްމަދު އަޖުފާން އެވެ.

މުރިނގު އާއި ނަލަ ބްރަދާސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ
މުރިނގު އާއި ނަލަ ބްރަދާސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

މުރިނގު އާއި ނަލަ ބްރަދާސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

ސެމީގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކުލަބުުން ހޯދީ އެންމެ ފަހުގެ ރަނަރަޕް އޯލް ވޮލްވްސްގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި އޯލް ވޮލްވްސް އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިމްތިޝާލް އަބްދުއް ރަހީމް އެވެ. އެކަމަކު މެޗުގެ ނުވަ ވަނަ މިނެޓުގައި އަލީ މާއިސް (މައްޓު) ޖެހި ހިތްގައިމު ގޯލުން އަފްރޯ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި އޭގެ މިނެޓެއް ފަހުން އަފްރޯ އިން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ނަގާފަ އެވެ. މިއީ މައްޓު ފޮނުވާލި ބާރު ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޯލް ވޮލްވްސްގެ ކީޕަރު މުހައްމަދު މައީސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އިމްތިޝާލް ވަނީ އިތުރު ގޯލެއް ޖަހާ އަލުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު މުހައްމަދު ފާސިރު (ފާއްޓެ) ވަނީ އިތުރު ގޯލެއް ޖަހާ އަލުން އަފްރޯ އަށް ލީޑު ނަގާދީފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުަގައި އަފްރޯގެ ލީޑު ފުޅާކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) ޖެހި ހިތްގައިމު ގޯލުންނެވެ. އަދި އަފްރޯގެ ފަހު ލަނޑު އެ ޓީމަށް ޖަހާދިނީ މައްޓު އެވެ.

އަފްރޯ އާއި އޯލް ވޮލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ
އަފްރޯ އާއި އޯލް ވޮލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އަފްރޯ އާއި އޯލް ވޮލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

މި ނަތީޖާތަކާ އެކު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ޔުނައިޓެޑް ވީ އިން ނުކުންނާނީ ސީސީ އާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އަފްރޯ އިން ނުކުންނާނީ މުރިނގު އާ ދެކޮޅަށެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ. އެއާ އެކު، އެ ރަށުގައި ފުޓްސަލްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.

އަނެއްކޮޅުން، މި ފަހަރުގެ އޭދަފުށީ ފުޓްސަލް ކަޕްގައި އެ ރަށުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކުޅެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، އަދަދު ސްޕޯޓްސް އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox