އެފްއޭއެމް ވެޓެރަންސް ލީގު: ސެމީގައި ދަ ގްރާންޑޭ ކުޅޭނީ ހުޅުމާލެ ވެޓެރަންސާ ދެކޮޅަށް

Apr 2, 2024, 7:57 AM
މި ފަހަރުގެ މުބާރާތުގައި ހުޅުމާލެ ވެޓެރަންސް ޓީމުގެ ކޮކީ ގޯލު ޖެހުމަށް ފަހު.--- ފޮޓޯ: އަބްދުﷲ އަބީދު

މި ފަހަރުގެ މުބާރާތުގައި ހުޅުމާލެ ވެޓެރަންސް ޓީމުގެ ކޮކީ ގޯލު ޖެހުމަށް ފަހު.--- ފޮޓޯ: އަބްދުﷲ އަބީދު

އެފްއޭއެމް ވެޓެރަންސް ލީގުގެ ސެމީ ފައިނަލުގައި މިދިޔަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި، ހުޅުމާލެ ވެޓެރަންސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުރިމަތިލާންޖެހިއްޖެ އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ، ހަވީރު، ގްރޫޕް ބީގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ވަނީ 2-2 އިން ސްޓެލްކޯ ކްލަބާ އެއްވަރުވެ، އެ ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. އެ ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ސެމީ އަށް ދަތުރުކުރުމުން ދަ ގްރާންޑޭ އިން ސެމީގައި ކުޅެން ޖެހޭނީ ގްރޫޕް އޭގެ ދެ ވަނަ އަށް ދިޔަ، މިދިޔަ ދެ އަހަރުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސްއާ އެވެ.

ހުޅުމާލެ ވެޓެރަންސް އިން މިދިޔަ އަހަރުގެ ފައިނަލުގައި ދަ ގްރާންޑޭ ބަލިކުރީ 5-2 އިންނެވެ.

Advertisement

އަނެއް ސެމީ ފައިނަލުގައި ގްރޫޕް އޭގެ އެއް ވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރާނީ ގްރޫޕް ބީގެ ދެ ވަނަ، މުއިވެޔޮ ފްރެންޑްސްއާ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި، ދަ ގްރާންޑޭގެ މުހައްމަދު ޝަނޫން އަތުން ބައިކޮޅަށް ވަން ގޯލުން މެޗުގެ ހަ ވަނަ މިނިޓްގައި ސްޓެލްކޯ އިން ލީޑުނެގި އެވެ. އެކަމަކު، މެޗުގެ 15 ވަަަނަ މިނިޓްގައި ދަ ގްރާންޑޭގެ ހޫދު ނިޒާރު ގޯލެއް ޖަހައި، އެ ޓީމަށް އެއްވަރުކޮށްދިނެވެ.

ސްޓެލްކޯ އިން ދެ ވަނަ ފަހަރަށް ލީޑުނެގީ، 19 ވަނަ މިނިޓްގައި އިބްރާހިމް އަރިސް ޖެހި ގޯލުންނެވެ.

މެޗުން ސްޓެލްކޯ މޮޅުވާން ދަނިކޮށް، ފަހު ވަގުތު ދަ ގްރާންޑޭ އަށް އެއްވަރުކޮށްދިނީ، ހޫދު ޖެހި ގޯލުންނެވެ.

ކޮންމެ ރޯދަ މަހަކު ބާއްވާ ކުރީގެ ކުޅުންތެރިންނަށް ހާއްސަ ވެޓެރަންސް މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، މި ފަހަރުގެ މުބާރާތް ހާއްސަކޮށްފައި އޮތީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. އެކަމަކު، ކޮންމެ ޓީމެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެ އެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި މާދަމާ ހަވީރު ސިފައިން ކުޅޭނީ މުއިވެޔޮއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox