އެފްއޭއެމް ވެޓެރަންސް ލީގު: ސެމީގެ ފަހު ޖާގަ ސިފައިންނަށް

Apr 1, 2024, 8:03 AM
ލަނޑު ޖެހުމަށް ފަހު ސިފައިންގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު

ލަނޑު ޖެހުމަށް ފަހު ސިފައިންގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ލީގުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ.

ސިފައިންގެ ކްލަބުން ސެމީން ފުރުސަތު ހޯދީ އިއްޔެ ކުޅުނު މެޗުން، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންް، ހުޅުމާލެ ވެޓެރަންސް ކްލަބް އަތުން 3-1 އިން މޮޅުވެގެންނެވެ.

އިއްޔެގެ ނަތީޖާއާ އެކު، ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދި ސިފައިންނެވެ. ދެ ވަނަ އަށް ދިޔަ ހުޅުމާލެ ވެޓެރަންސް އަށް ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނިންމި ހުއްރިއްޔާ ވެޓެރަންސް (ހުރާ) އަށް ހަތަރު މެޗުން ލިބުނީ ހަތް ޕޮއިންޓެވެ.

Advertisement

ހަތަރު ވަނަ އަށް ދިޔަ، ޕޮލިސް ކްލަބަށް ހަތަރު މެޗުން ތިން ޕޮއިންޓް ލިބުނުއިރު، ފުލުގައި ނިންމި ވިލިމާލެ ޔުނައިޓެޑަށް ހަތަރު މެޗުން ޕޮއިންޓެއް ވެސް ނުލިބެ އެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފަށައިގެން، 10 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ހުސެއިން ނަޝީދު އެވެ.

ސިފައިން ފަހަތުން އަރައި މޮޅުވިއިރު، އެ ޓީމުގެ އަހުމަދު ފަޒަލް ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

އެ ގޮތުން، ސިފައިންގެ ޓީމު އެއްވަރުކުރި ލަނޑު ޖެހީ، 23 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ފަޒަލް އެވެ. މިއީ ފަޒަލް އަށް ހުޅުމާލެ ވެޓެރަންސް ޓީމުގެ ފައިރޫޒް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ފަޒަލް، ވަނީ މެޗުގެ 48 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލައި، ސިފައިންނަށް ލީޑުނަގައިދީފަ އެވެ.

މެޗުގެ 51 ވަަނަ މިނިޓްގައި ފަޒަަލް ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށް ސިފައިން ސެމީ އަށް ގެންގޮސްދީފަ އެވެ.

ވެޓެރަންސް މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ކުޅޭނީ ސްޓެލްކޯ ކްލަބްއާ އެވެ. ދަ ގްރާންޑޭ ވަނީ ސެމީން ޖާގަ ޔަގީންކޮށްފަ އެވެ. އެކަމަކު، މިއަދުގެ މެޗުން ޕޮއިންޓެއް ހޯދައިގެން އެ ޓީމަށް ގްރޫޕްގެ އެއް ވަނަ ހޯދޭނެ އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox