ދުބާއީ ފޯރަމުގައި ގާނޫނާ ހިލާފަށް ޕްރައިވެޓް އައިލެންޑް ތަރައްގީކުރަން ބޭރުގެ އިންވެސްޓަރުންނަށް ފަޅުތައް ދޫކުރަން ހުޅުވާލި

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދުބާއީ ފޯރަމުގެ ތެރެއިން: އެ ފޯރަމުގައި ގާނޫނާ ހިލާފަށް ޕްރައިވެޓް އައިލެންޑު ތަރައްގީކުރަން ހުޅުވާލި - ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދުބާއީ ފޯރަމުގެ ތެރެއިން: އެ ފޯރަމުގައި ގާނޫނާ ހިލާފަށް ޕްރައިވެޓް އައިލެންޑު ތަރައްގީކުރަން ހުޅުވާލި - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ފެބްރުއަރީ 13، ގައި ދުބާއީގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ފަތުރުވެރިކަމާ ބެހޭ ގާނޫނާ ހިލާފަށް ޕްރައިވެޓް އައިލެންޑްތައް ތަރައްގީކުރަން ބޭރުގެ އިންވެސްޓަރުންނަށް ފަޅުތައް ދޫކުރަން ހުޅުވާލިކަން އެނގިއްޖެ އެވެ.

އިންވެސްޓް މޯލްޑިވްސް ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބޭރު އިންވެސްޓަރުންނާ ހަމައަށް ގެންގޮސް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވަމުންދާ ފޯރަމްތަކެކެވެ. މީގެ ފުރަތަމަ ފޯރަމް ބޭއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ.

ދުބާއީގައި ބޭއްވީ ދެވަނަ އިންވެސްޓް މޯލްޑިވްސް ފޯރެމެވެ. މި ފޯރަމްގައި 130 ކުންފުންޏަކުން 290 މަންދޫބުން ބައިވެރިވި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އިކޮނޮމިކް މިނިސްޓްރީން ދިން މައުލޫމާތަށް ބަލާއިރު މި ފޯރަމުގައި ޕޯޓް، ލޮޖިސްޓިކް، އިއާދަކުރަނިވި ހަކަތަ، ރިއަލް އެސްޓޭޓް، ފަތުރުވެރިކަން އަދި ބިނާވެށި ފަދަ ދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވި އެވެ.

މި ފޯރަމްގެ ތެރެއިން ޓޫރިޒަމުގައި އިންވެސްޓްމަންޓުތަކަށް ހުރި ފުރުސަތުތަކުގެ ތެރެއިން ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން ރަށްތައް ދޫކުރުމާ ގުޅޭ މައުލޫމާތު ހިމަނައި ބެހި ލީފްލެޓު "އަދަދު" އަށް ލިބިފައިވެ އެވެ. އޭގައިވާ ގޮތުގައި ކްރޮސް ސަބްސިޑީ މޮޑެލްއަކީ ޓޫރިޒަމްގެ ބޭނުމަށް އިންވެސްޓަރު ބޭނުންވާ ރަށްރަށާއި ފަޅުތަކަށް އެދި ސަރުކާރަށް ހުށަހަޅަން ބޭނުންވާ އިންވެސްޓަރުންނަށް ހެދިފައިވާ އޮނިގަނޑެކެވެ.

ކުރީ ސަރުކާރުން ތައާރަފުކުރި މި މޮޑެލްގެ ދަށުން ރަށް ނުވަތަ ފަޅަށް އިންވެސްޓުކުރާ ފައިސާ ބޭނުންކުރަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށެވެ. ފައިސާ ދިނުމުގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓު ހިންގާ ނިމުމުން އެ މަޝްރޫއުގެ އަގަށް ބިނާކޮށް ބޭނުންވާ ރަށެއް ނުވަތަ ފަޅެއް ލިބެ އެވެ.

ސަރުކާރުން އިންވެސްޓް މޯލްޑިވްސް ފޯރަމްގައި މިގޮތުން އިންވެސްޓުކޮށްގެން ރާއްޖޭގައި ހިންގޭ ތަފާތު ޓޫރިޒަމް ޕްރޮޑަކްޓުތައް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިންޓްގްރޭޓަޑް ރިސޯޓު ހިންގުމާއި ސްޓްރާޓާ އުސޫލުގެ ދަށުން ދިގުމުއްދަތަށް ވިލާ ނޫނީ ކޮޓަރި ކުއްޔަށް ދިނުމާއި ޕްރައިވެޓް އައިލެންޑްތައް ފާހަގަކޮށްފައިވެ އެވެ.

ޕްރައިވެޓް އައިލެންޑްތަކަކީ ވެސް ކުރީ ސަރުކާރުން ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރަން ކުރި މަސައްކަތުގެ ދަށުން ޓޫރިޒަމް ގާނޫނު އިސްލާހުކޮށްގެން ތައާރަފުކުރި ކޮންސެޕްޓެކެވެ.

ޓޫރިޒަމް ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ޕްރައިވެޓް އައިލެންޑުތައް ދޫކުރެވޭނީ ފަޅު ހިއްކައިގެންނެވެ. މިގޮތަށް ފަޅު ހިއްކައިގެން ރަށް ތަރައްގީކުރަން ހަވާލުކުރެވެނީ ހަމައެކަނި ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

ދުބާއީ ފޯރަމްގައި ސަރުކާރުން ބެހި ލީފްލެޓުގައި ޕްރައިވެޓް އައިލެންޑްތަކާ ބެހޭގޮތުން ލިޔެފައިވާ އިބާރާތް
ދުބާއީ ފޯރަމްގައި ސަރުކާރުން ބެހި ލީފްލެޓުގައި ޕްރައިވެޓް އައިލެންޑްތަކާ ބެހޭގޮތުން ލިޔެފައިވާ އިބާރާތް

ދުބާއީ ފޯރަމްގައި ސަރުކާރުން ބެހި ލީފްލެޓުގައި ޕްރައިވެޓް އައިލެންޑްތަކާ ބެހޭގޮތުން ލިޔެފައިވާ އިބާރާތް

ސަރުކާރުގެ ކުންފުންޏަކާ ފަޅުތައް ހަވާލުކުރެވޭނީ ރައީސްގެ ގަރާރަކުންނެވެ. އަދި މި ކުންފުންޏަށް ފަޅު ދޫކޮށްފައިވާ މުއްދަތުގައި އެ ކުންފުންޏެއް ހުރިހާ ހިއްސާއެއް އޮންނަން ޖެހެނީ ސަރުކާރުގަ އެވެ. ނަމަވެސް ދުބާރީ ފޯރަމްގައި ބެހި މައުލޫމާތު ކަރުދާހުގައި ވަނީ ޕްރައިވެޓް އައިލެންޑް ތަރައްގީކުރަން ބޭރުގެ އިންވެސްޓަރުންނަށް ހުށަހެޅޭނެ ކަމަށެވެ.

"އިންވެސްޓަރު ބޭނުންވާ ޕްރައިވެޓް އައިލެންޑެއް ނުވަތަ ޕްރައިވެޓް އައިލެންޑްތައް ތަރައްގީކުރާނެ ފަޅަކަށް ޝައުގުވެރިކަން ފާޅުކޮށް ސަރުކާރަށް ހުށަހެޅޭނެ." އިނގިރޭސިން ލިޔެފައިވާ އިބާރާތުގައިވެ އެވެ.

މިއީ ކަނޑައެޅިގެން ފަތުރުވެރިކަމާ ބެހޭ ގާނޫނާ ހިލާފަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތެކެވެ. ގާނޫނުގައި އޮތް ގޮތުން ޕްރައިވެޓް އައިލެންޑްތައް ހުންނަ ފަޅުތަކުގެ ހައްގުތައް ބަދަލުކުރެވޭނީ ވެސް ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏަކަށް އެކަންޏެވެ.

ހަމައެކަނި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުނިތަކަށް ޕްރައިވެޓް އައިލެންޑް ތަރައްގީކުރުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތަށް އޭގެ މަންފާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް، މިދިޔަ ސަރުކާރުން ގާނޫނަށް ގެނައި މި ބަދަލުގެ ގެނައުމުގެ މަސައްކަތުގައި އުޅުނު އޮފިޝަލަކު މައުލޫމާތު ދެއްވާފައިވެއެވެ.

"ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ ކުންފުނިތައް މެދުވެރިކޮށް މި ފަދަ ތަންތައް ތަރައްޤީކޮށް ކުއްޔަށް ދިނުމުން އޭގެ ފައިދާވާނީ ދައުލަތުގެ މާލިއްޔަތަށް. މިއީ ދައުލަތުގެ ދަރަނި ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އިތުރު އިންވަސްޓްމަންޓްތައް ކުރުމަށް ބޭނުންވާ ކެޕިޓަލް އިތުރުކުރުމަށް ކުރެވުނު މަސައްކަތެއް" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނާ ހިލާފަށް ފަޅުތައް ދޭން އުޅުނު މައްސަލައިގައި އިންވެސްޓް މޯލްޑިވްސް އިންތިޒާމުކުރި އިކޮނޮމިކް މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކުރިޔަސް، މިނިސްޓްރީ އާއި މިނިސްޓްރީގެ އޮފިޝަލުން މި ނޫހަށް މައުލޫމާތު ނުދޭތީ ބަހެއް ނުލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox