އެފްއޭއެމް ވެޓެރަންސް ލީގު: ސިފައިން ކަޓުވާލައި މުއިވެޔޮ ފައިނަލަށް

Apr 4, 2024, 3:22 AM
އެފްއޭއެމް ވެޓެރަންސް ލީގު: ސިފައިން ކަޓުވާލައި މުއިވެޔޮ ފައިނަލަށް

އެފްއޭއެމް ވެޓެރަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކްލަބް 1-0 އިން ބަލިިކުރުމަށް ފަހު، މުއިވެޔޮ ފްރެންޑްސް އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ)ގެ ކެޕްޓަންކަމުގައި ކުޅޭ މުއިވެޔޮއާ ދެކޮޅަށް ފައިނަލުގައި ކުޅޭ ޓީމެއް ކަނޑައަޅާނީ މިއަދު ހަވީރު ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗުންނެވެ. ދެ ވަނަ ސެމީ ފައިނަލުގައި ކުޅޭނީ ކ. މާފުށްޓަށް ނިސްބަތްވާ ކުޅުންތެރިން ހިމެނޭ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް ކްލަބް އެވެ. މިދިޔަ އަހަރު، ހުޅުމާލެ ވެޓެރަންސް އިން ތަށި އުފުލާލީ ފައިނަލުގައި، ދަ ގްރާންޑޭ އަތުން 5-2 އިން މޮޅުވެގެންނެވެ.

ކުރީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް ފުޓްބޯޅަ މުބާރާތް، މި ފަހަރު ކުރިއަށްދަނީ ހެންވޭރު ދަނޑުގަ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެ، އެޓޭކަށް ދެވޭ ފުރުސަތުތަކުގައި ލަނޑެއް ޖެހޭތޯ ބެލި އެވެ. އެކަމަކު، ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ގޯލެއް ޖެހޭ ގޮތެއްނުވި އެވެ.

ލަނޑެއް ޖަަހަން ކުރި މަސައްކަތް މުއިވެޔޮ އިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައި ހުއްޓަ އެވެ. އޭރިއާތެރެއަށް މަތިން އައި ބޯޅައެއް، މުއިވެޔޮގެ ކެޕްޓަން، ސެމްބެ، ކޮންޓްރޯލް ކޮށްލުމަށް ފަހު، ހުރަސްކޮށްދިން ބޯޅަ އޭރިއާ ރޮނގުކައިރިން ފެނުގައި ޖެހި މައްޗަށް އެރި ވަގުތު، ބޯޅަ އަށް އައި، އަބްދުﷲ ސުޖާއު (ސުޖާ) އެއް ފަހަރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ފައިނަލާ ހަމައަށް ކުރި ދަތުރުގައި މުއިވެޔޮ ވަނީ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. އެ ޓީމު ބަލިވީ، ގްރޫޕް ސްޓޭޖުގައި ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

ދަ ގްރާންޑޭ އާއި ހުޅުމާލެ ވެޓެރަންސް ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗު ފަށާނީ މިއަދު ހަވީރު، 16:10 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox